📍 ހދ. ހަނިމާދޫ
ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް
ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...