މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލް އޮފީސްތަކުގެ ފުޓްސަލަ މުބާރާތުގެ ތަށި ހަނިމާދޫ އެއާޕޯޓުން ކާމިޔާބުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލް އޮފީސްތަކުގެ ފުޓްސަލަ މުބާރާތުގެ ތަށި ހަނިމާދޫ އެއާޕޯޓުން ކާމިޔާބުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން، ހަނިމާދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލުމެޗު ރޭ ހަނިމާދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ އެއާޕޯޓާއި ފެނަކައެވެ. އެއާޕޯޓުން ފައިނަލް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ފެނަކަ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެއ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާ ކުރައްވާ ބައްދަލުވުންތަކުގެ ތެރެއިން ތަޢުލީމީ ވުޒަރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އާއި ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރުގެ އަރިހުން އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނި...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" އިފްތިތާޙްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ސިޓީގައި “ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ” އެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި މި ކޮމިޓީ އަކީ ޤާނޫނުގެ (ނަމްބަރު 28/2015) ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއަކާއި، އަތޮޅަކާއި، މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފައްދަން ލާޒިމުކޮށްފައިވާތީ އިފްތިތާޙްކޮށްފައިވާ ކޮމިޓީއެކެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ އެކުލަވާލާފައިވަނީ ކުޅުދުއްފ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސަ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އިންފިނިކާ އެކަޑަމީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިމަހު 21 އިން 24 އަށް ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ވޯކްޝޮޕުގައި ފޮޓޯގްރަފީއަށް ޝައުގުވެރިވާ 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެކަމަށް އިންފިނިކާ އެކަޑަމީ އިން ހިއްސާކޮށްފައިވާ އިއުލާނުގައިވެއެވެ. އެގޮތުން މި ވޯކްޝޮޕުގައި ކިޔަވައިދެވޭނެ މުހިންމު ބ...

އައިޝަތު އައިނީ އާމިރު
ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި 📍 ހދ. ކުޅުދުއްފުށި

ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިިމެނިފައިވާ މަޝްރޫޢުތައް 2025 ވަނަ އަހަރު ބަޖެޓުން ފެންނަން ނެތުމުގެ...

އައިޝަތު އައިނީ އާމިރު
މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ފުޓްސަލް ދަނޑެއް އަޅައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ފުޓްސަލް ދަނޑެއް އަޅައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށް ހުޅުވައިފިއެވެ. އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒްއެވެ. އެ ދަނޑަކީ މަކުނުދޫ ކައުންސިލާއި ސްކޫލް ގުޅިގެން، ރަށުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑު އެޅުމުގެ މަޝްރޫއުގައި ޓަފްކޫލް އިންވެސްޓްމ...

އިބްރާހިމް ޚަލީލް
ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ރާއިފަށް 📍 ހދ. މަކުނުދޫ

ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ރާއިފަށް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ޕީއެސްއެމް ނިއުސްގެ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށް ލިބިއްޖެއެވެ. ޒުވާން ރާއިފް އަކީ، ނޫސްވެރިކަމާއި، އަދަބިއްޔާތާއި ދިވެހި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކެއް އެރަށަކަށް ނިސްބަތްވާ ހދ. މަކުނުދޫ އަށް ނިސްބަތްވާ ހުނަރުވެރި ނޫސްވެރިއެކެވެ. ރާއިފްގެ މި ކާމިޔާބަށް މަކުނުދޫ ކައުންސިލުން ވަނީ މަރުޙަބާ ކިޔާފައެވެ. ”ޕީއެސްއެމް ނިއުސް އެވޯޑް 202...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯލް މުބާތް ލޯންޗުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯލް މުބާތް ލޯންޗުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” ރޭ ލޯންޗުކޮށްފިއެވެ. މި މުބާރާތް ލޯންޗްކޮށްފައި ވަނީ ރޭ މާލޭގައި ބޭއްވި 10 ވަނަ “ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025” ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ރަސްމީކޮށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ. މިމަހު 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ “ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025” ގައި ރާއްޖެއިން ވާދަކުރާ […]

އައިޝަތު އައިނީ އާމިރު
ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް، ރާއްޖެ ތަމްސީލުކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެއް 📍 ހދ. ކުޅުދުއްފުށި

ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް، ރާއްޖެ ތަމްސީލުކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެއް

އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް މާދަމާ ފުރުމަށް ހަމަޖެހިއްޖެއެވެ. މެއި 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ވާދަކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެކެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް އެސޯސިއޭޝަން އިން ފާހަގަކޮށް ބުނެފައިވަނީ މިފަދަ ޓީމެއް އެކުލަވާލަނ...

އައިޝަތު އައިނީ އާމިރު
ފަންނުވެރި އަންހެން ލީޑަރުންނަށް ޙާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ޕްރޮގަރާމް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ފަންނުވެރި އަންހެން ލީޑަރުންނަށް ޙާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ޕްރޮގަރާމް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި “އިސްވާރު – ވިމެން އިން ލޯކަލް ގަވަނެންސް” ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 24 އިން 30 އަށް ބޭއްވި މި 7 ދުވަހުގެ ޕްރޮގަރާމުގައި އުތުރުގެ އަތޮޅުތަކުން 35 ފަންނުވެރި އަންހެން ލީޑަރުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ޕްރޮގަރާމް ހިންގައި ކުރިއަށް ގެންދިޔައީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫއެންޑީޕީ، ލޯކަލް ގަވަރމަންޓ އޮތޯރިޓީ، މޯލްޑިވްސް އިންސިޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޖަމާއަތު މިސްކިތް އިތުރު މަރާމާތަށްފަހު މިރޭ ފަތިހު ހުޅުވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޖަމާއަތު މިސްކިތް އިތުރު މަރާމާތަށްފަހު މިރޭ ފަތިހު ހުޅުވަނީ

ކުޅުދުއްފުށި ސިޓީގެ މަސްްޖިދުލް ޖަމާއަތް އަނެއްކާވެސް އަލުން މަރާމާތު ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްޖިދުލް ޖަމާއަތް ބާވެ ވީރާނާ ވަމުން ދަނިކޮށް މަރާމާތުކޮށް އާބަރުތައް ފިލުވުމަށް ފަހު ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައެވެ. އެހެންނަމަވެސް އިތުރަށް މަރާމާތްކުރަން ޖެހުމުގެ ސަބަބުން މި މިސްކިތް ވަނީ މިދިޔަ އޭޕްރީލް މަހު ބަންދުކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލުން...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން މެރިން މެކޭނިކް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގައި ހިމެނޭ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯސް، 11 ދަރިވަރަކު ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެގޮތުން މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އަދި މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު 📍 ހދ. ހަނިމާދޫ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު