މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި 📍 ހދ. ހަނިމާދޫ

ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އެ ރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް “ކުލަ ބަގީޗާ” ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ މި ޕާކް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. އެ ދުވަހު ޕާކް ހުޅުވުމުގެ ގޮތުން ކައުންސިލުން އިންތިޒާމް ކޮށްގެން އެތަނުގައި ވަނީ ކުޑަކުދިންގެ ހަވީރައް ބާއްވާފައެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އެތަނުގައި އެ […]

އިބްރާހިމް ޚަލީލް
ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް 📍 ހދ. ކުރިނބީ

ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ ފަރާތުން ކުރިމަތިލީ މެމްބަރުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހެނދުނު 0800 އިން ހަވީރު 1600 އަށް މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައި-އިލެކްޝަންގައި ވަނީ ޖުމްލަ ހަ މެމްބަރަކު ވާދަކޮށްފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނެވެ. ބައި-އިލެކްޝަން ކާމިޔާބުކުރި މެމްބަރުން ލިބުނު ވޯޓާއިއެކު ފާތި...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ. މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އ...

އިބްރާހިމް ޚަލީލް
އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި 📍 ހދ. ހަނިމާދޫ

އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި

ހދ.ހަނިމާދޫ ކައުންސިލުން އެ ރަށު މަގުތަކުގައި ޒަމާނީ މަގުބައްތި ހަރުކޮށް ދިއްލާ އަލިކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ވަނީ 180 ވޯޓްގެ 150 ލެޑް މަގުބައްތި ހަރުކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިނެޓް ޕްލަސް ކޮންޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ފޭސް ދެއެއްގެ މަސައްކަތް މިހާރު ނިންމާފައިވާއިރު ދެވަނަ ފޭސްގައި ވަނީ 100 ވޯޓް، 268 ލެޑް މަގު...

އިބްރާހިމް ޚަލީލް
އެމްޑީޕީގެ ޖަލްސާ ކަވަރުކުރަން ޚަރަދުކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

އެމްޑީޕީގެ ޖަލްސާ ކަވަރުކުރަން ޚަރަދުކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ސިޓީ ކައުންސިލް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ކަވަރުކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޚަރަދުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަނީ ޙަޤީޤަތެއްނެތް ދޮގެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ޓީވީގެ ކުރޫގެ ދަތުރާއި، ކެއުމާއި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދީފިނަމަ ކުޅުދުއްފުށީގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެ ޓީވީގެ އެއަރޓައިމް އަށް އަދި ކޮންޓެންޓް ހެ...

ޔުމްނާ ޢަލީ
ނެއްލައިދޫގެ ބެލެނިވެރިންނަށް، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ގުޅޭ މައުލޫމާތު ދީފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ބެލެނިވެރިންނަށް، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ގުޅޭ މައުލޫމާތު ދީފި

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ސެޝަންގައި ނެއްލައިދޫ ސްކޫލްގެ 87 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ. މި ސެޝަނުގައި، އިންޓަނެޓާ ގުޅޭ މައުލޫމާތާއި، ރައްކާތެރިގޮތުގައި އިން...

އިބްރާހިމް ޚަލީލް
"ސަނަފް ނޯތު" ފްރޯޒެން އައިޓަމަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

"ސަނަފް ނޯތު" ފްރޯޒެން އައިޓަމަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

“ސަނަފް ނޯތު” ގެ ނަމުގައި ފްރޯޒެން އައިޓަމް ވިއްކުމަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ހުންނަ މިސްކިތެއް ކަމަށްވާ، މަސްޖިދު މުހައްމަދު ކުރިމައްޗަށްވާ ގޮތަށް ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. މި ފިހާރައިން މިވަގުތު ކުކުޅުގެ ގިނަ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. ލިބެންހުރި ކުކުޅުގެ އައިޓަމްތަކުގެ ތެރޭގައި ހޯލް ޗިކެން، ބޯންލެސް ޗިކެން، ޗިކެން ޑްރަމްސްޓިކް، ޗިކެން ބްރެސްޓް، ޗިކެން ގިޒާޑް، […]

އިބްރާހިމް ޚަލީލް
ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރުފުރުން ފާހަގަކޮށްފި 📍 ހދ. ހަނިމާދޫ

ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރުފުރުން ފާހަގަކޮށްފި

ހދ.ހޮނޑައިދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރިތާ 25 އަހަރު (ރިހިޔޫބިލް) ފުރުން ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް ގެންގުޅުއްވި އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުކޮށްފައިވަނީ 1999 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅެވެ. ހަނިމާދޫއަށް ބަދަލުވި ފުރަތަމަ މީހުން އައިސްފައި ވަނީ 26 ނޮވެމްބަރ ގައެވެ. އެންމެ ފަހު މީހުން އައިސްފައި ވަނީ 29 ނޮވެމްބަރ ގައެވެ. ރަސްމީގޮތެއްގައި އެ […]

އިބްރާހިމް ޚަލީލް
“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

ހދ. ނޮޅިވަރަމުގައި ދީނީ އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމިއްޔަތުއްރިސާލާ އާއި ނޮޅިވަރަމް ކައުންސިލާ ގުޅިގެން އިންތިޒާމުކުރާ “ބުސްތާން” އިވެންޓް މި ހަފްތާބަންދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި އިވެންޓްގައި ޑރ. އާދަމް ޝަމީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖަމިއްޔާއިން އިއުލާނުކޮށްފައިވެއެވެ. އިވެންޓްގެ ފުރަތަމަ ދުވަސް ކަމުގައިވާ ހުކުރު ދުވަހުގެ ހެނދުނު ޝައިޚާއެކު ނާސްތާ ބޭއްވުމަށްފަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިސިޕްލިން އާއި ކުޅިވަރު ކުޅުމުގައި ގެންގުޅެންޖެހޭ އިސްލާމީ އުސޫލުތައް އު...

އިބްރާހިމް އަސްވާޤް
ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހަގީގީ ފައިދާ ލިބިގެންދާނީ އެ ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭތަންތަނަށް ފަސޭހައިން އެ އެއާޕޯޓުން ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސިގެން ކަމަށްވާތީ، އެ އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށް، ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައ...

އިބްރާހިމް ޚަލީލް
މަކުނުދޫ އާއި ދިމާ ބޭރުން އަތުލައިގަތް ލަންކާ ބޯޓުން 468 ކިލޯ ޑްރަގް އަތުލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި ދިމާ ބޭރުން އަތުލައިގަތް ލަންކާ ބޯޓުން 468 ކިލޯ ޑްރަގް އަތުލައިފި

ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް 468 ކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު މީޑިއާތަކަށް ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަތް މިބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒަށް އިތުރު ސިޔާސީ ވެރިޔަކު ހަމަޖައްސައިފިއެވެ. މިއީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް މި ސަރުކާރުން ޢައްޔަނުކުރި ހަތަރު ވަނަ ސިޔާސީ ވެރިޔާއެވެ. އެ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އަޙްމަދު އާމިރެވެ. އާމިރަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރަޝީދު މިނިވަން މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މި...

ޔުމްނާ ޢަލީ
މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި 📍 ހދ. ފިނޭ

މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި

ހދ.ފިނެއަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އެ ރަށު ނެރުމައްޗަށް އަރައިފިއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިނޭ ކައުންސިލްގެ ނައިބް ރައީސް ޖަވާޒާ ހުސެއިން ބުނީ އެ ރަށުގައި އަޅާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހިފައިގެން، އައި މުދާ އުފުލާ ދޯންޏެއް އެ ރަށުގެ ނެރުމައްޗަށް އަރައި ބީހިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، ދޯނި ނެރުމައްޗަށް ބީހުނީ ހިކިދިޔައިގައި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގެ ކިޔެވުން ފަށައިފިއެވެ. މި ކުލާހުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުށަހެޅި 30 ބައިވެރިންނާއިއެކު ކުލާސްތައް ފަށާފައިވާއިރު، މި ކުލާސްތައް ކުރިއަށް ގެންދަނީ އެ ރަށު އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ. މިސްކިތު ގާރީ ކުލާސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމ...

އިބްރާހިމް ޚަލީލް
އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް 📍 ހދ. ހަނިމާދޫ

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ...

އިބްރާހިމް ޚަލީލް