މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ 📍 ހދ. ނޮޅިވަރަންފަރު

ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ

ކޯވިޑްގެ ހާލަތުގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދަށްގޮސް، އަލުން އައު އާންމު ހާލަތުގައި ސްކޫލްގެ ހުޅުވާލުމާއިއެކު ޓީމް ވޯކް ރަނގަޅުކޮށް، ގުޅުން ބަދަހިކޮށްލަން ހދ. ނޮޅިވަރަންފަރު ސްކޫލްގެ މުވައްޒަފުން ކޮށްލީ ވަރަށް ތަފާތު ކަމެކެވެ. މިގޮތުން އެ ސްކޫލްގެ މުވައްޒަފުން ތިން ބަޔަށް ބަހާލައި، ސްކޫލްގެ ބަގީޗާވެސް ތިންބައި ކޮށްލައި، ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ތިން ޓީމުން ފެށީ ސްކޫލްގެ ބަގީޗާ ޗާލު ކޮށްލުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ އެންމެ ރީތި ބަގީޗާ ހޮވާ […]

ޙުސައިން ޝަހުދީ
"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް 📍 ހދ. ހަނިމާދޫ

"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް

ހަނިމާދޫ ކައުންސިލުގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދައިފިއެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގައި ފިރިހެން ކެޓަގަރީގައި 15 ޓީމް އަދި އަންހެން ކެޓަގަރީގައި 9 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކަނބަލުންގެ ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެ ޓީމަތަކަކީ ފިޔަލަ، ގުރާ، […]

އިބްރާހިމް ޚަލީލް
އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ 📍 ހއ. ދިއްދޫ

އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ވިދާޅުވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ....

އިބްރާހިމް އަސްވާޤް
ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް!

އިހުގެ ކާބަފައިންގެ ދިރިއުޅުން ހުރިނެތްގޮތް ބަލައިލުމަށް ހދ ނެއްލައިދޫގެ ބައެއް ދުވަސްވީ މީހުންނާއިއެކު ތަރައްގީގެ މި ހަލަބޮލި މާހައުލުގެ ތެރެއިން  ވަގުތުކޮޅެއް ހުސްކޮށްލީމެވެ.     ސުވާލުކޮށްލުމުން ފުރަތަމަވެސް ފެނިގެންދިޔައީ ލުއި ހިނިތުންވުމެކެވެ. “ސިޔާސަ އުމުރުކަމުން ކޮންމެދުވަހެއްވެސް ފެށެނީ ފަތިސް ނަމާދަށް މަންމަ ނެގީމައެވެ. ނަމާދުން އަވަދިވެގެން ފަތިހުގެ ހިތްގައިމު ވަގުތުގައި ފެންފޮދެއް ބޯލައިގެން މުޅޯށި ހިފައިގެން އަވަސްވެ ގަނެވެނީ ދުވަހުގެ ކޮއްތު ހޯދުމަށް، ބައްޕައާއިއެކީ ބަނބުކެޔޮ ގަސްތަކ...

ތިލަދުން
ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ރަށްރަށުގައި ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޭކުރެންދުއާއި ހދ.ނޮޅިވަރަންފަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވަނީ ހދ.ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އޯރތޯޕީޑިކްގެ ބޮޑު 4 އޮޕަރޭޝަނެއް ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އޯރތޯޕީޑިކްގެ ބޮޑު 4 އޮޕަރޭޝަނެއް ކޮށްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އޯރތޯޕީޑިކްގެ ބޮޑު 4 އޮޕަރޭޝަންއެއް ކޮށްފިއެވެ. މި ހަފްތާ ތެރޭގައި ކޮށްފައިވާ މި 4 އޮޕަރޭޝަނުގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ އެ ހޮސްޕިޓަލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޭއާރްއެޗްގެ ފަރާތުން ޢާންމު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައިވެސް ވަނީ މި ކަން ފާހަގަކޮށްފައެވެ. ކޭއާރްއެޗްގެ ފަރާތުން މިދިޔަ މަހުގެ ތެރޭގައި ވަނި އޯރތޯޕީޑިކްގެ ފުރަތަމަ އޮޕަރޭޝަނެއް އެ ހޮސްޕިޓަލުގައި...

މުޙައްމަދު މާއިލް ހަސަން
''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ސާރާއާއިއެކު މަކުނުދޫ” ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ. މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދ...

Thiladhun
ފަޔާރ ފައިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި

ފަޔާރ ފައިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި

ރީޖަނަލް އެއާޕޯޓުތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުނުގެ ޕްރޮގްރާމްގެ ފަހުބައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ. މިއީ އިންޑިއާގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ފަޔަރފައިޓަރުންނަކީ ކުރިން އިންޑިއާގައި މި ޕްރޮގްރާމްފެށި ފަޔަރފައިޓަރުންނެވެ. ރީޖަނަލް އެއަރޕޯރޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުއެވެ. ރާއްޖޭގެ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމު...

ޝިއުނާ އާދަމް
މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ 📍 ހދ. ހަނިމާދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ  ބައިއެވެ....

ޔުމްނާ ޢަލީ
ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން ހިލޭ ނަމާދު ކޭމްޕަކާއި، ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތަކެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން ހިލޭ ނަމާދު ކޭމްޕަކާއި، ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތަކެއް

ހދ. ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން ހިލޭ ނަމާދު ކޭމްޕަކާއި، ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތަކެއް ކުރިއަށްގެންދަން ނިންމައި، ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ނަމާދު ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި ނަމާދު ކޭމްޕް އަމާޒުކޮށްފައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށެވެ. މީގެއިތުރުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދަން ނިންމާފައިވާ ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތައް ކުރިއަށް ގެންދަން […...

ޔުމްނާ ޢަލީ
ފުރަތަމަ ފަހަރަށް މަކުނުދޫއިން ކޯވިޑް ކޭސްތަކެއް 📍 ހދ. މަކުނުދޫ

ފުރަތަމަ ފަހަރަށް މަކުނުދޫއިން ކޯވިޑް ކޭސްތަކެއް

ހދ. މަކުނުދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. މިގޮތުން އެކައުންސިލުން ރޭ 11 ޖަހާކަށްހާއިރު އާންމު ކުރި ޚާއްޞަ ދެއްނެވުމެއްގައި ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ހާމަ ކުރަށްވާ ކަމަށެވެ. ”މި ދަނޑިވަޅަކީ ހަމަ ކޮންމެ ފަރުދަކީވެސް […]

ޝިއުނާ އާދަމް
އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް 📍 ހދ. ވައިކަރަދޫ

އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

ހދ. ވައިކަރަދޫއަށް އުފަން އާދަމް ވަހީދު (އެޑަމް) ގެ ބޭސިކް ވެބް ޑިވެލޮޕްމެންޓް އެންޑް ވެބް ޑިޒައިނިން ކުރުމުގެ އޮންލައިން ކޯހުގެ ބައިވެރިވެ، ވެބް ޑިވެލޮޕްމެންޓް، ވެބް ޑިޒައިން އަދި ވެބް ސޮފްޓްވެއާ ހެދުމުގެ ހުނަރު ދަސްކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ. ކާމިޔާބު ކަމާއިއެކު ދެ ބެޗަށް މި ކޯސް ފުރިހަމަކޮށްދިނުމަށްފަހު ތިންވަނަ ބެޗްގެ ކޯސް ފެށުމަށް މިހާރު އެޑަމްދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ކޯހުގެ ތިންވަނަ ބެޗް 05 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި […]

އިބްރާހިމް ޚަލީލް
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ. މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ފުލުހުން، ހދ. ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ. މީގެއިތުރުން ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކު...

ޔުމްނާ ޢަލީ
''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި 📍 ހދ. މަކުނުދޫ

''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި

މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ”ސާރާއާއިއެކު މަކުނުދޫ” ކެމްޕެއިން މި މަހުގެ 5 ގެ ނިޔަލަށް ދަންމާލައިފިއެވެ. ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނ...

ޝިއުނާ އާދަމް