މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތު ސެންޓަރއެއް ތަރައްޤީކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމެޓެޑު އާއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރ އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއިއެކު ދެ ކޮންސަލްޓޭޝަން ރޫމާއި، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ. ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާ...

ޔުމްނާ ޢަލީ
ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް...

އިބްރާހިމް ޚަލީލް
މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން 📍 ހދ. ނައިވާދޫ

މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހދ.އަތޮޅު ބުރުގެ މެޗުތަކުން މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މޮޅުވެއްޖެއެވެ. މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނި ތިބޭއިރު ކެނޯ ދުއްވުން މަނާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނި ތިބޭއިރު ކެނޯ ދުއްވުން މަނާ

ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށާފައިވާއިރު، ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ކުޅީގައި ތިބޭ މުއްދަތުގައި ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ދޫނިތަކަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައެވެ. 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައި ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގ...

ޔުމްނާ ޢަލީ
ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށައިފިއެވެ. އިއްޔެ ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވާއިރު، މޫސުން ބަދަލުވުމާއި ގުޅިގެން ރާއްޖެއަށް އެކިބާވަތުގެ ދޫނި އަބަދުވެސް ހިޖުރަކުރެއެވެ. ރާއްޖެއަށް ފުރަތަމަ ފްލެމިންގޯ ހިޖުރަކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ފުރަތަމަ މި ދޫނި ފެނިފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ އަތޮޅުންނެވެ. އެއަށްފަހު ކުޅުދުއްފުށީ ކުޅިންނާއި ފުނަދޫ ކުޅިން ވެސް މި ދޫނި ވަނީ ފެނިފައެވެ. މި ދޫނި މި […]

އިބްރާހިމް ޚަލީލް
އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ 📍 ހދ. ހިރިމަރަދޫ

އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާއެއްހިނގައި، އެތަން އަނދާ ހުލިވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބުނީ، ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި، އެ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތުލިބި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައި ވަނީ 1:30 ހާއިރު ކަމަށެވެ. ވަހީދު އިތުރަށް ބުނީ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ބާލިދީން ފެންޖަހައިގެންނާއި، ކަ...

އިބްރާހިމް ޚަލީލް
މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން 📍 ހދ. ކުޅުދުއްފުށި

މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން

2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...

އިބްރާހިމް ޚަލީލް
ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަހުލީން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި އަހުލީއެވެ. މި މެޗު އަހުލީން ކާމިޔާބު ކޮށްފައި ވަނީ ރޫހުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އަހުލީ އާއި ރޫހް ފުރުސަތު ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ޔުނީފޯމެވެ. މެޗު 3-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ރޫހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރޫހްގެ އަބްދުﷲ މުހައްމަދެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި […]

އިބްރާހިމް ޚަލީލް
ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޓީމުން ޖާގަ ހޯދާފައި ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް އޭގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދި އަހުލީއެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ 📍 ހދ. ހަނިމާދޫ

މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ

އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. އެ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކާގޯ ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެ އެއާޕޯޓުގައި ތަރައްގީކުރާ ޓަވަރުގެ 88 އިންސައްތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ...

އިބްރާހިމް ޚަލީލް
ވަޒީރު މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރަށްވައި ރުކުމަޑި ކޮންޓްރޯލްކުރާ ޓީމާއި ބައްދަލުކުރައްވައިފި 📍 ހދ. ހަނިމާދޫ

ވަޒީރު މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރަށްވައި ރުކުމަޑި ކޮންޓްރޯލްކުރާ ޓީމާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން “އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް” ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރާ ހިއްސާކުރެވާފައެ...

އިބްރާހިމް ޚަލީލް
ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި

ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފިއެވެ. މި ޕްލާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި މަޝްރޫއެކެވެ. ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމާލާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުމުންދޫގައި ގާއިމުކުރި މަސްކާނާ އުފައްދާ ޕްލާންޓެވެ. އަނެއް މަޝްރޫއަކީ ގދ. ވާދޫ […]

އިބްރާހިމް އަސްވާޤް
ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހަނިމާދޫގައި ލެބޯޓްރީއެއް އަޅަނީ 📍 ހދ. ހަނިމާދޫ

ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހަނިމާދޫގައި ލެބޯޓްރީއެއް އަޅަނީ

ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާގެ އެހީގައި ހދ.ހަނިމާދޫގައި ލެބޯޓްރީއެއް އަޅަން ނިންމާފައިވާ ކަމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ، ކޮކްނަޓް ހިސްފިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދ...

އިބްރާހިމް ޚަލީލް
އަށް ބާވަތެއްގެ މަސައްކަތަށް ނައިވާދޫ އިން 35 ބިމެއް ކުއްޔަށް ދޫކުރަނީ 📍 ހދ. ނައިވާދޫ

އަށް ބާވަތެއްގެ މަސައްކަތަށް ނައިވާދޫ އިން 35 ބިމެއް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއިން އެކިއެކި ބޭނުންތަކަށް ދޫކުރާ 35 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނައިވާދޫއިން ދޫކުރަން ނިންމާފައިވާ ބިމުގެ ބާވަތްތައް ލައިޓް އިންޑަސްޓްރިއަލް ދަނޑުވެރިކަމަށް ދޫކުރާ ބިންތައް ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން ޑައިވް ސެންޓަރ ވޯޓަރ ސްޕޯޓްސް ސްލިޕްވޭ ހެދުމަށް މަސްކެއްކުމާއި، ލޮނުމަސް އެޅުމާއި، ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް ދޫކުރާ ބިންތައް ދިރޭތަކެތި ގެންގުޅުމަށް ދޫކުރެވޭ ބިންތައް މި ބިންތަކަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކ...

އިބްރާހިމް ޚަލީލް