މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ހަމައެކަނި ދަރިފުޅަށް “ނޭވާނުލެވި ނޭފަތުން ލޭ އަންނާތީ” އެޗްޕީއޭއަށް ގުޅީ 9 ޖެހިއިރު، އާދެވުނީ 11:40 ގައި 📍 ހދ. ކުޅުދުއްފުށި

ހަމައެކަނި ދަރިފުޅަށް “ނޭވާނުލެވި ނޭފަތުން ލޭ އަންނާތީ” އެޗްޕީއޭއަށް ގުޅީ 9 ޖެހިއިރު، އާދެވުނީ 11:40 ގައި

ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ބުނެފި އެވެ. ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން […]

ތިލަދުން
ކުޅުދުއްފުށީގައި ހިނގި މާރާމާރީ: 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހިނގި މާރާމާރީ: 2 މީހަކު ހައްޔަރުކޮށްފި

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް […]

ޔުމްނާ ޢަލީ
ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ!

ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ހަނިމާދޫގައި...

އިބްރާހިމް ޚަލީލް
ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް 📍 ހދ. ފިނޭ

ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް

އިއްޔެގެ ނިޔަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 87 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އެގޮތުން އިއްޔެ ނޭކުރެންދޫން ވަނީ އަލަށް 16 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައި ހުރި އެކަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 15 މީހަކު ހިމެނެއެވެ. މިއާއި އެކު އެރަށުގެ […]

ތިލަދުން
ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި: އުމަރު 📍 ހދ. ހަނިމާދޫ

ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި: އުމަރު

އައްޑޫ ސިޓީއަށްފަހު ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހދ. ހަނިމާދޫގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިންޑިއާއިން ރާއްޖެއަށް “އަތް ގަދަކުރަމުންދާ” ކަމަށް ވިދާޅުވެ، ފާޅުގައި އެކަމާއި ދެކޮޅަށް ވަކާލާތު ކުރަށްވަމުން ގެންދަވާ އުމަރު، އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އައްޑޫ ސިޓީއަށްފަހު، ދެން އިންޑިއާއިން ކޮންސިލއުލޭޓެއް ހެދުމަށް ދިމާކުރާނީ އުތުރުގެ ހދ. ހަނިމާދޫގައި ކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އުމ...

ތިލަދުން
ޔޫތު މިނިސްޓްރީން ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެ: އަމީން 📍 ހދ. ކުމުންދޫ

ޔޫތު މިނިސްޓްރީން ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެ: އަމީން

ޔޫތު މިނިސްޓްރީން ހިންގާ ކުދި މަޝްރޫޢުތައް ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގެ ރަށްތަކުގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ބާރުމިނާމެދު ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ޓްވީޓަކަށް ޚިޔާލް ފާޅު ކުރައްވަމުން ނެވެ. މެންބަރު ރާޢީ ވިދާޅުވެފައި ވަނީ، ކުމުންދޫ އަދ...

ތިލަދުން
ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ 📍 ހދ. މަކުނުދޫ

ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ

މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޢީ ވިދާޅުވީ، ކުމުންދޫ އަދ...

އަލީ އާދިލް
ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ

ކުޅުދުއްފުށީ ސިޓީގައި ރޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނެގޮސްފައިވަނީ ރޭ [...

ތިލަދުން
ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި

ހދ. ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ފެނިފައިވުމުންކަމަށް އެއިޢުލާނުގައި ބުނެފައ...

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް، އެކްޓިވްކޭސް 31 އަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް، އެކްޓިވްކޭސް 31 އަށް

ހދ. ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށާއި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 31 މީހަކު އެރަށުގައި ތިބިކަމަށް ނޭކުރެންދޫ ޓާސްކްފޯސް އިން ބުނެފި އެވެ. އެރަށު ސިއްހީމަރުކަޒުން އެންމެފަހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، އެރަށުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއާއި ގުޅިގެން ނެގުނު 156 ސާމްޕަލްގެ ތެރެއިން މިހާތަނައް ނަތީޖާ ލިބުނު 130 ސާމްޕަލްގެ ތެރެއިން އިތުރު 17 ސާމްޕަލްއެއް ޕޮޒިޓިވެފައިވާކަމަށް ވަނީ ބުނެފައެވެ. “މިހާރު މިރަށުގެ ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ އަދަދަކީ 31 ނަތީޖާ ނުލިބ...

އިބްރާހިމް އަސްވާޤް
ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެމްޑަބްލިއުއެސްސީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެމްޑަބްލިއުއެސްސީއަށް

ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޑަބްލިއުއެސްސީން ހޯދައިފިއެވެ. 27 މެއި 2021 ވީ ބުރާސްފަތި ދުވަހު ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ. ވުމާއިއެކު ނަތީޖާނެރެން ޖެހި ޕެނަލްޓީގައި އެމްޑަބްލިއުއެސްސީ ޓީމުން ފެނަކަ މައްޗަށް ކުރި ހޯދާފައިވަނީ 4-3 […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗްގައި ނިޔާވާ ރަށްރަށު މީހުންގެ ކަށުކަމާކެމީގެ ހުރިހާ ތަކެތި ހެޔޮއެދޭ ފަރާތަކުން 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްގައި ނިޔާވާ ރަށްރަށު މީހުންގެ ކަށުކަމާކެމީގެ ހުރިހާ ތަކެތި ހެޔޮއެދޭ ފަރާތަކުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ނިޔާވާ، ކުޅުއްފުށީ ސިޓީ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހެޔޮއެދޭ ފަރާތަކުން ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން އެ ފަރާތުން މިހާތަނަށް ނިޔާވި 6 މީހެއްގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ކޭއާރުއެޗްއިން މައުލޫމާތު ދެއްވައެވެ. މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ކޭއާރުއެޗްގެ މެނޭޖަރު އަހްމަދު ދާއޫދުއަށް ގުޅާލުމުން އޭނާ “ތިލަދުން”އަށް ވިދާޅުވީ، އާން...

ޔުމްނާ ޢަލީ
ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް 📍 ހދ. ފިނޭ

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]

ޝިއުނާ އާދަމް
އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް 📍 ހދ. ވައިކަރަދޫ

އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް  ހދ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ވާދަކުރައްވައެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރައްވަނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އަކީ ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވ...

އަލީ އާދިލް
ފަލަސްތީނަށް އެހީތެރިވުމަށް ފަންޑް ރައިޒިން އިވެންޓެއް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ފަލަސްތީނަށް އެހީތެރިވުމަށް ފަންޑް ރައިޒިން އިވެންޓެއް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އިޒްރޭލް ޔަހޫދީންގެ އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަންޑް ރައިޒިން އިވެންޓެއް ހދ. ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި ފަންޑް ރައިޒިން އިވެންޓްއަކީ ކުޅުދުއްފުށީގެ ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުން ގުޅިގެން ކުރިޔަށް ގެންދާ އިވެންޓެކެވެ. އަދި މި އިވެންޓްގައި މިހާރު ކުރިޔަށްދާ ހަރަކާތަކީ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެހީތެރިކަން ހޯދުމުގެ ހަރަކާތެކެވެ. އިއްޔެ އެރަށުގައި ފެށި މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ނިމްމާފައި ވަނީ މި ފެށޭ ޖޫމް މަހުގެ 0...

ޖަލްވާން ޖާދުﷲ