މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި

ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި އިއްޔެ ފަށައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެން ބައި ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މި […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް މޫސާ ކައުޔަޝް ކައިލް ބުނީ މި އަހަރު މުބާރާތުގައި ރަށުން ބޭރު ޓީމްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި، މިގޮތުން ހަނިމާދޫ ދާއިރާގެ ރަށްތަކުގެ ތެރެއިން ތިން ރަށަކަށް ދައުވަތު ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ. މޫސަ އިތުރަށް...

އިބްރާހިމް ޚަލީލް
ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް 📍 ހދ. ވައިކަރަދޫ

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]

ޔުމްނާ ޢަލީ
އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ރާވާ ހިންގުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރަށް 13،674،227 ރުފިޔާ، ނޮޅިވަރަމަށް 8،803،623 ރުފިޔާ ބަޖެޓް ކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް 13،674،227 ރުފިޔާ، ނޮޅިވަރަމަށް 8،803،623 ރުފިޔާ ބަޖެޓް ކޮށްފި

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ނޮޅިވަރަންފަރުގައި އަލަށް އެއް މަޝްރޫއު، އެ އަތޮޅު ނޮޅިވަރަމްގައި އަލަށް ދެ މަޝްރޫޢު ފަށަން ބަޖެޓްކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ފޮނުވިކަން ހާމަކުރައްވާފައިވާއިރު، އެ ބަޖެޓްގައި ހދ. އަތޮޅުގެ ނޮޅިވަރަމް ދާއިރާގެ ނޮޅިވަރަމަށް އަންނަ އަހަރަށް 8،803،623 ރުފިޔާ އަދި ނޮޅިވަރަންފަރަށް 13،674،227 ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ހިނގަމުންދާ މަޝްރޫޢުތަކަށާއި، އެވޯޑްކޮށްފަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި: ނަރީޝް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި: ނަރީޝް

ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ. އޭނާ މިކަން ހާމަކުރައްވައި ވަނީ އޭނާގެ ފޭސްބުކް ގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެ ގޮނޑިއަށް ވާދަކުރެއްވުމުގެ ގަސްދުގައި މަސައްކަތް ކުރިކުރުމުގައި އެ ސިޓީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި ކަން ވަރަށްބޮޑަށް ފާހަގަވި ކަމަށެވެ. އެހެންކަމަށްވުމު...

މުޙައްމަދު އަފްރާޙް
ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި 📍 ހދ. ފިނޭ

ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި

ހދ. ނައިވާދޫގެ ބިން ހިއްކުމާއި، އެ އަތޮޅު ފިނޭގެ މަގު ހެދުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައި ވެއެވެ. މި ގޮތުން ބޮޑު ތިލަދުންމަތިން ހދ. އަތޮޅުގެ ނައިވާދޫގެ ބިން ހިއްކުން މުޅިން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީއެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީއެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީއެއް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުން ހުޅުވައިލާފައެވެ. އެގޮތުން ޕްރީބިޑް މީޓިން އޮންނާނީ ނޮވެމްބަރު 5 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށާއި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އަންދާސ...

މުޙައްމަދު އަފްރާޙް
މަކުނުދޫ ކައުންސިލް ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އެ ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ގުރްއާން މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މުބާރާތަށް އިނާމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. މީގެ އިތުރުން އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން...

މުޙައްމަދު އަފްރާޙް
ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ 📍 ހދ. ނެއްލައިދޫ

ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ

ހދ. ނެއްލައިދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި ދުވަސްވަރު އެރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެންމެހައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައި ވެއެވެ. އަދި ބޭނުންކޮށްފައި ހުންނަ ދަޅު، ފުޅި، ކޮތަޅު ފަދަ ތަކެތިި ރައްކާތެރިގޮތުގައި ނައްތަ...

މުޙައްމަދު އަފްރާޙް
ނުފޫޒު ގަދަ ރަށަކަށް ކުޅުދުއްފުށި ހެދޭނީ ޕޮޓެންޝިއަލް ހުރި ރަށު މީހުންނަށް ފުރުސަތު ދީގެން: އާތިފް 📍 ހދ. ކުޅުދުއްފުށި

ނުފޫޒު ގަދަ ރަށަކަށް ކުޅުދުއްފުށި ހެދޭނީ ޕޮޓެންޝިއަލް ހުރި ރަށު މީހުންނަށް ފުރުސަތު ދީގެން: އާތިފް

ކުޅުދުއްފުށި ސިޔާސީ ގޮތުން ބާރުވެރި ވުމަށް ރައްޔިތުން ވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށާއި، ދެންއޮތީ އެ ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުންކަމަށާއި، އެކަން ކުރެވޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕޮޓެންޝިއަލް ހުރި އެ ރަށު މީހުންނަށް އެރަށު ރައްޔިތުން ފުރުސަތު ދީގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި...

ޔުމްނާ ޢަލީ
މި އަހަރުގެ ތިލަދެކުނު ވޮލީ މުބާރާތް ވައިކަރަދޫގައި

މި އަހަރުގެ ތިލަދެކުނު ވޮލީ މުބާރާތް ވައިކަރަދޫގައި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި “ބޭސިކް ފަހާ” ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 20 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ މި ކޯހުގެ މުއްދަތަކީ ވިހި ދުވަހެވެ. މި ކޯސް އެ ރަށުގައި ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު […]

އިބްރާހިމް ޚަލީލް
ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023″ގެ ފިރިހެން ބައިގެ ފައިނަލުގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި މެޗު ހަމަނުޖެހުންހިނގައި ހުއްޓާލާފައިވަނިކޮށް، ލިބުނު އިންޒާރަކާ ގުޅިގެން މިއަދު އަލުން ކުޅެން ނިންމި މެޗު ކެންސަލްކޮށް މުބާރާތް ނިންމާލައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި ފައިނަލު މެޗުގެ ކުޅުން އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ ރެޔެވެ. މި މެޗުގައި […]

ޔުމްނާ ޢަލީ
ކުމުންދޫ ކައުންސިލް ފުޓްސަލްގެ އަންހެން ޗެމްޕިއަންކަން ސީއެސް ވިމެންސް އަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލްގެ އަންހެން ޗެމްޕިއަންކަން ސީއެސް ވިމެންސް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ. މި މެޗުގައި ސީއެސް ވިމެންސްއަށް ގޯލު […]

އިބްރާހިމް ޚަލީލް