މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް 📍 ހދ. ނެއްލައިދޫ

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް

ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީ އެއާޕޯޓު ފަޔާ ގެ ޓްރެއިނިން އަށް ބޭނުންކުރާ ސިލިންޑަރެއް ރިފީލް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށާއިި އެ ހާދިސާގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ އެ […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާ ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާ ކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން އެރަށު ކައުންސިލުން މަނާ ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެރަށުގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ފަށާފައިވާތީ ކަމަށާއި އެ ބަސްތަކަށް ފަސޭހަކާމައެކު ދަތުރު ކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން 7 މަގެއްގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން އެ ކައުންސިލުން ވްނީ މަނާކޮށްފައިވާ ކަމަށެވެ. އެއީ އޯކިޑްމަގާއި ސަހަރާމަގާއި މާލިމި ހިނގުން އަދި ފ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް ބީގައި ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ގްރޫޕް ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަންހެން ބައިގެ ފައިނަލުން ސީއެސް ވިމެންސް ޖާގަ ހޯދައިފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް […]

އިބްރާހިމް ޚަލީލް
ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު 📍 ހދ. ކުމުންދޫ

ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތައް ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޒީރު އާއި އައްޓޯ އެފްސީއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒީރުގެ ޖޯޒީ ނަމްބަރ 9، އަލީ ހާފިޒްއެވެ. އިއްޔެ ކުޅުނު ދެވަނަ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ އަންހެން ކެޓަގަރީގެ ފުރަތަމަ މަޗު ސީއެސް ވިމެންސް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ސަންދިޔާއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް އިންނެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ ތިންވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު […]

އިބްރާހިމް ޚަލީލް
ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި 📍 ހދ. ނޮޅިވަރަމް

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ހދ. ނޮޅިވަރަމުގައި ފަށައިފިއެވެ. “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން ނޮޅިވަރަމްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މިއަހަރުގެ މެއި 6 ވަނަ ދުވަހު މި ޕްރޮގްރާމު ފަށާފައިވަނީ ހދ. ވައިކަރަދޫގައެވެ. އަދި ޖެހިގެން އައި 7 ވަނަ ދުވަހު ވަނީ އެ އަތޮޅު އުތީމާއި […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]

އިބްރާހިމް ޚަލީލް
އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތުގެ އިވެންޓުތައް މިއަދު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެއެވެ. އިވެންޓުތައް ފެށުމުގެ ކުރިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ. މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މާދަމާ ފަށާނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަންހެން ޑިވިޝަންގައި […]

އިބްރާހިމް ޚަލީލް
ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ މަގުތައް ސާފުކޮށްފި 📍 ހދ. ކުޅުދުއްފުށި

ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ މަގުތައް ސާފުކޮށްފި

މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ މަގުތައް ސާފުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2023 އެސިޓީގައި ބޭއްވުމަށް ނިންމާފައިވާތީ ހިންގި ހަރަކާތެއް ކަމަށެވެ. އަދި މި މަގުތައް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސިޓީގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ. މި ހަރަކާތް ރާވާ ހިންގައި ދެއްވިކަމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވާއިރު، މި ހަރަކާތުގައި...

މުޙައްމަދު އަފްރާޙް
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަމް

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު 17 ވާ އަންގާރަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމުގަިއ ބައިވެރި ކުރުމަށް ނިންމާފައިވަނީ ޚަތިމު ބަލައިގެން ފަރިތަކޮށް ކިޔަވަން އެންގޭ ފަރާތްތަކަށް ކަަމަށާއި އެކަމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 14 ވާ ހޮނިހިރު ދުވަހގުގެ މެންދުރު 2 ޖެހުމުގެ ކުރިިން ނަން ނޯޓު ކުރުމަށް ވަނީ އެދިލަ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ. މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން “ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށް ފަހު، […]

މުޙައްމަދު އަފްރާޙް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ސްޕީޗް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފިއެވެ. ‘ބުލްބުލް ތެރަޕީ ސެންޓަރު’ ގެ ނަމުގައި މި ސެންޓަރު ހުޅުވާފައިވަނީ މި ހިނގާ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން އެ ސެންޓަރު ހިިންގެވުމާއި ހަވާލުވެހުންނެވި އަހްމަދު އަބްދުއްރަހީމް ވިދާޅުވީ މި ވަގުތު ހިދުމަތް ދެމުން ދަނީ އެންމެ ޑޮކްޓަރަކާއެކުގައި ކަމަށާއި ނަމަވެސް މި މަހުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ގެންނާނެ ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް […]

މުޙައްމަދު އަފްރާޙް