މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު 18:30 ގައި ކުޅުދުއްފުށީ ކުޑަމިސްކިތު މަހާނައެއް ކޮންނަންއިންދާ ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް އިން މިމައްސަލަ ތަހުޤީގު ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ. ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން...

އިބްރާހިމް އަސްވާޤް
ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި 📍 ހދ. މަކުނުދޫ

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރަރު ހުށަހަޅާފައިވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެން...

ފާތިމަތު ސިނާޒާ
ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު 📍 ހދ. ކުރިނބީ

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ނޮވެމްބަރު 11 ވާ ހޯމަ ދުވަހު ބޭއްވުމަށް ކުރިނބީ ސްކޫލުން ތައްޔާރުވަމުން އެބަދެއެދެ. ކުރިނބީ ސްކޫލަށް 50 އަހަރު ފުރޭ މިއަހަރު ހިންގާ ގޯލްޑަން ޖުބުލީ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ބާއްވާ ގޯލްޑަން ޖުބްލީ ރަންގައި ބައިވެރިވެލެއްވުމަށް ޖެހިވަޑައިގަންނަވާނީ ބިބެއް ގަންނާށެވެ. އިއްޔެ އާއި މިއަދު ކުރިނބީ ސްކޫލުން ދަނީ ބިބް ދޫ ކުރަމުންނެވެ. ސްކޫލު ދަރިވަރުންނަށް 25 ރުފިޔާއަށް ބިބެއް ދޫކުރާއިރު އާންމު ރައްޔިތުންނަށް ބިބެއް ދޫކުރަނީ 50 ރުފިޔާ […]

އަޙްމަދު މުޖުތަބާ
ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި

ބައިކް މޯލްޑިވްސްގެ ފަރާތުން މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ބައިސްކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ. 3 ދުވަހުގެ މުއްދަތަށް ބައިކް މޯލްޑްވިސް އިން ހިންގާ ހަރާކާތް ތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ބައިސްކަލް ބުރުގައި ކުޅުދުއްފުށީ ކައުންސިލުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއަދާއި މާދަމާވެސް ބައިކް މޯލްޑްވިސް ގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ދާނެއެވެ. މިއަދު ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެއްގެ އ...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 150 ދުވަސް ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީ އަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1،927،910،90 ރުފިޔާއަށެވެ. މި ރެސްޓޯރަންޓް ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާޚާނާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއ...

އަޙްމަދު މުޖުތަބާ
ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފިއެވެ. ދިރާގު ކުޅުދުއްފުށީ ބްރާންޗު އަދި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) ބައްދުލުކުރި ފައިނަލް މެޗު ދިރާގުން ކާމިޔާބުކުރީ 3-6 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ދިރާގުން ނެވެ. އޭގެ އިރުކޮޅެއްފަހުން ދިރާގުންވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެހެންނަމެވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ދިރާގުން ވަނީ ގޯލެއް ޖަހައި 1-2 އަށް ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ […]

އަޙްމަދު މުޖުތަބާ
ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން މަކުނުދޫގައި ފާހަގަ ކޮށްފި 📍 ހދ. މަކުނުދޫ

ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން މަކުނުދޫގައި ފާހަގަ ކޮށްފި

އެން.އައި.އީ އާއި މަކުނުދޫ ސުކޫލު އަދި މަކުނުދޫ ސކައުންސިލުން ގުޅިގެން ހިންގި ބުރިޖިންގ ޕޮރޮގުރާމު ރޭ މަކުނުދޫ ސުކޫލުގައި ބޭއްވިގެން ދިޔަ ކުލަ ގަދަ ހަފުލާއަކާއެކު މަކުނުދޫ ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން ފާހަގަ ކޮށްފިއެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ސާމީއެވެ. މި ޕޮރޮގުރާމްގެ ނިންމުން ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމުގެ މަޤުސަދަކީ ބައިވެރިވި ދަރިވަރުންނަށް ހިތްވަރުދީ، މި ޕޮރޮގުރާމާއި ދޭތެރޭ އޮންނަ ޝައުގުވެރިކަން އިތުރު ކުރު...

އިބްރާހިމް އަސްވާޤް
ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ

ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ. އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކ...

ޔުމްނާ ޢަލީ
ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި 📍 ހދ. ކުޅުދުއްފުށި

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި...

ފާތިމަތު ސިނާޒާ
ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް 📍 ހދ. ކުޅުދުއްފުށި

ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް

2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް މިއަންނަ އަހަރު ތިންގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. 2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 33032113 ރުފިޔާ (ތިރީސް ތިން މިލިއަން ތިރީސް ދެހާސް އެއްސަތޭކަ ތޭރަ ރުފިޔާ) އެވެ. މިއީ މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 10275591 ރުފިޔާ (ދިހަ މިލިއ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި 📍 ހދ. ނޮޅިވަރަމް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ޓީމު ނޮޅިވަރަމް ހޯދައިފިއެވެ. މިރޭ 21:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ފެށި މުބާރާތުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށް ޓީމު ނޮޅިވަރަމް އިން ވަނީ މެޗު ކާމިޔާބި ކޮށްފައެވެ. ސިދާ 3 ސެޓުން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރިޔަސް ތިން ސެޓުވެސް ވެގެން ގޮސްފައިވަނީ ވަރަށް […]

އަޙްމަދު މުޖުތަބާ
ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ޖުމްހޫރީ ޕާޓީން މިވަގުތު ބާއްވަމުންދާ ޖަލްސާގައި ބައިވެރިވަމުން އެބަގެންދަވައެވެ. އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެރިވަމުންދާއިރު ނަޝީދު ފާހަގަ ކުރެވެނީ މަޖިލިސް ތެރޭގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. ހއ، ހދ އަދި ށ އަތޮޅުގެ މަޖިލިސް މެމްބަރުންނަށް ބަލާލާއިރު ނަޝީދު ފިޔަވައ...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް

ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމަށް ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް ހަމަޖައްސަވައިފިއެވެ. މިމަޤާމަށް އިޢުލާންކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިއީ މިމަޤާމަށް ހުއްދަ ލިބި، އަލަށް ހަމަޖައްސާފައިވާ މަޤާމެކެވެ. އަލްފާޟިލް ޢަބްދުﷲ އާދަމް މިއަދު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުންގެ ފަރާތުން އެފަރާތަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ. ކައުންސިލް އިދާރާއިން ދެމުންގެންދާ ވަރަށް މުހިއްމު...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ

ހދ.ނެއްލައިދޫ ބަނދަރު ތެރެއަށް ވެލިގަނޑު ވަދެ އަނެއްކާވެސް ބަނދަރު ތިލަވާންފަށައިފިއެވެ. ދާދި ފަހުން ވެސް މި މައްސަލަ ކުރިމަތިވެ އުޅަނދު ފަހަރު ވަދެ ނުކުންނަން އުދަނގޫވާ ދަރަޖައަށް ކަންތައް ދިޔުމާއި އެކު މިކަން ސަރުކާރާއި މަޖިލިސް މެމްބަރުގެ ސަމާލުކަމަށް ގެނައުމާއި އެކު ބަނދަރު ފުންކޮށްފައިވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށެވެ. ފުންކޮށްފައިވާ ބަނދަރު އަނެއްކާވެސް ތިލަވާން ފަށާފައިމިވަނީ ރަށްވަށާ ވޮޑޭ ވެލިގަނޑު ބަނދަރު ތެރެއަށް ވަންނަމުން ދާތީއެވެ. މި މައްސަލަ ދިމާވަމުން ދާތީ ނެއްލަ...

ފާތިމަތު ސިނާޒާ
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 50667387 ރުފިޔާ (ފަންސާސް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ހިމަނައިފިއެވެ. މިހާތަނަށް ސިއްހީ ދާއިރާގެ އެންމެ ބޮޑު ބަޖެޓެއް ހިމެނިފައި މިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. އެގޮތުން ބަޖެޓުގެ 4.1 ބިލިއަން ރުފިޔާ އަކީ ސިއްޙީ ދާއިރާ ގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެގޮތުން 90 މިލިއަން ރުފިޔާ […]

އަޙްމަދު މުޖުތަބާ