މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގެ ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ “އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ” ކަމަށާއި “މަގްސަދަކީ، […]

ޔުމްނާ ޢަލީ
ފާޅު ބޯޓުގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ފާޅު ބޯޓުގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވެއްޖެ

ފާޅު ބޯޓުގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު މާލެއިން ކުޅުދުއްފުއްޓަށް ދަތުރު ކުރި ފާޅުބޯޓުގެ ކައްޕި ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިއަދު ޕޮޒިޓީވްވެފައިވަނީ ބޯޓްގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އިއްޔެވެސް ވަނީ ފާޅުބޯޓުގެ ދެފަޅުވެރިއަކު ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވިމީހާއާއި އެކު ފާޅުބޯޓުގެ ކޭސްއާއި ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4 އަކަށް އަރާފަ އެވެ....

އަލީ އާދިލް
ވިޔަފާރިވެރިންނަށް ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދެނީ 📍 ހދ. ކުޅުދުއްފުށި

ވިޔަފާރިވެރިންނަށް ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދެނީ

ވިޔަފާރިވެރިންނަށް ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބާއްވަން ނިންމައިފި އެވެ. އޮންލައިން ސެޝަންއެއް ބާއްވަން ނިންމާފައިވަނީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ރާއްޖެ – ކޮޗިން ފެރީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާއިންކޮށްފައިވާ އިޢުލާނެއްގައި އިތުރަށް ބުނެފައިވަނީ ކުޅުދ...

އަލީ އާދިލް
އިތުރު 2 މީހަކު ކުޅުދުއްފުށިން ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

އިތުރު 2 މީހަކު ކުޅުދުއްފުށިން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުން އިތުރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވާ ފާޅު ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި ނެގުނު 11 ސާންޕަލް އިން ޕޮޒިޓިވްވެފައިވާ 2 ފަރާތެވެ. 9 މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ޕޮޒިޓިވްވި  2 މީހުންގެ އުމުރަކީ އުމުރުން 23 އަހަރާއި 54 އަހަރުގެ ދެފިރެހެނުން ކަމަށް މަޢުލޫމާތު ލިބިފައިވެ […]

އަލީ އާދިލް
ވައިކަރަދޫގައި ބިންބި ތަޅާ މަންޒަރު: ފެންނަ ފެނުމަށް ވަރަށް ފަސޭހަ، ނަމަވެސް... 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ބިންބި ތަޅާ މަންޒަރު: ފެންނަ ފެނުމަށް ވަރަށް ފަސޭހަ، ނަމަވެސް...

ހދ. ވައިކަރަދޫއަކީ ޒަމާނުންސުރެއް ދަނޑު ހެއްދުމުގެ މަސައްކަތް ކުރާ ބިން ތަނަވަސް ރަށެކެވެ. ވަރަށް ފަހާ ޖެހެންދެންވެސް މުޅި މާލެއަށްހެން، 1970ގެ އަހަރުތަކާ ޖެހެންދެންވެސް ބިންބި އަދި އެހެން ބާވަތުގެ ކިތަންމެ ގޮވާމެއް ގެންދަނީ ވައިކަރަދޫ އިންނެވެ. ގޮވާންކުރުމަކީ، ވަކި ޖިންސެއް ވަކި އުމުރެއް ތަފާތެއް ނެތި ރަށުގެ ކުދި ބޮޑު ރައްޔިތުން ވަރަށް ކުރީއްސުރެ ވައިކަރަދޫގައި ދަނޑުވެރިން ކުރަމުން އައި ކަމެކެވެ. ގޮވާން ހެއްދުމަށް ކުރީ ޒަމާނުގައި އެރަށުގެ މީހުން ކައިރި އެހެން ރަށްރަށަށްވެސް ގޮސްފައިވެ […]

އަލީ އާދިލް
އިންޑިޔާ - ކުޅުދުއްފުށި ކާގޯ ފެރީ: ތިލަދުންމައްޗަށް ވީ ވައުދެއް ހަގީގަތަކަށް! 📍 ހދ. ކުޅުދުއްފުށި

އިންޑިޔާ - ކުޅުދުއްފުށި ކާގޯ ފެރީ: ތިލަދުންމައްޗަށް ވީ ވައުދެއް ހަގީގަތަކަށް!

ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެވާހަކަ ފުރަތަމަ ދެކެވުމާއި އެކު ބައެއް ފަރާތްތަކަށް އެއީ ވަރަށް އާ ވާހަކައަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް ތިލަދުންމަތީގެ މީހުންނަށް އެއީ އެހާ އާކަމެއް ނޫނެވެ. މާޒީގައި ތިލަދުންމަތީގެ ވިޔަފާރިވެރިންގެ ބައްތެލިތައް ބަނދެގެން އިންޑިއާއަށް ދަތުރުކޮށްފައިވާކަން ތާރީހު ހެކި ދެއެވެ. ތާރީހުގެ...

ހުސައިން ހަބީބް
ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު 4 އަހަރުގެ ކުއްޖެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު 4 އަހަރުގެ ކުއްޖެއް

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 4 އަހަރުގެ ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ އެރަށުން މިރޭ ފެނުނު ދެވަނަ ކޯވިޑް ކޭހެވެ. މި ފަހަހަރު ކޯވިޑަށް ޕޮޒިޓިވްވި ކުޑަކުއްޖާއަކީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ. އެރަށުން މިރޭ ފެނުނު ފުރަތަމަ ކޯވިޑް ކޭހަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕިއެވެ. އޭނާ ޕޮޒިޓިވް ވުމާއިއެކު އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށުން މިރޭ ފެނުނު ދެވަނަ […]

ޔުމްނާ ޢަލީ
ކޮޗިން ފެރީއަށް މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ކެންސަލްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޮޗިން ފެރީއަށް މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ކެންސަލްކޮށްފި

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް ފަށާއިފައިވާއިރު، ފުރަތަމަ ފެރީއަށް މަރުޙަބާ ދެންނެވުމަށް ކުޅުދުއްފުށިން ރާވާފައިވާ ހަރަކާތްތައް ކެންސަލްކޮށްފި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބަދުލްލަތީފް ހަސަން ތިލަދުންއަށް މަޢުލޫމާތުދެމުން ވިދާޅުވީ މާދަމާ ބާއްވަން ތައްޔާރުވަމުންއައި ހަރަކާތްތައް ކެންސަލްކުރެވިފައިވާކަމަށެވެ. އެއީ އެރަށަށް ދަތުރުކުރި ބޯޓެއްގެ ކެޕްޓަން ކޯވިޑް19 އަށް ޕޮޒިޓިވްވުމާއިގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާތީކަމަށް ލަތީފް ވިދާޅުވި...

ޔުމްނާ ޢަލީ
ތިލަދުންމައްޗަށް ސިހުމެއް، ހުއްޓުމެއް! 📍 ހދ. ކުޅުދުއްފުށި

ތިލަދުންމައްޗަށް ސިހުމެއް، ހުއްޓުމެއް!

އުތުރުގެ 3 އަތޮޅުގެ ރަށްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބި ގަންނަ ކުޅުދުއްފުށިން ކޯވިޑް ކޭހެއް ފެނުނުކަން މިރޭ އެނގުނުއިރު މާދަމާއަކީ އެރަށަށް ހަފުތާގެ ދުވަސްތަކުން އެންމެ ގިނަ މީހުން ޖަމާވާ ދުވަހެވެ. ކޮންމެ ހޮނިހިރު ދުވަހަކީ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްރަށުގެ ގިނަ ރަށްޔިތުން ތަކެއް ކުޅުދުއްފުށްޓަށް ދަތުރުކޮށް ޚިދުމަތް ލިބި ގަންނަ ދުވަހެކެވެ. މިގޮތުން ވެސް މި ތިން އަތޮޅުގެ އެކިރަށްތަކުން މާދަމާ ކުޅުދުއްފުށްޓަށް ދާން ދަތުރު ހަދައިގެން ތިއްބާ […]

ޙުސައިން ޝަހުދީ
ނޮޅިވަރަމްވެސް މޮނީޓަރިން އަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްވެސް މޮނީޓަރިން އަށް

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ހދ. ނޮޅިވަރަމްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފާޅު ބޯޓު މިއަދު އެރަށަށް ގޮސްފައިވާތީ އެވެ. ފާޅު ބޯޓު އެރަށް ގޮސްފައިވަނީ މާލެ ދިއުމަށްފަހު މުދާ ހިފައިގެންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި ނޮޅިވަރަމުން ބަޔަކު އެބޯޓަށް އަރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނޮޅިވަރަމް މޮނިޓަރިނ...

އަލީ އާދިލް
މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި މޮނީޓަރިންއަށް

ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވް ވެފައިވަނީ ފާޅު ބޯޓުގެ ކެޕްޓަންއެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 25 ސެޕްޓެމްބަރު 2020، 20:45 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ […...

އަލީ އާދިލް
ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މާދަމާ ކުޅުދުއްފުށީގައި ބަނދަރު ކުރާއިރު، އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ބުނެފިއެވެ. މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރު ކަމަށް ލަފާކޮށްފައިވާއިރު، އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ […]

އަޙްމަދު ވަހީދު
ފިނޭ މީހުންގެ ''ކުޅި ކެޔޮ'' 📍 ހދ. ފިނޭ

ފިނޭ މީހުންގެ ''ކުޅި ކެޔޮ''

މި ހަފްތާގައި އަނެއްކާ ވެސް މި އޮތީ ހދ. ފިނޭ މީހުންގެ ޚާއްޞަ ކެއުމުގެ ބާވަތެކެވެ. ވަރުދާގެ ބަދިގެއިން ކާނާގެ ބާވަތްތައް ތައްޔާރު ކުރާ ގޮތް ގެނެސްދޭ އިރު ދޭތެރެ ދޭތެރެއިން ފިނޭ މީހުން ކައްކާ އުޅޭ ބާވަތްތައް ވެސް މި ދަނީ ގެނެސް ދެމުންނެވެ. މީގެ ކުރީން ވެސް ވަނީ ފިނޭ މީހުން ކަށްކާ އުޅޭ ގޮތަށް އެ މީހުންގެ ޚާއްޞަ ބައެއް ކާނާގެ ބާވަތްތައް ގެނެސް ދެވިފައެވެ. އޭގެ ތެރޭގައި ފިނޭ މީހުން ”މަސް […]

ޝިއުނާ އާދަމް
އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި އެވެ. އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އުތުރުގެ 3 ރަށަކީ، ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާ...

ޖަލްވާން ޖާދުﷲ
ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ

ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އަންގައިދޭ ކުރެހުން ތަކާއިއެކު ނޭކުރެންދޫ ސްކޫލުގެ ދަރިވަރުން ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ ދަރިވަރުންގެ ފިހިތަކުން ކުރަހާލި ކުރެހުންތައް މެދުވެރިކޮށް، ނޭކުރެންދޫ ކަނޑޫފާ ދުނިޔެއަށް ދައްކާލުމުގައި ބައިވެރިވެއްޖެއެވެ. ނޭކުރެންދޫ ސްކޫލުން ވަނީ މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ މެންގްރޫވް...

ޙުސައިން ޝަހުދީ