📍 ހދ. ކުޅުދުއްފުށި
ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ
ހދ އަތޮޅު ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބަރާހީމްގެ އަރިހުން އެދިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް އެދުނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް މި ދިޔަ ހަފުތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކައުންސިލާއެކެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި، ވުޒާރައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި އަތޮޅުގައި ހުރި އެ...