މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ނޮޅިވަރަމް "ގިންތި" ދޯނި އަޑިއަށް ގޮސްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް "ގިންތި" ދޯނި އަޑިއަށް ގޮސްފި

ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް “ގިންތި” ދޯނި ދިޔަވެ އަޑިއަށް ގޮސްފި އެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ދޯނީގެ ބޮޑުބައި ވަނީ ހދ. ކުރިނބީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައި ކަމަށެވެ. މިއީ ހދ. ނޮޅިވަރަމް “ގިންތި” ނަކަމަށް ކިޔާ ދޯންޏެއް ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 11:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެދޯނީގެ ވެރިއަކު މިނޫހަށް […]

ޝިއުނާ އާދަމް
ޖަޕާނުން ހިލޭ އެހީގެ ގޮތުގައި ދިން ތަކެތި ކުޅުދުއްފުށްޓަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ޖަޕާނުން ހިލޭ އެހީގެ ގޮތުގައި ދިން ތަކެތި ކުޅުދުއްފުށްޓަށް ގެންގޮސްފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ތަކެތި މޯލްޑިވްސް ނެޝްނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓު ގާޑުން ހދ. ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފިއެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ތަކެތީގެ ތެރެއިން ކުޅުދުއްފުށްޓަށް ގެންގޮސްދީފައިވަނީ ޕޮލިޔުޝަން ރެސްޕޮންސް އަށް ބޭނުންވާ ސާމާނެވެ. މި ސާމާނާކީ މި ސަރަހައްދުގައި ތިމާވެއްޓަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ފުރަތަމަ ބޭނުންކުރާނެ ސާމާނެވެ. ކޯސްޓުގާޑުން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ޖަޕާނު ސަރުކާރުން...

މުޙައްމަދު މާއިލް ހަސަން
ކުޅުދުއްފުށިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމްކަރަންޓީނުގައި ހުރި 2 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައ ިއެރަށުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެރަށަށް ދިޔަ 2 މީހުންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެންގުނީ ކަރަންޓީންގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލްއިންނެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ 34 އަހަރުގެ މީހަކާއި 64 އަހަރު ގެ މީހެކެވެ. މިދެމީހުންނަކީވެސް އަންހެނުންކަމަށް މަޢުލޫމާތު ލިބެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރ އަޙް...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ޕޯޓްގައި ފާރަގެމަ ބޭނުންކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޯޓްގައި ފާރަގެމަ ބޭނުންކުރަނީ

ހދ. ކުޅުދުއްފުށީ ޕޯޓްގައި ފާރަގެމަ (ކޭ9 ކުއްތާ ސްކޮޑް) ބޭނުންކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނެފިއެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އުތުރުގެ ޕޮލިސް ޑިވިޝަންތަކުން ޕޯޓުގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ފާރަގެމަ ބޭނުންކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، މި ޓީމުން ދާނީ މި ޕޯޓުގެ ސެކިޔުރިޓީއަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށެވެ. ފުލުހުން އިތުރަށް ބުނީ، މި ޓީމުގެ އެހީތެރިކަން ޢާންމު ފުލުހުންނަށް ދި...

މުޙައްމަދު މާއިލް ހަސަން
އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި 📍 ހދ. ކުޅުދުއްފުށި

އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި އެވެ. މިއީ އިންޑިޔާގެ ކޮޗިންއިން ކުޅުދޫފުއްޓާއި ދެމެދު މިމަހުގެ 21 ވަނަ ދުވަހު ފެށި ކާގޯފެރީން ގެނައި ސިމެންތި ކަމަށް އެކުންފުނިން ހާމަކުރެއެވެ. ކާގޯފެރީގައި އެސްޓީއޯއިން ގެނައި 500 ޓަނުގެ ސިމެންޓި ބާޒާރަށް ނެރެ ވިއްކަން ފަށާފައިވަނީ މިއަދު އެވެ. އެސްޓީއޯ އިން ބުނެފައިވަނީ ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިއަދުން ފެށިގެން ވިއްކަމުންދަނީ 90 [...

އިބްރާހިމް އަސްވާޤް
ކުރިނބީ ފުޓްސަލް ދަނޑު ނިންމާލައިފި 📍 ހދ. ކުރިނބީ

ކުރިނބީ ފުޓްސަލް ދަނޑު ނިންމާލައިފި

ސަރުކާރުން ހދ. ކުރިނބީގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ކުރިނބީ ކައުންސިލްއާއި ހަވާލުކޮށްފި އެވެ. ކުރިންބީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްއާއި ދަނޑު ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިނބީގައި އަޅަންފެށި ފުޓް ސަލްދަނޑުގެ މަސައްކަތް ވެރިކަން ބަދަލުވުމާއި ގުޅިގެން އޮތީ ހުއްޓިފައެވެ. އޭރު ކުރިނބީގައި އަޅަމުން ދިޔައީ އެންމެ ކުޑަ ސައިޒްގެ ދަނޑެކެވެ. ނަމަވެސް މިދަރުކާރުން ވަނީ ކުރިނބީ ޒުވާނުން ބޭނުންވިގޮތަށް ދަނޑުގެ ސައިޒު ބޮޑުކޮށްދ...

ޝިއުނާ އާދަމް
ނޮޅިވަރަމް ކަނޑޫފާވެސް މަރުވަނީ! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކަނޑޫފާވެސް މަރުވަނީ!

ހދ. ނޮޅިވަރަމް ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ނޮޅިވަރަމް ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ “ބިލީފް މޯލްޑިވްސް” އިން ބުނީ ނޮޅިވަރަމްގެ ކަނޑޫފާ މަރުވާ މައްސަލައަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވަޅުތ...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި

އަވަށްޓެރި އިންޑިއާގެ ސިފައިންގެ 19 މީހަކު ހދ. ހަނިމާދޫގައި، ހޯމް ކަރަންޓީނު ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 19 ސިފައިން ހަނިމާދޫއަށް ދިޔައީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ސިފައިން ހޯމް ކަރަންޓީނުގައި ތިބީ ހަނިމާދޫގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން އެ ރަށުގެ 5 ތަނެއްގައި ކަމަށް މަަޢުލޫމާތު ލިބިއެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ބުނީ ދެ ދުވަސް ކުރީން އިންޑިއާ ސިފައިންގެ 19 މީހަކު ހަނިމާދޫގައި […]

އަލީ އާދިލް
ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ޑިންގީ ބަނޑުން ޖަހާލާފައިވަނީ މިއަދު 2 އެއްޖަހާކަށް ހާއިރުކަމަށެވެ. ޑިންގީ ބަނޑުން ޖަހާލި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ މިޑިންގީއަކީ ހދ. ނެއްލައިދޫ ޑިންގީއެއްކަމަށާއި މިޑިންގީ ކުމުންދޫއަށް އައީ އެރަށު ބަޔަކު ގޮވައިގެން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީވަނީ ފަޅައިގެން ގޮސްފައެވެ. އަދި ޑިންގީގެ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް
އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި 📍 ހދ. ހަނިމާދޫ

އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައިކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށާއި މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް ވެސް އެމްބަސީއިނ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި  އޮޕަރޭޝަންތަކުގެ ތެރެއިން 38 އަހަރުގެ ދެ މީހަކާ 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި މި ތިންމީހުން ހައްޔަރުކޮށް އެރަށު ތިން ގެއެއް ބަލައި ފާސްކުރި ކުރުމުން މަސ...

އަލީ އާދިލް
ކުޅުދުއްފުށިން ހއ. ކެލައަށް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއް: ޖަމްޝީދު

ކުޅުދުއްފުށިން ހއ. ކެލައަށް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއް: ޖަމްޝީދު

ހދ. ކުޅުދުއްފުށި ސިޓީއިން ނުވަތަ ހދ. ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ. ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމްޝީދު މުޙައްމަދު ވިދާޅުވީ އެރަށަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުސަތު ނެތް ރަށެއް ކަމަށާއި މިހާރުވެސް ގެއަޅަން ބޭނުންވެ، ނޭޅި 700 އެއްހައި ހުސް ގޯތި ހުރިކަމަށެވ...

އަލީ އާދިލް
ކުޅުދުއްފުއްޓާއި، ނޮޅިވަރަމް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ނޮޅިވަރަމް

ކުޅުދުއްފުއްޓާއި، ނޮޅިވަރަމް މޮނިޓަރިން ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށްޓާއި، ނޮޅިވަރަމް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށް ރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން، 25 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ ރޭ 20:45 ގައި ކުޅުދުއްފުށި މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ފާޅު ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތަށް ގެނައީ ފާޅު ބޯޓު އެރަށަށް ގޮސްފައި ވާތީއެވެ. އެރަށްތައް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެ […]

އިބްރާހިމް އަސްވާޤް
ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި

ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި އެވެ. ނައިވާދޫން ވާހަކަ ދެއްކި ޒުވާނަކު ތިލަދުންއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ކޮންބަޔެއްކަން ނޭންގޭބަޔަކު އެރަށު ސިއްޙީ މަރުކަޒުގެ މައި ދޮރު ބޮޑު ފިލާގަނޑެއްޖަހާ ބަންދުކޮށްފައިވާކަމަށެވެ. އެކަން ކުރީ ކޮންބަޔެއްކަން ނޭންގޭކަމަށް އެމަރުކަޒުގައި ޑިއުޓީ އަދާކުރަމުންދިޔަ ވޮޗަރަށްވެސް ނޭންގޭކަމަށް ވޮޗަރ ބުނެފައިވާކަމަށެވެ. “ކޮބާ ނައިވާދޫއަށް ދޭންބުނި އެންބިއުލާންސް” 4 ފޫޓް 8 ފޫޓްގެ ފުލައިވުޑް ފިލައެއްގައި ބޮޑު އަކުރުން ސްޕްރޭއިން...

އަލީ އާދިލް