މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާފް ބޯޑު ހަވާލުކޮށްފި 📍 ށ. ކަނޑިތީމު

ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާފް ބޯޑު ހަވާލުކޮށްފި

ށ. ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާރފް ބޯޑު ހަވާލުކޮށްފި އެވެ. މި ތަކެތި ހަވާލުކޮށްފައިވަނީ ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ނެވެ. މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސާރފްކުރަން ދަސްކުރާނެ ސާރފް ބޯޑު ނުލިބުމަކީ ރަށްރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒ...

މުޙައްމަދު އަފްރާޙް
ހަނިމާދުއާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި 📍 ށ. މިލަންދޫ

ހަނިމާދުއާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

ބޮޑު ތިލަދުންމަތީގެ ދެ ރަށަކާއެކު 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އާއި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި […]

މުޙައްމަދު އަފްރާޙް
ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި 📍 ނ. ވެލިދޫ

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]

މުޙައްމަދު އަފްރާޙް
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް! 📍 ނ. މަގޫދޫ

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް  ލިބިވަޑައިގެންނެވީ 115 […]

މުޙައްމަދު އަފްރާޙް
ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ދެކެމުން އައި ހުވަފެނެއް: ޑރ. އިބްރާހިމް ހަސަން 📍 ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ދެކެމުން އައި ހުވަފެނެއް: ޑރ. އިބްރާހިމް ހަސަން

ނ. ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާން ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް މިނިސްޓަރު އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބޮޑުއަކުރުން ލިޔެވި، ވަރަށްގިނަ މަސައްކަތްތަކާއި ވަރަށްގިނަ ވަގުތެއް ހޭދަކުރެ...

މުޙައްމަދު އަފްރާޙް
ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށްހިންގަން ވިލާއަށް

ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށްހިންގަން ވިލާއަށް

ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ. މިއީ ހަޔާ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަ...

ޔުމްނާ ޢަލީ
ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ހަވާލުކުރައްވައިފި އެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސް އެޓް ނ. ހޮޅުދޫ” ގެ ނަން ދީފައިވާ މި މަޝްރޫއު އާރްޑީސީ އާ ހަވާލުކުރެއްވި 71,089,120.65 (ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. މި މަޝްރޫޢުގެ ދަށުން […]

މުޙައްމަދު އަފްރާޙް
މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. މަނަދޫ

މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވު ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ....

އަޙްމަދު ވަހީދު
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް 📍 ށ. ޅައިމަގު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ފޯކައިދޫއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި […]

އިބްރާހިމް ޚަލީލް
ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ 📍 ނ. ކެނދިކުޅުދޫ

ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވާނެ އެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނ. އަތޮޅަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ. އަދި އެ އަތޮޅުގެ 5 ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދޫ އަށް ކަމަށެވެ. މީގެ އިތުރުން އެ އަތޮޅު ހުޅުދޫ އަށް މިއަދު […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ 📍 ނ. މާފަރު

މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަަ ތިން ކުއާޓަރުގައި ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްގެ އަދަދު އިތުރުވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި މާފަރު އެއާޕޯޓަށް 298 ޕްރައިވެޓް ޖެޓު ޖެއްސިއެވެ. އެއީ 596 ފްލައިޓް މޫވްމަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކޮށްފައިވަނީ 595 މޫވްމަންޓެވެ. މާފަރަށް އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެެރިންނެވެ. އެގޮތުން އެ ގައުމުން މިއަހަރުގެ މިހާތަނަށް 410 ފަތުރުވެެރިން...

އަޙްމަދު ވަހީދު
މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. މަގޫދޫ

މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ފ. މަގޫދޫ އެއާޕޯޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވޅަު ކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 5 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕެސެންޖާ […]

އަޙްމަދު ވަހީދު
މިލަންދޫގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

ށ. މިލަންދޫގައި ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އާއި، މިލަންދޫ ކައުންސިލަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި ކައުންސިލް އިދާރާއާއި، ސަރުކާރުގެ މުވައްޒަފުން ބައިވެރިވިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުން ދޫކުރަން ފަށާފައި ވަނީ އޭ ޒޯންގެ އެއްގ...

ޙުސައިން ޝަހުދީ
ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި 📍 ނ. މަގޫދޫ

ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި

ނ. މަގޫދޫ އާއި ލ. ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި އެވެ. ނ. މަގޫދޫ ގައި ބާއްވަނީ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. އަދި ލ. ކަލައިދޫ ގައި ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ މި ދެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ 5 ވާ ހޮނިހިރު ދުވަހު އެވެ. މަގޫދޫ ގައި ބަހައްޓާ ވޯޓުފޮށި […]

މުޙައްމަދު އަފްރާޙް