މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ކުޑަފަރީ ކައުންސިލް! 📍 ނ. ކުޑަފަރީ

ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ކުޑަފަރީ ކައުންސިލް!

ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ.  ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.  އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ […]

ޝިއުނާ އާދަމް
މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

ށ. މިލަންދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދު ﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އަލަށް ޕޮޒިޓިވްވި ހުރިހާ މީހުންނަކީ ވެސް 26 އޯގަސްޓް ކްލަސްޓާއާއި ގުޅުން ހުރި މީން ކަމަށެވެ. “ގިނައިން ޕޮޒިޓިވްވެފައި ވަނީ ސްކޫލް ދަރިވަރު ” އާތިފް ވިދާޅުވިއެވެ. މިމަހުގެ 26 ވަނަ ދުވަހު ވަނީ ބަލީގެ އަލާމާތް ހުރެގެން މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ […]

ޔުމްނާ ޢަލީ
ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް 📍 ށ. މިލަންދޫ

ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިރޭ 18:52 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރެގެން ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ބައެއްގެ ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް ކަމަށެވެ. “ޕޮޒިޓިވްވީ ބޮޑު މީހަކާއި ތިން ކުޑަ ކުދިން، […]

ޙުސައިން ޝަހުދީ
ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި

ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި

ފެނަކަ ކޯޕްރޭޝަންގެ “ފުނަރު“ ޕްރޮގްރާމްގެ އިމްތިހާނު ނ. ވެލިދޫދައި މިއަދު ބާއްވައިފިއެވެ. މިއީ ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ޖުމަލަ ހަތް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވެލިދޫ ބެޗަށް ފުނަރު ޕްރޮގްރާމްގެ ތިއަރީ އިމްތިހާނު ބާއްވާފައިވަނީ އިއްޔެއެވެ. އަދި މިއަދު ބޭއްވީ އިމްތިހާނުގެ ޕްރެކްޓިކަލް ބައެވެ. ފެނަކައިން ބުނީ ވެލިދޫ ބެޗުގެ އިމްތިހާނުގައި ހަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެއީ ވެލިދޫއިން ބައިވެރިވި ހަތަރު ދަރިވަރުންނާއި، ރ. އުނގޫފާރުން ބައިވެރިވިކުއްޖަކާއި ހއ. ކެލ...

އަޙްމަދު ވަހީދު
ލަންދޫ ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ނ. ލަންދޫ

ލަންދޫ ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދިހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 89 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކ...

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމުގެ މަސައްކަތް މިއަދު ނިންމާލާފައި ވާކަމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައު މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 56 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫއުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

އަޙްމަދު ވަހީދު
ރާއްޖެއިން ސިޓީ ޕޮސިބަލްގައި ބައިވެރިވި ފުރަތަމަ އަތޮޅަކަށް ނ. އަތޮޅު

ރާއްޖެއިން ސިޓީ ޕޮސިބަލްގައި ބައިވެރިވި ފުރަތަމަ އަތޮޅަކަށް ނ. އަތޮޅު

ސިޓީ ޕޮސިބަލް ޕްރޮގްރާމުގައި ބައިވެރިވުމަށް ނ. އަތޮޅު ކައުންސިލުން މާސްޓަރ ކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 300ށް ވުރެ ގިނަ ސިޓީތައް ހިމެނޭ ގްލޯބަލް ނެޓްވޯކުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަތޮޅަކީ ނ. އަތޮޅެވެ. މި ސިޓީ ނެޓްވޯކުގައި ނިއުޔޯކް، ލަންޑަން، ދުބާއި، އަދި ސިންގަޕޯރ ފަދަ ސިޓީތައް ވެސް ހިމެނެވެއެވެ. އެއްބަސްވުމުގައި ސޮއުކުރުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، މާސްޓަރ ކާޑާއި، އެކު މި ވެވުނު އެއްބަސްވުމުގެ ދަށޫން ރަށާއި، އަތޮޅުގެ […...

ޝިއުނާ އާދަމް
މަޖިލިސް މެޖޯރިޓީ ހިފަހައްޓާ ގޮތް ބައްޓޭ ކިޔައިދީފި

މަޖިލިސް މެޖޯރިޓީ ހިފަހައްޓާ ގޮތް ބައްޓޭ ކިޔައިދީފި

މަޖްލިސް މެޖޯރިޓީ ހިފަހައްޓަވާ ގޮތުގެ ކުޑަ މިސާލެއް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ހިއްސާ ކުރައްވައިފި އެވެ. ބައްޓޭގެ މި މިސާލު ހިއްސާކޮށްފައިވަނީ މީސް މީޑިޔާގައި، ވެލިދޫ ދާއިރާ މުޙައްމަދު ޢަބްދުﷲ ޝަފީޤް ނ. އަތޮޅު ޅޮހީ އަށް ކުރެއްވި ދަތުރުގެ ފޮޓޯތަކެއް ހިއްސާ ކުރައްވަމުންނެވެ. އެޕޯސްޓުގައި ބައްޓޭ ވިދާޅުވެފައިވަނީ: މަޖްލިސް މެޖޯރިޓީ ހިފައްޓަވާގޮތުގެ މިސާލެއް ކޮންސްޓަރަކްޝަން ޕްރޮޖެކްޓަކުން – އެއް އެމްޕީ ކުންފުންޏައް ޕްރޮޖެކްޓް މަސައްކަތް ދިނުން – ކުންފުންޏަށް ނުވެގެން […...

އިބްރާހިމް އަސްވާޤް
ފެނަކައިން މިލަންދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާނު ނިންމާލައިފި

ފެނަކައިން މިލަންދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާނު ނިންމާލައިފި

ފެނަކަ ކޯޕަރޭޝަންގެ “ފުނަރު” އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ށ. މިލަންދޫގެ އިމްތިހާނުތައް އިއްޔެ ނިންމާލައިފިއެވެ. އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތިއަރީ އިމްތިހާން ހޮނިހިރު ދުވަހު ނިންމާލިއިރު، ޕްރެކްޓިކަލް ބައިނިންމާލީ އިއްޔެއެވެ. ފެނަކައިން ފުނަރު ޕްރޮގްރާމު ކުރިއަށްގެންދަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އާއި ތ...

އަޙްމަދު ވަހީދު
މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...

ޝިއުނާ އާދަމް
ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ނ. ފޮއްދޫގެ ފެނާއި ނަަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް މިހާރު ވަނީ  ގެންގޮސްފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 4.76 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި […]

އަޙްމަދު ވަހީދު
މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ. މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި […]

އަޙްމަދު އަރުޝަމް
މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި

ށ. މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ. އެ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި ލެބޯޓަރީން ދޭން ނިންމި ޚިދުމަތްތަށް މިއަދުން ފެށިގެން ދެމުންގެންދާނެއެވެ. މިލަންދޫ ޞިއްޙީމަރުކަޒު ލެބޯޓްރީން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައް...

އަޙްމަދު އަރުޝަމް
އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި 📍 ށ. މިލަންދޫ

އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި

ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް “ސާފު މިލަންދޫ މަގޭ ޒިންމާ” ނަމުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ 📍 ނ. މާފަރު

މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ. އެ އެއާޕޯޓުގައި އަޅާ ޓްރާންސިޓް ހޮޓަލުގައި 47 ކޮޓަރި އަޅަން ވަނީ އެ ކުންފުނިން ނިންމާފައެވެ. އަދި މި ހޮޓާ ތަރައްގީކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށްވެސް މިހާރުވަނީ އިޢުލާންކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން އިތުރަށް ހާމަކުރެއްވިގޮތުގައި 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރާ މި ޓްރާންސިޓް ހޮޓާގެ މަސަައްކަތް ކުރިއަށް...

އަޙްމަދު އަރުޝަމް