މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން 📍 ނ. ލަންދޫ

ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން

ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން […]

އަޙްމަދު ވަހީދު
އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ 📍 ނ. ލަންދޫ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ކައިރިއަށް ދިޔައީ މިއަދު ހެނދުނުއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު، އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. […]

ޔުމްނާ ޢަލީ
ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި 📍 ނ. ލަންދޫ

ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި

ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ލަންދޫ ބޯޓު” ވަނީ ދިޔަވެ ކ. ގާފަރު ފަރަށް އަރާފައި ކަމަށެވެ. މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. ”ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މަޢުލޫމާތ...

ޔުމްނާ ޢަލީ
ރައީސް އާއި ފިނޭންސް މިނިސްޓަރާއި ބައްދަލުނުވެ، މާފަރު ކައުންސިލްގެ ރަސްމީ ދަތުރު ނިންމާލައިފި 📍 ނ. މާފަރު

ރައީސް އާއި ފިނޭންސް މިނިސްޓަރާއި ބައްދަލުނުވެ، މާފަރު ކައުންސިލްގެ ރަސްމީ ދަތުރު ނިންމާލައިފި

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ބައްދަލުނުވެ، މާފަރު ކައުންސިލުން މާލެއަށް ކުރި ފުރަތަމަ ރަސްމީ ދަތުރު ނިންމާލަން ޖެހިއްޖެއެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން، މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރު ވިދާޅުވީ، ރަސްމީ ދަތުރުގައި މާލެ ދިއުމުގެ ކުރިން، ރައީސްއާއިއެކު ބައްދަލުވުން ހަމަޖައްސައިދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެ ސިޓީގެ ޖަވާބުވެސް ލިބިފަ...

އަލީ އާދިލް
ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ނ. ކުޑަފަރި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން […]

ޔުމްނާ ޢަލީ
ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މި ދެބޭފުޅުން ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައެވެ. އެ ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގައި 40 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއެވެ. ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން، އެ ކުންފުންޏަށް މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 40،315،837.96 ރުފިޔާ އަށެވެ. އަދި މި މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 700 އަކަފޫޓުގެ ހައުސިނ...

އަލީ އާދިލް
ނ. އަތޮޅުގައި ވަޒީފާއާ ބެހޭ އިދާރާގެ ގޮތްޕެއް ހުޅުވަނީ

ނ. އަތޮޅުގައި ވަޒީފާއާ ބެހޭ އިދާރާގެ ގޮތްޕެއް ހުޅުވަނީ

ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) ގޮތްޕެއް ނޫނު އަތޮޅުގައި ހުޅުވުމަށް ނިންމައިފި އެވެ. އެލް.އާރް.އޭ ގޮތްޕެއް އެއަތޮޅުގައި ގާއިމްކޮށް އެއޮތޯރިޓީ މުވައްޒަފުން އެއަތޮޅުގައި ބައިތިއްބާ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުަމަށް ނ އަތޮޅު ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ. އެކައުންސިލްގެ އިދާރާގައި އިއްޔެ ބ...

މުޙައްމަދު ވަސީމް
މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން

މިލަދުންމަޑުލު އުތުރު ބުރީ (ށ. އަތޮޅު) މިލަންދޫ ސްކޫލަށް، ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިލަންދޫ ސްކޫލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ޓްވީޓާގައި ބުނެފައި ވަނީ އެ ސްކޫލަށް އެސްޓީއޯގެ ފަރާތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ ވާކަމަށެވެ. އެހެންވެ، އެ ސްކޫލުން ވަނީ އެސްޓީއޯގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މި އެހީތެރިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އެހީތެރިކަން ދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިމަގުގައި މިލަ...

ޔުމްނާ ޢަލީ
މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ދަރަނިވެރިވެ، ރައްޔިތުންގެ އިތުބާރު މާފަރު ކައުންސިލަށް ގެއްލިއްޖެ 📍 ނ. މާފަރު

މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ދަރަނިވެރިވެ، ރައްޔިތުންގެ އިތުބާރު މާފަރު ކައުންސިލަށް ގެއްލިއްޖެ

“ބަދަލަކަށް” އިންތިހާބު ކުރި މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ 4 ވަނަ ދަޢުރުގެ ކައުންސިލްގެ ފަސް މެމްބަރުންނަށް އެ ރަށު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި، މިނިއަނަލަށް ވުރެ ގިނަ ރުފިޔާއިން ކައުންސިލް ދަރަނިވެރިވެ، ކައުންސިލްގެ ހިންގުން ހުއްޓާލަން ޖެހޭ ޙާލަތަށް ހިނގައްޖެއެވެ. ފައިސާ ބެލެހެއްޓުމާއި، އަދި ބަޖެޓު މެނޭޖު ކުރުމުގައިވެސް، މީގެ އިތުރުން ކައުންސިލަށް ހޯދަން ޖެހޭ ބައެއް ތަކެތި ހޯދުމުގައިވެސް، ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކުރަމުން އަންނާތީ، ކައުންސިލްގައި...

އަލީ އާދިލް
ތޮޅެންދޫ މައްސަލާގައި ސަރުކާރުން ދުލެއް ނުދިން، މައްސަލަ ސުޕްރީމް ކޯޓަށް

ތޮޅެންދޫ މައްސަލާގައި ސަރުކާރުން ދުލެއް ނުދިން، މައްސަލަ ސުޕްރީމް ކޯޓަށް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މީގެކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެރަށް ކުއްޔަށް ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އެ އަމުރަށް ހައި ކޯޓުން މިމަހު މަހު ތާއީދުކުރި އެވެ. އެ މައްސަލަ އިސްތިއުނާފް […]

ހުސައިން ހަބީބް
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ 98 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 255 މީޓަރުގެ ސަރ...

އަޙްމަދު ވަހީދު
ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް 📍 ނ. ކެނދިކުޅުދޫ

ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ކެނދިކުޅުދޫ އާއި ރ.އަލިފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، މި ހިދުމަތް އެ ދެ ރަށަށް ތައާރަފްކޮށްފައިވާއިރު، މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓްގެ ހިދުމަތް […]

އަޙްމަދު ވަހީދު
މާޅެންދޫ ޒުވާނާ މަރާލުން: މަރުގެ އަދަބުން އެކަކު ސަލާމަތްވެއްޖެ 📍 ނ. މާޅެންދޫ

މާޅެންދޫ ޒުވާނާ މަރާލުން: މަރުގެ އަދަބުން އެކަކު ސަލާމަތްވެއްޖެ

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރާލި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަދު މިރުޒާގެ އެއް ގާތިލަށް އޭނާގެ ބައްޕަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެ، 17 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އަދަބު ކުޑަކޮށްފި އެވެ. ވިލިމާލޭގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ 2011 ވަނަ އަހަރު މިރުޒާ މަރާލި މައްސަލާގައި ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން މަރުގެ އަދަބުން ސަލާމަތްވީ ވ. […]

ހުސައިން ހަބީބް
މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އ...

އަޙްމަދު ވަހީދު