މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 88 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 25 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަހައްދު ލެވެލް […]

އަޙްމަދު ވަހީދު
ޅޮހި އަދި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. ވެލިދޫ

ޅޮހި އަދި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ޅޮހި އާއި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 67,020.00 އައު ބަނދަރު ފުން […]

އަޙްމަދު ވަހީދު
މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް: ޔުމްނާ 📍 ށ. މިލަންދޫ

މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް: ޔުމްނާ

ށ. މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ ވަނީ މި ހަފްތާ ބަންދުގައި މިލަންދޫ އަށް ވަޑައިގެންފައެވެ. އެއީ ހުކުރު ދުވަހުގެ ރޭ މިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެކިގޮތްގޮތުން ދިގު މުއްދަތަކަށް އެރަށަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދިން ފާށަނާ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެރަށު ކައުންސިލްގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. އެ...

ޙުސައިން ޝަހުދީ
ނިލަންދޫގައި ފެނަކައިން ތަރައްގީކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފި

ނިލަންދޫގައި ފެނަކައިން ތަރައްގީކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފި

ގއ. ނިލަންދޫގައި އަލަށް ތަރައްގީކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިއަދު ހެނދުނު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަލަށް އިމާރާތް ކުރި މި އިންޖީނުގޭގައި ޑެގްރޫމާއި...

އަޙްމަދު ވަހީދު
މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ދޭ އެވޯޑް ދިނުން މިރޭ 📍 ށ. މިލަންދޫ

މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ދޭ އެވޯޑް ދިނުން މިރޭ

ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ދޭން ނިންމާފައިވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރޭގެ 20:30 ގައި މިލަންދޫ ސްކޫލް ހޯލްގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނީ ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދެމަފިރިކަނބަލުންނެވެ. ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިރޭގެ ރަސްމިއްޔާތުގައި އެރަށުގެ 60 ފަރާތަކަށް ދިނުމަށް ނިންމާފައި ވެއެވެ. މިލަނ...

ޙުސައިން ޝަހުދީ
ރައީސް މައުމޫން މިލަންދޫއަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް 📍 ށ. މިލަންދޫ

ރައީސް މައުމޫން މިލަންދޫއަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ށ. މިލަންދޫއަށް ވަޑައިގެންފި އެވެ. އެމްއާރްއެމް އިން ވިދާޅުވީ އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ މިއަދު ހަވީރު ކަމަށެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަދަރު ސަރަހައްދަށް އެއްވެފަ އެވެ. ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް، އެރަށު ކައުންސިލާއި ރައްޔިތުންގެ ދައ...

މުޙައްމަދު އަފްރާޙް
ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. ފ. ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސް...

އަޙްމަދު ވަހީދު
ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި

ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. 3,641,766.02 ރުފިޔާ ( ތިން މިލިއަން ހަލައްކަ ސާޅީސްއެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ދެލާރި) އަށް ހަވާލުކ...

ޔުމްނާ ޢަލީ
މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި 📍 ނ. މަނަދޫ

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން ނ. މަނަދޫއަށް އަލުން ކަރަންޓު ދީފި އެވެ. އެރަށުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:30 ޖަހާކަންހާއިރު އެވެ. މުޅި ރަށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 04:30 ހާއިރު އެވެ. ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައިކޭބަލަކަށް ދިމާވި މައްސަލަ އަކާއި ގުޅުގެން ނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. “ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް […]

މުޙައްމަދު އަފްރާޙް
މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަ ޖެހުމާއި، 360 މީޓަރުގެ ސޭންޑްފިލް […]

އަޙްމަދު ވަހީދު
މާފަރު އެއާޕޯޓު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. މާފަރު

މާފަރު އެއާޕޯޓު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27 މިލިއަން އެމެރިކާ ޑޮލަރު (419 ދިވެހި ރުފ...

އަޙްމަދު ވަހީދު
15،000 ރުފިޔާގެ އިނާމަކާ އެކު މިލަންދޫ ބަނދަރުގައި އެރަށް ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

15،000 ރުފިޔާގެ އިނާމަކާ އެކު މިލަންދޫ ބަނދަރުގައި އެރަށް ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫ ބަނދަރުގައި މިލަންދޫ ބަނދަރުގައި އެރަށް ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި އެރަށު ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެރަށު ބަނދަރުގައި މިލަންދޫ ރަމްޒުވާގޮތަށް ބިނާއެއް ތައްޔާރުކުރަންބޭނުންވާތީ، މިބިނާ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވެސް ވަ...

މުޙައްމަދު އަފްރާޙް
ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި 📍 ށ. މަރޮށި

ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި

ނ. ލަންދޫ އާއި ށ. މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. މަރޮށީގެ އެކްސްޓެންޝަން އިމާރާތަކީ ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން އިމާރާތް ކުރި ތަނެކެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް މިހާރުވަނީ މި އިމާރާތަށް ބަދަލުކޮށްފަ އެވެ. މަރޮށީގެ އާބާދީ އަކީ ގާތްގަޑަކަށް 900 މީހުން ނެވެ. އާބާދީއެއް އޮންނަ މި ރަށުގައި އިމާރާތްކުރި އައު އިމާރާތުގެ ސަބަބުން އެރަށުގައި […]

މުޙައްމަދު އަފްރާޙް
މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ކައުންސިލުން އެވޯޑެއް

މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ކައުންސިލުން އެވޯޑެއް

ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ހާއްސަ އެވޯޑެއް ދިނުމަށް ތައްޔާރުވެއްޖެއެވެ. ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިފަހަރު އެރަށުގެ 59 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް މިލަންދޫ ކައުންސިލުން ވިދާޅުވެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިފެށޭ ޑިސެމްބަރު މަހުގެ 21 ގައި ބޭއްވުމަށް ނިންމައި ތައްޔާރީތ...

ޙުސައިން ޝަހުދީ
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވ...

އަޙްމަދު ވަހީދު