ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފިއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ފަށައި، އެ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 954.43 މީޓަރުގެ ރިވެޓްމަންޓެއް އެޅުމާއި، 114.56 މީޓަރުގެ ގްރޮއިންތަކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި މަޝްރޫޢުގެ ޓީމު ރަށަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.
30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް
މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް 30 މަސް ދުވަސް ތެރޭ ށ.މިލަންދޫގެ މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް އައު ބަނދަރެއް ހަދައިދެއްވާނެކަމަށް 14 އޮކްޓޯބަރު 2025 ގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!