📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގެ ދެ ތަނަކުން ވަގަށްނަގާފައިވާ 80،000 ރ.ގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ސިޓީގެ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަން ހިންގާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، […]