📍 ހދ. ކުމުންދޫ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސް
ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއިން ހޯދައިފިއެވެ. 19 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ސަންދިޔާއާއި ވާދަކޮށް ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް […]