📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި ޑެންގީ ކޭސްތައް ގިނަވާތީ 33 މުއައްސަސާއެއްގެ ބައިވެރިވުމާއެކު ސާފުކުރުމުގެ ބޮޑު ހަރަކާތެއް
ކުޅުދުއްފުށި ސިޓީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށީ ޑެންގީ ޓާސްކް ފޯސްގެ ފަރާތުން ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސާފުކުރުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިތުރު 33 މުއައްސަސާއަކުން ޖުމްލަ 850 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނި...