މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ނެއްލައިދޫ ކައުންސިލުން ކުއްވެރިކޮއްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން ” ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފަ...

އިބްރާހިމް އަސްވާޤް
ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި 📍 ހއ. ބާރަށް

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ސްކޫލްގެ 2018 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ސްކޫލްގެ 2018 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

ހދ.ނެއްލައިދޫ ސުކޫލުގެ 2018 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ގްރޭޑް 8 އިން ފެށިގެން މަތީ ގްރޭޑްތަކުން ވޭތުވެ ދިޔަ އަހަރުގައި އެކި ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް އެސުކޫލުގެ ހޯލްގައި ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސިނިއަރ ޕޮލިސީ ޑިރެކްޓަރ އަލްޕާޟިލް ނައުޝާދު އިބްރާހިމްއެވެ. މީގެ އިތުރުން ހދ.ހަނިމާދޫ އަދި ކުރިނބީ ޕުރިންސިފަލް ވެސް ވަނީ މިޖަލްސާގައި ބައިވެރިވެފައެވެ. މިޖަލްސާގައިވަނީ 1...

ފާތިމަތު ސިނާޒާ
📍 ހދ. ކުޅުދުއްފުށި

އަމީރު އަމީން ސުކޫލުގެ ދަރިވަރުންނަށް މުވައްސަސާތަކުގެ ޔުނީފޯމް ދައްކާލައިފި

ހދ.ކުޅުދުއްފުށި އަމީރު އަމީން ސުކޫލުގެ ދަރިވަރުންނަށް ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކަލައިފިއެވެ. އެސުކޫލުގެ ދަރިވަރުންގެ ފަރާތުން ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކާލުން  އޮތީ މިއަދު އެސުކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތެއްގައެވެ. މި ހަރަކާތުގައި އެމް.އެން.ޑީ.އެފް ނޯރތަން އޭރިޔާ، ކުޅުދުއްފުށި ޕޯސްޓާއި އެމް.އެން.ޑީ.އެފް ކުޅުދުއްފުށި ފަޔާރ ސްޓޭޝަންގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ. Raajjeyge muassasaathakuge uniform dhakkaalumah HDh. Kulhudhuffushi Ameer Ameen School ge dhari...

ފާތިމަތު ސިނާޒާ
ވައިކަރަދޫގައި މަސްމާރުކޭޓެއް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ވައިކަރަދޫގައި މަސްމާރުކޭޓެއް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫގައި މަސްމާރުކޭޓްގެ އިމާރާތް ހެދުމުގެ މަސައްކަތް، އެ ރަށު ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން އެއިދާރާއިންދޭ ބީ.އޯ.ކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އެރަށު ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށާއި 1 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އެއިދާރާއަށް ދުރުވެ އަންދ...

ފާތިމަތު ސިނާޒާ
ހަނިމާދޫގައި އަލަށް އިމާރާތްކުރާ ހިނަވާގޭގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަލަށް އިމާރާތްކުރާ ހިނަވާގޭގެ ބިންގާ އަޅައިފި

ހަނިމާދޫގައި އަލަށް އިމާރާތްކުރާ ހިނަވާގޭގެ ބިންގާ އިއްޔެ އަޅައިފިއެވެ. ހދ. އަތޮޅު ކައުންސިލާއި، ހދ. ހަނިމާދޫ ކައުންސިލް ގުޅިގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ހިނަވާގޭގެ ބިންގާ އަޅުއްވައިދެއްވީ ހަނިމާދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް ޢަލީ އާއި ހަނިމާދޫ ކައުންސިލުގެ ރައީސް އަބުދުއްސަލާމް ޢަލީއެވެ. ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި، ހދ. ހަނިމާދޫ ކައުންސިލުގެ މެންބަރުންނާއި، މުވައްޒަފުންނާއި އަދި ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ދޭން ނިންމައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ...

Thiladhun
ޤައުމީ ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ޤައުމީ ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ކުޅުދުއްފުއްޓަށް

މިއަހަރު ނޭޕާލުގައި އޮންނަ ސައުތު އޭސިއަން ގޭމްސްގައި ވާދަކުރާ ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމު، ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް ބޭއްވުމަށް ހދ. ކުޅުދުއްފުއްޓަށް ފުރައިފިއެވެ. އިއްޔެ ކުޅުދުއްފުއްޓަށް ފުރި ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމުގައި 13 ކުޅުންތެރިންނާއި، 3 އޮފިޝަލުން ހިމެނެއެވެ. މިޓީމު ހަފްތާއެއްވަންދެން ކުޅުދުއްފުށީގައި ފަރިތަކުރުންތައް ބާއްވާނެއެވެ. ބާސްކެޓް ބޯލް އެސޯސިއޭސަނުން ވިދާޅުވި ގޮތުގައި، މިދަތުރަށް މިފަހަރު ކުޅުދުއްފުށި ޚިޔާރުކުރީ އުތ...

ޙުސައިން ޝަހުދީ
ނަލަނަލަ ނައިވާދޫ: ލޯކަލް ޓޫރިޒަމް ފައްކާކުރަން ހަމަ މަރެއް 📍 ހދ. ނައިވާދޫ

ނަލަނަލަ ނައިވާދޫ: ލޯކަލް ޓޫރިޒަމް ފައްކާކުރަން ހަމަ މަރެއް

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހދ. ކުޅުދުއްފުށި އެއަރޕޯރޓުން ފުރައިގެންވެސް ސްޕީޑް ލާންޗެއްގައި 25 މިނިޓުން ހދ. ނައިވާދޫއަށް ފޯރާނެއެވެ. އާބާދީގައި 866 މީހުން ތިބި ނައިވާދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ނައިވާދޫއަކީ އަތޮޅުގައި ހިޖުރަކުރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއްރަށްވެސ...

ޙުސައިން ޝަހުދީ
މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް! 📍 ހދ. ވައިކަރަދޫ

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!

އާބާދީގެ ނިސްބަތުން ހދ އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅެނީ ވައިކަރަދޫގައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކޮށްފައި އެއްބައި މީހުންނެވެ. އެހެންކަމުން ރަނގަޅު ވިޔަފާރިއެއް ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އާބާދީ ނެތްތަނެއްގައި، ކަމެއް ކުރެވިދާނެކަމަށް ހަމަ ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ބުލޫ އޯޝެނިކް މޯލްޑިވްސްއިން މިވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެ ކުންފުނީގެ މަސްފެކްޓްރީއާއެކު މިއަދު ވައިކަރަދޫއަށް ވަނީ ބޮޑު އުންމީދެއް ގެނެސްދީފައެވެ. ޒުވާނުންނަށް ފުރުޞަތުތަކ...

ޙުސައިން ޒަބީރު (ހޒމވ)
ނެޓުބޯލް ޗެމްޕިއަންކަން ކުޅުދުއްފުށި ކޭ.ވައި.އާރު.ސީ ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ނެޓުބޯލް ޗެމްޕިއަންކަން ކުޅުދުއްފުށި ކޭ.ވައި.އާރު.ސީ ހޯދައިފި

ފައިނަލްގައި ޒެނިތު ސްޕޯރޓްސް ކްލަބް ބަލިކޮށް، ނެޓުބޯލް އެސޯސިއެޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށީ، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭ.ވައި.އާރު.ސީ) ހޯދައިފިއެވެ. މިމުބާރާތް ކުރިއަށް ގޮސްފައިވަނީ ނިމުނު ސެޕްޓެމްބަރ 18 އިން 30 އަށް، މާލޭ ސޯސަލް ސެންޓަރގެ އިންޑޯ ކޯޓުގައެވެ. މުޅި މުބާރާތުގެ ފަޚުރުވެރި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭ.ވައި.އާރު.ސީގެ ރާޝިދާ މޫސާ އެވެ. ރާޝިދާއާއި، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން ހޯދި މި ބޮޑު ކާމިޔާބީއަކީ، މުޅ...

ޙުސައިން ޝަހުދީ
📍 ހދ. ކުޅުދުއްފުށި

ހދ. އޭއީސީގައި 12 ކްލާސްރޫމުގެ ހަތަރު ބުރި އިމާރާތެއް އަޅަނީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި، 12 ކްލާސްރޫމުގެ ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ކުރުމަށް ބަޔަކާއެކުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހދ. އޭއީސީގައި އައު ކްލާސްރޫމު އިމާރާތެއް އަޅަން ނިންމާފައިވާއިރު، މިހާރު އެސްކޫލުގައި ހުރި އިމާރާތްތަކަށްވެސް ވަނީ ވަރަށް ދުވަސްވެފައެވެ. ހަމައެހެންމެ، އެސްކޫލުގެ އާބާދީ ބޮޑުތަނުން އިތުރުވެފައިވާއިރު، ސްކޫލަށްވަނީ ޖާގައިގެ ދ...

Thiladhun
📍 ހދ. ކުޅުދުއްފުށި

ހދ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި އެކުވެރިންގެ ދިރުމުން ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ހޯދައިފިއެވެ. ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ޓީމު ނޮޅިވަރަމް 3 ސެޓު 1 ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީމް ކުޅުދުއްފުއްޓެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައ...

އަފްރާހް އަބްދުލް ރަޝީދު
ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފިއެވެ. ޓީމް ކުޅުދުއްފުށި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަންފަރު ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވ...

އަފްރާހް އަބްދުލް ރަޝީދު
ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި

ހދ. ނޭކުރެންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އާލާތްތައް އެރަށަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން، މި ތަކެތި އެރަށަށް ގެންގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ނޭކުރެންދޫ އަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، ކުޑަކުދިންގެ ޕާކުތަކުގައި ކުދިން ކުޅުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ. މި ކުޑަކުދިންގެ ޕާކަކީ، ނޭކުރެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ރަށު މާލިއްޔަތުން ޚަރަދުކޮ...

Thiladhun