ބީއެމްއެލްއިން ހޮޅުދޫގައި މަސްކަނޑަން ޚާއްސަތަނެއް ހަދައިދީފި
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ނ.ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފިއެވެ. ބީއެމްއެލްގެ “ކޮމިޔުނިޓީ ފަންޑް”ގެ ފަރާތުން ހަދާދީފައިވާ މި މަސްކަނޑާތަން ހަދާފައިވަނީ މަހެއްގެ ފަރުމާއަށެވެ. މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ. މި ތަނުން މަސްކަނޑަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު މަސްކެޑޭނެހެންވަނީ ލައިޓު ހަރުކޮށްދީފައެވެ. އަދި އެއްފަހަރާ8 މީހުންނަށް މަސްކަނޑަން ހުރެވޭއިރު، ރީތިފެން އިސްކުރުވެސް ވަނީ...