މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ވާރޭ ވެހިއްޖެނަމަ ހަނިމާދޫ ސްކޫލުގެ ގޯތިތެރެ އޮންނާނީ މިހެން! 📍 ހދ. ހަނިމާދޫ

ވާރޭ ވެހިއްޖެނަމަ ހަނިމާދޫ ސްކޫލުގެ ގޯތިތެރެ އޮންނާނީ މިހެން!

ހަނިމާދޫގައި އަލަށް އިމާރާތް ކުރެވުނު މި ސްކޫލު ނިންމައި ބޭނުން ކުރަން ފެށިފައިވަނީ 2016 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއިއެކުއެވެ. މި އިމާރާތް ދަރިވަރުން އުނގެނުމަށް ބޭނުން ކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާއިރު، ރަށަށް ވާރޭ ވެހިއްޖެނަމަ ހަނިމާދޫ ސްކޫލުގެ ގޯތިތެރެ އޮންނަ ގޮތުގެ މިފަދަ އެތައް ފޮޓޯއެއް ސޯޝަލް މީޑީއާގައި މީގެކުރިން ވެސް ދަޢުރުވެފައި ވެއެވެ. މިއީ ރަށަށް ބޯކޮށް ވާރޭ ވެހޭ ހަމަކޮންމެ ދުވަހެއްގެ ވެސް އެތަނުގެ […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ބައެއް ގެތަކަށް ފެންވަދެއްޖެ 📍 ހދ. ކުޅުދުއްފުށި

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ބައެއް ގެތަކަށް ފެންވަދެއްޖެ

މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުށްޓަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެރަށުގެ ބައެއް ގެތަކަށް ފެންވަނުމުގެ އިތުރުން އެރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ އެ ރަށުގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ކުރަމުން އަންނަކަން ހާމަކުރައްވާ އެ ފަރާތުން މިއަދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހދ.ކުޅުދުއްޓަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް މަގުތަކުގަ...

އިބްރާހިމް ޚަލީލް
ފިނޭ "މުގުރު ބޮނޑި"، ބޮޑު ޢީދަށް ތައްޔާރު ކޮށްލަން ވާނެ! 📍 ހދ. ފިނޭ

ފިނޭ "މުގުރު ބޮނޑި"، ބޮޑު ޢީދަށް ތައްޔާރު ކޮށްލަން ވާނެ!

ބޮޑު ޢީދު އަޅުގަނޑުމެންނާއި ބައްދަލު ކުރާން މިއޮތީ ހަފުތާއެއްހާ ދުވަހަށް ވެފައެވެ. މި ހަފުތާގައި މި ގެނެސް ދެނީ ހދ. ފިނޭ މީހުން ޢީދަށް ތައްޔާރުކޮށް އުޅޭ “މުގުރު ބޮނޑި” ތައްޔާރު ކުރާނެ ގޮތެވެ. މި ބާވަތުގެ ބޮނޑިއަށް ރާއްޖޭގެ އެކި ރަށްރަށުގެ މީހުން އެކި ނަން ކިޔައި އުޅުން އެކަށީގެން ވެއެވެ. އަދި ތައްޔާރު ކުރާ ގޮތާއި، ރެސިޕީ ވެސް ތަފާތު ވާނެ ކަން ގައިމެވެ. ފިނޭގައި ޢީދަށް ޚާއްޞަކޮށް ހަދައި އުޅޭ މި ބޮނޑިއަށް […]

ޝިއުނާ އާދަމް
ނައިވާދޫ ވަށައިގެން ރާޅު ގުޑި! 📍 ހދ. ނައިވާދޫ

ނައިވާދޫ ވަށައިގެން ރާޅު ގުޑި!

އިއްޔެ އަކީ ހދ. ނައިވާދޫ އަށް “ރާޅު ގުޑީގެ” ޢީދެއް އައި ދުވަހެކެވެ. ރަށުގެ ވަށައިގެން ރާޅު ގުޑިތައް ” އުދުހެމުން” ދިޔަ މަންޒަރަކީ އެރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި މަންޒަރެކެވެ. އިއްޔެ ވަނީ ނައިވާދޫ ގައި ކުޅުދުއްފުށީ ސިޓީގެ ޓީމެއް ރާޅު ގުޑި އެރުވުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތުގައި ވަނީ ޖުމްލަ 40 ޒުވާނުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 37 ޒުވާނުންގެ އިތުރުން ކ. މާފުއްޓަށް ނިސްބަތްވާ ޒުވާނަކާއި، […]

ޝިއުނާ އާދަމް
ފިނޭ އާމަގު އަތިރީގެ ފޮޓޯތައް، އާމަގު ޢާއިލާތަކުގެ ބަދަހި ގުޅުމުގެ ރަމްޒެއް! 📍 ހދ. ފިނޭ

ފިނޭ އާމަގު އަތިރީގެ ފޮޓޯތައް، އާމަގު ޢާއިލާތަކުގެ ބަދަހި ގުޅުމުގެ ރަމްޒެއް!

ހދ. ފިނޭ އާމަގު އަތިރިމަތީގައި ތައްޔާރުކޮށްފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ ސަރަހައްދު ދުށިން ހެއްޔެވެ؟ ފިނޭ އާމަގު އަތިރީގެ މަންޒަރުތަކުން ސިފަކޮށްދެނީ ދަނީ އެރަށުގެ އާމަގުގައި ދިރިއުޅޭ ޢާއިލާތަކުގެ ބަދަހި އެކުވެރިކަމެވެ. ފިނޭ އާމަގަށް ނިސްބަތްވާ ޢާއިލާތަކުގެ އެކުވެރިކަން ގެންގޮސް ދިނީ އާމަގުގެ ހިތްގައިމު އަތިރި މަށްޗަށެވެ. އެ މަގުގެ އަތިރިމަތީގައި ހަދާފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ...

ޝިއުނާ އާދަމް
ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ނޮޅިވަރަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަތުރުކުރަމުންދާ ދާ ފެރީއަކުން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި، 24 އަހަރުގެ ދިވެހި ދެ ފ...

ޔުމްނާ ޢަލީ
ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި

ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައި...

އަލީ އާދިލް
ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ. ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެ...

އިބްރާހިމް ޚަލީލް
މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ 📍 ހދ. ކުޅުދުއްފުށި

މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލްގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދިޔުމުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށާއި، އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށް ބޮޑު […]

ޔުމްނާ ޢަލީ
ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ" 📍 ހދ. ފިނޭ

ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ"

ބަށި މުސަންމާއަކީ ރާއްޖޭގެ އެކި ހިސާބުގައި ތައްޔާރު ކުރަމުންދާ ކެއުމުގެ ބާވަތެކެވެ. އެކި ހިސާބުގައި ތައްޔާރު ކުރާގޮތާއި، ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތައްވެސް ތަފާތު ވެދާނެއެވެ. ހދ. ފިނޭ މީހުން ތައްޔާރު ކުރާ ބަށި މުސަންމާގެ ރަހަ، އެއް ފަހަރުވެސް ބަލައިފި ނަމަ ދެވަނަ ފަހަރުވެސް ކާން ބޭނުންވާހާ ރަހަ މީރެވެ. މިހަފުތާގައި މިގެނެސް ދެނީ އެރަށު މީހުން ބަށި މުސަންމާ ތައްޔާރު ކޮށް އުޅޭ ގޮތެވެ. ބަށީގައި ތައްޔާރު ކުރާ މި ކާނާގެ ބާވަތަކީ […]

ޝިއުނާ އާދަމް
އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ 📍 ހދ. ހަނިމާދޫ

އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ

އިންޑިއާގެ ބައިވެރިވުމާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުން މި މަޝްރޫޢުގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ....

ޔުމްނާ ޢަލީ
އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނެއްލައިދޫ

އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ “އުތެމަ” ޖަމްޢިއްޔާއިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރެފައި ވާކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ގޮވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ “އުތެމަ” އިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި

ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެރަށަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފިއެވެ. ތިން މީހުންގެ މައްޗަށް އެކުލެވޭ އެ ޓީމު ނޭކުރެންދޫގައި ދެ ދުވަސް ހޭދަކޮށްފައިވެއެވެ. މިޓީމު ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް “ތިލަދުން”އަށް ވިދާޅުވީ ސަރުކާރުން އެރަށަށް ޒިޔާރަތްކުރި ޓީމުން އެ ރަށުގެ ކަނޑޫފަލު...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ބުނީ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކު...

ޝިއުނާ އާދަމް
ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިއަދު އެރަށުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ ޕޮޒިޓިވް ވެފައިވާ މީހާގެ ބޭބެ އެވެ. އެދެމީހުން ވެސް އުޅެމުންއައީ އެއްގެޔެއްގައެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އެމީހުން އެރަށް ގެންދިޔަ ލޯންޗުގެ ފަޅުވެރިންގެ ސާމަޕަލް ނުނަގާ...

އިބްރާހިމް އަސްވާޤް