📍 ހދ. ވައިކަރަދޫ
ބްލޫ އޯޝަނިކް މޯލްޑިވްސް އިން، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފި
ބްލޫ އޯޝަނިކް މޯލްޑިވްސް އާއި، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފިއެވެ. ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ، ބްލޫ އޯޝަނިކް މޯލްޑިވްސްގެ ބިޒްނަސް ޑިވަލޮޕްމެންޓް ޑިރެކްޓަރ ޖައުފަރ އީސާ އާދަމްއެވެ. ހދ.ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މި ބައްދަލުވުމުގެ މަގުސަދަކީ ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން ވައިކަރަދޫގައި ފަށާފައިވާ މަސްވެރިކަމުގެ ތަފާތު މަސައްކަތްތަކާ ބެހޭ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމެވެ. އަދި އެ ކުންފުނިން ކުރިޔަށް ރާވާފައި ހުރި މ...