މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް 📍 ހދ. ކުމުންދޫ

މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް

މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް ކުމުންދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ އިލްތިމާސެއްގައި ބުނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެ ކައުން...

ޝިއުނާ އާދަމް
ނައިވާދޫ ޒުވާނުންގެ " ނައިވާދޫ " އިން އެކުވެެރި ކަމާއި ލޯބި! 📍 ހދ. ނައިވާދޫ

ނައިވާދޫ ޒުވާނުންގެ " ނައިވާދޫ " އިން އެކުވެެރި ކަމާއި ލޯބި!

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން ދައްކައިދީފިއެވެ. ނައިވާދޫ ޒުވާނުން ގުޅިގެން ކުރަމުންދާ މަސައްކަތް ތަކުން ދަނީ އެކަން ވަރަށް ރަނގަޅަށް ދައްކުވައި ދެމުންނެވެ. އެގޮތުން އެ ޒުވާނުންވަނީ އެރަށުގެ ބަނދަރު މަތީ ގައި  “ނައިވާދޫ” ނަން ބޯޑު ހަދައި، އެރަށުގެ މޫނު މައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިއެވެ. މާމަމެން އުފަލުން، ހިނިތުންވެ އެތިބީ މާމަ ދަރިންގެ އަތްތަކުން ދިން ލޯބި ހަދިޔާގެ ސަބަބުންނެވެ. އެ […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާން އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާން އެދިއްޖެ

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށާއި، އެ ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލެއްވާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލްގައި ރަޖިސްޓްރީވުން އެ ކައުންސިލުން އެދިއްޖެއެވެ. ކުޅުދުއްފުށީ ކައުންސިލުން މިރޭ އާންމު ކުރި އާންމު މަޢުލޫމާތުގައި ބުނީީ، ކޮވިޑް-19 ރޯގާއާއީ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލު ތަކަކާއި އިންތިޒާމު ތަކެއްގެ މަތިން އަލުން ފެށުމަށް މަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށި ބަނދަރު ސަރަހ...

ޔުމްނާ ޢަލީ
ނައިވާދޫ ޒުވާނުން އެރަށު ހުކުރު މިސްކިތް ސާފު ކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ޒުވާނުން އެރަށު ހުކުރު މިސްކިތް ސާފު ކޮށްފި

ހދ. ނައިވާދޫ ޒުވާނުން އެރަށުގެ ހުކުރު މިސްކިތް، މަސްޖިދުލް އައްވާބީން ސާފުކޮށްފިއެވެ. ނައިވާދޫ ޒުވާނުން ނުކުމެ އެރަށުގެ ހުކުރު މިސްކިތް ފޮޅާ ސާފުކޮށް، މިސްކިތުގައި ނުދިއްލި ހުރި ލައިޓްތައް ރަނގަޅުކޮށް މިނޫންވެސް ބައެއް މަސައްކަތް ކޮށްފައިވަނީ އިއްޔެއެވެ. ނައިވާދޫއިން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެ ޒުވާނުން އިސްނަގައިގެން އެމަސައްކަތް ކުރުމުގެ ބޭނުމަކީ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތި ވެފައި ވުމާއިއެކު، އެ މަހަށް މިސްކިތް ތައްޔާރު ކުރުމުގެ ގޮތުން ކަމަށެވެ.   އެ މަސައްކަތުގައި މިވަގުތު […]

ޝިއުނާ އާދަމް
މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ

ކޮވިޑް -19 ރޯގާ އާއި ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަޤްޞަދުގައި ހދ. މަކުނުދޫއިން ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމައިފިއެވެ. އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ދަނޑުވެރިކަމަށް ވަގުތީ ބިމެއް ދޫކުރަން ނިންމާފައިވާއިރު، އެބިންތައް ދޫކުރެވޭނީ އެއްވެސް ކުއްޔަކާއި ނުލައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ. އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކުރި ހާއްސަ ދެންނެވުމެއްގައި ވަނީ އެރަށުން ޓްރެކްދަނޑެ...

ޝިއުނާ އާދަމް
ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި

ހދ. ނޮޅިވަރަމް ކައުންސިލުން ދެމުންދިޔަ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. އެކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާކަމަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އިޢުލާނު ކުރައްވާކަމަށެވެ. މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް...

ޔުމްނާ ޢަލީ
ކޯވިޑް 19 އާއި ގުޅިގެން ވައިކަރަދޫ ކައުންސިލުން 3 މަހުގެ ކުލި މާފުކޮށްދީފި 📍 ހދ. ވައިކަރަދޫ

ކޯވިޑް 19 އާއި ގުޅިގެން ވައިކަރަދޫ ކައުންސިލުން 3 މަހުގެ ކުލި މާފުކޮށްދީފި

ހދ. ވައިކަރަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މަފު ކޮށްދީފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކުލި މާފުކޮށްދީފައި ވަނީ އެސްޓީއޯ ބޭސްފިހާރަ ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ދިރާގު އެންޓަނާ ހުންނަ ތަންތަން ފިޔަވައި އެހެނިހެން ކަންކަމުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލިތަކެވެ. އެގޮތުން ކައުންސިލުން ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މާފުކޮށްދިނުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ....

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ފޭރިގެންފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ފޭރިގެންފި

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ވޮލެޓު ފޭރިގެންފި ކަމަށް ފުލުހުން ބުނެފިއެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ރޭ 10:30 އެހާކަންހާއިރު ބަންގަލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ދަނޑިބުރިއަކުން އޭނާއަށް ހަމަލާދީ ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ. މި މާރާމާރީގައި ބިދޭސީ މީހާގެ ވާތްފަރާތު ބުމައިގެ މަތިން އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާކަމަށާއި އަދި އެމިހާގެ ކަނާތަށ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދުއްފުށިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށީގައި ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި އެޕްރީލް މަހު...

ޝިއުނާ އާދަމް
ނޮޅިވަރަންފަރުގެ ދަނޑުތައް ދުށިންތަ؟ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ދަނޑުތައް ދުށިންތަ؟

ކޮވިޑް-19 ގެ ބަނަކަން ވަށައިގެން ވެރިވި ހިނދު އެންމެ ފިކުރު ބޮޑުވެ ދައްކަންފެށި އެއްވާހަކައަކީ، އެއް ސިނާއަތަކަށް ބަރޯސާވެވިގެން ތިބުމުން ތަޖުރިބާ ކުރަން ޖެހުނު ހިތްދަތި ކަމުގެ ވާހަކައެވެ. ރަންބިސްއަޅާ ކުކުޅާއި ހަމައިން، ޤައުމީ ލޭ ނާރުކަމަށްވާ މަސްވެރިކަމާއި، ދަނޑުބިންތަކުން ހޯދޭނެ ނަފާވެރިކަން މަތިން ޣާފިލް ވެވުމުން ލިބުނު މޮޅިވެރިކަމުގެ ވާހަކައެވެ. މިވާހަކައިގެ ތެރެއިން ހދ. ނޮޅިވަރަން ފަރަށް ވަޑައިގެން އެރަށުގެ ދަނޑިބިންތައް ބަލާލައި، ކުޑަނަމަވެސް ފިނިކަމެއް ހޯދަމާ ބަހީއެވެ. ނޮޅިވަރަންފަރުގެ ރ...

އަލީ އާދިލް
ހަނިމާދޫން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ރަށުގެ ރައްޔިތުންނަށް: ކައުންސިލް 📍 ހދ. ހަނިމާދޫ

ހަނިމާދޫން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ރަށުގެ ރައްޔިތުންނަށް: ކައުންސިލް

ހދ. ހަނިމާދުގެ އިހުތިސާސްގެ ތެރެއިން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ފަޅުތެރެއިން، ރަށުގެ ގޮނޑުދޮށުން ފެށިގެން 300 ފޫޓަށް ވުރެ ދުރުން ރަށުގެ ރައްޔިތުންނަށްކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރަށުން ބޭރު އެއްވެސް ފަރާތަކުން ހަނިމާދޫގެ އިހުތިސާސްގެ ތެރެއިން ވެލި ނަގަންވާނީ ރަށު ކައުންސިލުން ލިއުމުން ހުއްދަ ހޯއްދައިގެންކަމަށެވެ. ” ރަށުން ބޭރު މީހުން ލައްވާ ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ރަށުގެ އެއްވެސް ފަރާތަކަށް ދެވެން ނޯންނާނެތީއާއި […]

ޔުމްނާ ޢަލީ
ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފި

ހދ. ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީ ނެގުން ހުއްޓާލާފައިވާ ޚިދުމަތްތައް: ނެއްލައިދޫ ޕްރީސްކޫލް ފީ ( ފީނެގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ގެންދެވި، ސްކޫލްގެ ކިޔ...

ޝިއުނާ އާދަމް
ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ 📍 ހދ. ކުރިނބީ

ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ

ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ. ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ. “މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް)...

ޔުމްނާ ޢަލީ
ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ 📍 ހދ. ކުޅުދުއްފުށި

ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ. https://www.facebook....

ޝިއުނާ އާދަމް