މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި އެރަށު މީހަކު ހައްޔަރުކޮށްފި

މި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީ “ކަކާގެ” ގޭގައި ހުރި ބައެއް ތަކެތީގައި ރޯކޮށްލި މައްސަލާގައި އެރަށު މީހަކު ހައްޔަރު ކޮށްފިއެވެ. “ކަކާގެ” ގައި ބަހައްޓާފައިހުރި ސައިކަލެއްގެ އިތުރުން އެ ގޭގެ އަސްކެނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލްގެ ޖާގަ ޓީމް ނޮޅިވަރަމް އަދި ޓީމް ހަނިމާދޫ ޔަގީން ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމު ހަނިމާދޫ އަދި ޓީމް ނޮޅިވަރަމް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ 4 ސެޓުވެސް ދިޔައީ ވަރަށް ވަދާވެރިކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 34-36 […]

އަޙްމަދު މުޖުތަބާ
ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ. އަދި އެ ހުކުމުގައި މިހާރު ބަނ...

ފާތިމަތު ސިނާޒާ
📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލްގެ ވަށާފާރު ރާނަން ޕްލަސް ބީ އާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކުންފުންޏާއެވެ. ސަރުކާރުގެ ބަޖެޓުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކުރާ މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަހަރު 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ...

އިބްރާހިމް އަސްވާޤް
މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ

ހދ. މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ. ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެފަރާތުން ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ މަކުނުދޫގެ ރައްވެއްސެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އަދި  ގަނޫނީ ނަމްބަރު 2014/18 ނުވަތަ 2014/19 ގެ ދަށުން ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފ...

ފާތިމަތު ސިނާޒާ
📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ނޮޅިވަރަންފަރު މޮޅުވެއްޖެ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގައި އިއްޔެވެސް 2 މެޗު ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 9 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޓީމް ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. ދެވަނަ ސެޓު […]

އަޙްމަދު މުޖުތަބާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި - މާލެ: ނޮވެމްބަރު 1 ގައި ޑެއިލީ ފްލައިޓްތައް ފަށަނީ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އިޢުލާންކޮށްފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ މަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ. މިމަހު 28 ވަނަ ދުވަހު ޑެއިލީ ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން މޯލްޑިވިއަނުން ފަށާނެކަމަ...

ޔުމްނާ ޢަލީ
މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި 📍 ހދ. ހަނިމާދޫ

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ތިލަދުންމަތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ. ކޮޗިން ދަތުރުތައް ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ...

އިބްރާހިމް އަސްވާޤް
ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ 📍 ހދ. ނޮޅިވަރަމް

ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ

ރަށް ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުރިޔާއި މިހާރު ވަރަށް ތަފާތެވެ. ރައްޔިތުން އަމިއްލައަށް މަސައްކަތް ކޮށްގެން އިމާރާތް ކޮށްފައިވާ ރަށު ސްކޫލާއި ރަށު އޮފީހާއި އިޖުތިމާޢީ މަރުކަޒު ތައް މިހާރުވެސް ބައެއް ރަށް ރަށުގައި ފެންނާން އެބަހުއްޓެވެ. ރައްޔިތު މަސައްކަތަކަށް ގޮވާލީމައި އޭރު ރަށު ކުދި ބޮޑު އެންމެން ނިކުމެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ. އޭރު ބަރޯ ނުވަތަ ކޮނޑުގައި އެއްޗެހި އުފުލައިގެން އޭރުގެ ނިސްބަތުން ބޮޑެތި އިމާރާތްތައް ނިންމާލަނީ މަދު […]

އަޙްމަދު މުޖުތަބާ
📍 ހދ. ހަނިމާދޫ

ކޮޗިންއަށް ދާން ކަބަޑު ހުޅުވުން މިއަދު ހަނިމާދޫގައި

ހދ ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް މިއަދު ފަށާނެއެވެ. ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ހަނިމާދޫގައި ތިއްބެވި ފަރާތްތަކަށް ހިލޭ ކޮޗިން އަށް ދާން ރަނުގެ ފުރުސަތެއް ދޭން ނިންމާފަ އެވެ. އެއީ ހާއްސަ ގޭމެއްގައި ބައިވެރިވެގެން ދިމާވާ ހަތަރު މީހަކަށް ކޮޗިން ދެ ކޮޅު ޓިކެޓު ލިބުމުގެ ފުރުސަތެވެ. މިހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ޓާރމިނަލް ކުރިމަތީގައެވެ. މި ގޭމު އިންތިޒާމުކޮށްފައިވަނީ ކަބަޑު […]

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ޤަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ

ހދ ނޮޅިވަރަންފަރުގައި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން އޮކްޓޫބަރ 28 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާކަމަށް ކަމަށެވެ. އަދި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ނޮޅިވަރަންފަރުގައި އުޅެމުންދާކަމަށްވެސް އެޓްވީޓްގައި ބުނެފައި ވެއެވެ. Rashugai ulhey bidheyseenge dhaf...

އަޙްމަދު މުޖުތަބާ
ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފިނޭ ސްކޫލްގައި ހިންގައިފި 📍 ހދ. ފިނޭ

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފިނޭ ސްކޫލްގައި ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ފިނޭ ސްކޫލްގައި އޮކްޓޫބަރ 26 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މިއީ އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިންނާއި ފިނޭ ސްކޫލް ގުޅިގެން ކުރިޔަށް ގެންދިޔަ  ޕްރޮގްރާމެކެވެ. ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 165 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 5 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ޓީމް ނޮޅިވަރަމް އާއި ޓީމް ފިނޭއެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 16-25 އިން ނެވެ. ދެވަނަ ސެޓު ޓީމް ނޮޅިވަރަމް […]

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފި

ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބަ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގެ 2 މެޗު އިއްޔެވެސް ކުޅެފިއެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބާއި އާއި ޓީމް ކުޅުދުއްފުއްޓެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރީ 16-25 […]

އަޙްމަދު މުޖުތަބާ