📍 ހދ. ހަނިމާދޫ
ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި
ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް...