މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ގުޅިގެން ހަނިމާދޫގެ ޒުވާނުން ނުކުމެ އެކަމުގައި ރައްޔިތުންނަށް ދަތިވާ ކަންތައްތައް އިސްލާހުކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ. މިއަދު މި މެންދުރުގެ ވަގުތުގައި މި އެއްވުން ބާއްވާފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑު ކައިރީގައިވާ ކާނޭޝަން މަގުގައެވެ. މި އެއްވުމުގައި އެ ޒުވާނުންވަނީ މަގުހެދުމުގައި ހުރި ހިތްހަމަނުޖެހުންތައް ހާމަކުރުމުގެ ގޮތުން މެސެޖްތައް ލިޔެ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނަން ހާމަ ކުރަން ބޭނުންނުވާ ފަރާތަކުން “ތިލަދުން” އަށް ޔަޤީންކޮށްދީފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ ޒުވާނެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ދިޔަކަމަށާއި ހޯމްކަރަންޓީނުގައި އެމީހާއާއި އެކު ތިބީ ދެމީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕޮޒިޓިވްވެފައިވާ މީހާއަކީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރަށުގައި އުޅުމަށްފަހު...

އަލީ އާދިލް
ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް! 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް!

ޤައުމުގައި އޮންނާނީ ދެފަޅިއެވެ. އެއްފަޅިއަކީ ސަރުކާރު ފަޅިއެވެ. އަނެއްފަޅިއަކީ ސަރުކާރާއި އިދިކޮޅުފަޅިއެވެ. އެ ދޭތެރޭގެ މެދެއް ނޯންނާނެއެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ، އެކަމަކީ އަދި އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، އަދި އެކަން ހަމައެދަނީ އެންމެ ރަނގަޅަށް ނޫންކަން އެނގިތިބެމެ، އެކަން އެ އޮތީ ހަމަ އެންމެ ރަނގަޅަށޭ ބުނެ ބަހަނާވެސް ދައްކާނެއެވެ. މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ގޮތެވެ. ދެންއޮތީ އިދިކޮޅެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފައިދާ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ...

އިބްރާހިމް ޚަލީލް
ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި 📍 ހދ. ހަނިމާދޫ

ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކޮށްފިއެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. ފުލުހުން ގެންދަނީ އިހުތިޖާޖު ހިނގާ ސަަރަހައްދުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަ...

ޝިއުނާ އާދަމް
ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު މަޖިލީހުގެ ތަޅުމަށް! ރާޢީ ހާލަތު ބަޔާންކޮށްދިނީ ފޮޓޯތަކާއި ކަނޑޫތަކުށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު މަޖިލީހުގެ ތަޅުމަށް! ރާޢީ ހާލަތު ބަޔާންކޮށްދިނީ ފޮޓޯތަކާއި ކަނޑޫތަކުށް

ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ އަސަރު ތަޅުމުގައި ދައްކާލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ. މަޖިލީހުގައި ނޭކުރެންދޫ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރ ރާޢީ ވަނީ ކަނޑޫފަލުން މިހާރު ލިބޭ ކަނޑޫތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ...

ޔުމްނާ ޢަލީ
ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް 📍 ހއ. ކެލާ

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ޝިއުނާ އާދަމް
ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ އިދާރާއިން ހޯދަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ނޭކުރެންދޫއިން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެއިދާރާއަށް ދުރުވެ ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދޭކަމަށެވެ. އެރަށުން ގޯތި ބޭނުންވާ ފަރާ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް  ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަ...

އަލީ އާދިލް
މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ! 📍 ހދ. ނޭކުރެންދޫ

މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ. ނޭކުރެންދޫގައި އޮންނަ މި ކަނޑޫފާ ހަލާކުވަމުންދާތީ އެރަށު ކައުންސިލުން އަންނަނީ ގިނަމަސައްކަތް ތަކެއްކުރަމުންނެވެ. މިކަން ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުފާ ހަލާކުވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް ނޭކުރެންދޫ ކައުންސިލުން މިވަނީ ކަނޑ...

ޙުސައިން ޘަޤީފް
"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް! 📍 ހދ. ފިނޭ

"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ “ކޭލު ފޯ” ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި “ކޭލު ފޯ” ތައްޔާރު ކުރިހެއްޔެވެ؟ މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ” ކޭލު ފޯ” އާއި ގުޅިފައިވާ ހދ. […]

ޝިއުނާ އާދަމް
ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށިގައި މަސައްކަތް ކުރަމުންދާ ސައިޓަކުން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި، މިތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީމީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މި ހިނގާ ޖުލައި މަހު 01 ވަނަ ދުވަހުގެ ވަގުތެއްގައެވެ.  ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދާ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

އަމީރު އަމީން ސްކޫލްގެ 5 މަހުގެ ފީ އެއްފަހަރާ ދައްކަން އެންގުމުން ބެލެނިވެރިންގެ ފާޑުކިއުން

އަމީރު އަމީން ސްކޫލް ދަރިވަރުންގެ 5 މަހުގެ ފީ އެއްފަހަރާ ދައްކަން އެންގުމުން ކުޅުދުއްފުށީ ކައުންސިލް އަށް ފާޑުކިއުން އަމާޒުވެއްޖެއެވެ. އަމީރު އަމީން ސްކޫލުން މިއަދު ބެލެނިވެރިންގެ ސަމާލުކަމަށް ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން ސްކޫލްގެ ކިޔެވުން މެދުކަނޑާލައި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ ސުކޫލް ދަރިވަރުންގެ ފީ ބަލައިގަތުން ވެސް ވަނީ މާރިޗު 2020 އިން ފެށިގެން މެދުކަނޑާ ލެވިފައިކަމަށެވެ. މި ދެންނެވުމުގައި ބުނެފައި...

އަލީ އާދިލް
"އައި ނޯޓްސް" ގެ ނަމުގައި ހަނިމާދޫގައި ފޮތް ފިހާރައެއް ހުޅުވައިފި

"އައި ނޯޓްސް" ގެ ނަމުގައި ހަނިމާދޫގައި ފޮތް ފިހާރައެއް ހުޅުވައިފި

ހދ.ހަނިމާދޫގައި “އައި ނޯޓްސް” ގެ ނަމުގައި ފޮތް ފިހާރައެއް ހުޅުވައިފިއެވެ. ހަނިމާދޫގައި ފޮޓޯނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އައި އާރޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ފޮތް ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 01 ޖުލައި 2020 ވީ ބުދަދުވަހުއެވެ. މަދަރުސާގެ ދަރިވަރުންނަށް ބޭނުންވާ ގިނަ ސާމާނު ލިބެންހުންނަ މި ފިހާރައިން ދެމުން އަންނަ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ޕްރިންޓް ކުރުމާއި، ފޮޓޯކޮޕީ ނަގައިދިނުމާއި، ލެމިނޭޓް ކުރުމާއި، ބައިންޑް ކުރުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. އައި […]

އިބްރާހިމް ޚަލީލް
ނެއްލައިދޫ ބަނދަރު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ނެއްލައިދޫ ބަނދަރު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ރަށު ކައުންސިލު އިދާރާއިން ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ނެރެފައިފައިވާ އިޢުލާނުގައިވަނީ އެ ރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށް ދިނުމަށާއި، މިކަމުގައި ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުސަދުގައި ” ބަނދަރުކޮމެޓީ” އެކުލަވާލަން ބޭނުންވާތީ، އެ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމުގައެވެ. މި ކޮމެޓީ އެކުލެވިގެންވަނީ ޖުމްލަ ބާރާ މެމް...

އިބްރާހިމް ޚަލީލް