މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ދިވެހި ރެޑް ކްރެސެންޓުން ގަސް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ދިވެހި ރެޑް ކްރެސެންޓުން ގަސް ހަދިޔާކޮށްފި

ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށި ސިޓީ ޔުނިޓުން، ސިޓީ ކައުންސިލުން މިހާރު ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ގަސް ހަދިޔާކޮށްފިއެވެ. ރެޑް ކްރެސެންޓުން މި ގަސްތައް މުޑުވަށްކޮށްފައިވަނީ، “ފިނިފެހި ސިޓީ” މި މަޝްރޫޢުގެ ދަށުން ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން ކުޅުދުއްފުށީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައި ޤާއިމްކޮށްފައިވާ ‘މަލަފެހި’ ނާސަރީގައެވެ. މިގޮތުން ކުޅުދުއްފުށީގައި މިހާރު ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ރެޑްކްރެސެންޓުން ހަދިޔާކޮށްފައިވަނީ، 12 ސައިމާ ގަހާއި، 6 ކިނބި...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން އެއާޕޯޓު ބީޗު ސަރަހައްދުގައި ބީޗްހަޓް އަޅަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން އެއާޕޯޓު ބީޗު ސަރަހައްދުގައި ބީޗްހަޓް އަޅަނީ

ކުޅުދުއްފުށި ސިޓީ އެއާޕޯޓު ބީޗު ސަރަހައްދުގައި ބީޗްހަޓް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ “ސިޓީ ގަރާޖު” އާއެވެ. ގިނަ ރައްޔިތުންގެ ޚިޔާލާއި ލަފާގެ ދަށުން އެ ކޮމިޓީން ކުޅުދުއްފުށީ އެއާޕޯޓު ހުޅަނގު ސަރަހައްދުގައި މި ބީޗްހަޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ދެ ފަރާތުން ސ...

އައިޝަތު އައިނީ އާމިރު
މަކުނުދޫ ކައުންސިލުން އެރަށު ބެލެނިވެރިންނަށް ''ބެލެނިވެރިންގެ ހިޔާ'' ތަރައްޤީކޮށްދެނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލުން އެރަށު ބެލެނިވެރިންނަށް ''ބެލެނިވެރިންގެ ހިޔާ'' ތަރައްޤީކޮށްދެނީ

ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލްގެ ބެލެނިވެރިންނަށް ”ޕޭރެންޓް ހިޔާ”އެއް ތަރައްގީކޮށްދިނުމަށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހުޅުވާލަމުން މަކުނުދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 23 ސެޕްޓެމްބަރ 2025 ން 12 އޮކްޓޫބަރ 2025 ގެ ހެނދުނު 09:00 ގެ ނިޔަލަށް https://bit.ly/3LqJZ1j ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން މި ޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ ޕްރީ-ބިޑް މީޓިންއެއް 30 ސެ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރީންނާއި މަޝްވަރާކޮށްލެވުމަކީ ލިބުނު ބޮޑު އުފަލެއް: ސައީދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރީންނާއި މަޝްވަރާކޮށްލެވުމަކީ ލިބުނު ބޮޑު އުފަލެއް: ސައީދު

ކުޅުދުއްފުށި ސިޓީގެ ފަންނުވެރި އެކި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި، ވިޔަފާރީގެ އެކި ކަންކަމުގައި އުޅޭ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްލަން ފުރުސަތު ފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުޅުދުއްފުށީގައި ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމުގެ ގޮތުން ވަޒީރު ވަނީ އިއްޔެ ކުޅުދުއްފ...

އައިޝަތު އައިނީ އާމިރު
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ވަރަށް ކާމިޔާބު، ކުރިއަށް އޮތް އަހަރުވެސް މުބާރާތްތަކެއް ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ވަރަށް ކާމިޔާބު، ކުރިއަށް އޮތް އަހަރުވެސް މުބާރާތްތަކެއް ކުޅުދުއްފުއްޓަށް

ކުރިއަށް އޮތް އަހަރު ބައިނަލްއަޤުވާމީ މުބާރާތްތަކެއް ކުޅުދުއްފުށި ސިޓީއަށް ގެނެސްދޭނެކަމަށް އިއުލާންކުރަމުން އެކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަޙުމަދު މުޖުތަބާ ދެއްވައިފިއެވެ. މުޖުތަބާ މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުޅުދުއްފުށީގައި ބައިނަލްއަޤުވާމީ ފެންވަރަށް ބޭއްވި މި މުބާރާތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މ...

އައިޝަތު އައިނީ އާމިރު
ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް 📍 ހދ. ކުޅުދުއްފުށި

ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ހޯދައި މުބާރާތުގެ ލޯ މެޑަލް ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ހޯދައިފިއެވެ. މިގޮތުން، މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 25-20 ގެ ތަފާތަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުން ރަނގަޅު ފެށުމެއް ދައްކައި ރާއްޖެ ޓީމުން ވަނީ ކުރި ހޯދައި 22-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝް ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓުން ރާއްޖެ ކުރިހޯދައި، […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ޕާކިސްތާނާއި ލަންކާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ޕާކިސްތާނާއި ލަންކާ

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީ ފައިނަލް މެޗުން ކުރިހޯދައި، ޕާކިސްތާނު އަދި ސްރީލަންކާ ފައިނަލަށް ގޮސްފިއެވެ. މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން މެޗު އެކެއްގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ބައްދަލުކުރި މެޗުން ދެ ސެޓުން ކުރި ހޯދައި، ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނު ވަނީ މި މުބާރާތުގައ ފައިނަލުން ޖާހަގަހޯދާފައެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކޮށް، ވާދަވެރިކުޅުމަކަށްފަހު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް 2025 ގައި، ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ޖޯޝާއި ރޫހުން މުޅި ކުޅޭ ބިމަށް ވަނީ ހޫނުކަމެއް ގެނެސްދީފައެވެ. މި މުބާރާތަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތް ކަމަށް ވުމުން، މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓު ކުރަން ލިބުނު ފުރުސަތާއެކު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މި ސެޕްޓެމްބަރ މަހު 22 އާއި ހަމައަށް […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު: ދިވެހީންގެ އާދަކާދައާއި ފަންނުވެރިކަމުގެ މިސާލެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު: ދިވެހީންގެ އާދަކާދައާއި ފަންނުވެރިކަމުގެ މިސާލެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މަސައްކަތްތެރީންގެ މައުރަޒުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހުނަރުން ފުރިގެންވާ މަސައްކަތްތެރިކަމާއި، ދިވެހީންގެ އާދަކާދައާއި ސަޤާފީ ފަންނުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި ޒަމާނީ އެތައް ކަމެއް ދައްކުވައިދީފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީީ ރައްމަތިފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މަސައްކަތްތެރީންގެ މައުރަޒަކީ، ސިޓީގެ ރައްޔިތުންނަށް ހުނަރާއި މަސައްކަތްތެރިކަން ޤައުމީ ފެންވަރުގައި ދައްކާލުމަށް ފުރުސަތު ހޯދައިދީ، ރައްޔިތ...

އައިޝަތު އައިނީ އާމިރު
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް 📍 ހދ. ކުޅުދުއްފުށި

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ. މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތ...

ޔުމްނާ ޢަލީ
ރާއްޖެއަށް ކުޅިވަރުގެ އައު ބާބެއް, ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ރާއްޖެއަށް ކުޅިވަރުގެ އައު ބާބެއް, ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުالله ރާފިޢު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، މިސްޓަރ ނިކް ލޯވް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން ދީޕަ...

އައިޝަތު އައިނީ އާމިރު
ވާހަކަ: އުމުށޭމު 📍 ހދ. ވައިކަރަދޫ

ވާހަކަ: އުމުށޭމު

ރޭގަނޑެއްގެ ހަމަހިމޭންކަމެވެ. އޮރެންޖު ކުލައިގެ އަލިން މުޅި ބަނދަރުމަތި ވަނީ ވިދާލާފައެވެ. ބައެއްމީހުންގެ ބަހުން ނަމަ “ގަޑިބުރު” ގައި އެތިބީ ހަމަ ވަރަށް މަދު ބައެކެވެ. ދެ ޒުވާނުންނާއި، ހަރުކުލައިގެ ބޮޑު މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާ ކިތަންމެހައި ވެސް ގިނައެވެ. އަޑު ގަދަ އެވެ. ބަސްވިކެއެވެ. އާދެ! ހދ. ވައިކަރަދޫ ރޯޒް މުސްޠަފާ މޫސާ މިހާރު އެ އުކަނީ، އޭނާގެ ޙަޔާތުނާމާގެ ސަފުހާތަކެވެ. ނޫނެކެވެ. ހަމަ އެންމެ ސަފުހާއެކެވެ. އެންމެ ތަޖުރިބާއެކެވެ. އެންމެ ވާހަކައެކެވެ. ފެށުން […]

ޙުސައިން ޒަބީރު (ހޒމވ)
ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީގައި "ޕިންކް ރިބަން ރަން ވޯކް" ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީގައި "ޕިންކް ރިބަން ރަން ވޯކް" ބާއްވަނީ

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބާއްވާ “ޕިންކް ރިބަން ރަން-ވޯކް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ކެންސަރަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދަނީ ކޮންމެ އަހަރަކު އޮކްޓޯބަރ މަހު ރާއްޖޭގެ އެކި ރަށްރަށުގައި މި ރަން-ވޯކް ބާއްވަމުންނެވެ. ކެންސަރ ސޮސައިޓީން ވަނީ މިއަންނަ އޮކްޓޯބަރ މަހު 18 ވަނަ ދުވަހު ހަވީރު ބާއްވާ މި ރަން-ވޯކް ގައި ބައިވެރިވެރި...

އައިޝަތު އައިނީ އާމިރު
ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފި

ހދ. ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, މި ރެސްޓޯރެންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވަމުން އަންނަ”ފަންއަރި” އަށެވެ. މިގޮތުން މި ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ އެ ފަރާތުންކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު

ކޮމަންވެލްތް ބީޗްހޭންޑް ބޯލް ޗެމްޕިއަންޝިޕް 2025 ފެށެން ބާކީ އެއް ދުވަހަށް ވެފައިވާއިރު، މި މުބާރާތައް ވާ ތައްޔާރީތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލުން ރަށުތެރެ ދިއްލާ ޒީނަތްތެރިކޮށްލައިފިއެވެ. މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ކުރިއަށް ގެންދާ މި މުބާރާތް ހޯސްޓް ކުރުމުގެ ޝަރަފު ކުޅުދުއްފުއްޓަށް ލިބިފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ، ކައުންސިލުން ވާ ތައްޔާރީތަކުގެ ތެރޭގައި ކުޅުދުއްފުށީ އައު ބީޗްހޭންޑް ބޯލް އެރީނާގައި ތަރައްޤީކުރަމުންދާ ޕިޗް މިހާރު ވަނީ ތައްޔާރުކޮށްފައިކަމަށެ...

އައިޝަތު އައިނީ އާމިރު