📍 ހދ. ހަނިމާދޫ
ހަނިމާދޫ ސްކޫލުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ ދަށުން އެ ލައިބްރަރީއަށް ފޮތް އިތުރު ކުރުމަށްޓަކައި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ފޮތް ހަދިޔާ ކުރުމުގައި އަދަބިއްޔާތާއި ގުޅުންހުރި ފޮތާއި، ކުޑަކުދިންގެ ވާހަކަ ފޮތާއި، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ދިވެހި އަދި އިނގިރޭސި ވާހަކަ ފޮތުގެ...