📍 ހދ. ނެއްލައިދޫ
ކޯވިޑްގެ ހާލަތު ގޯސްވުން ނެއްލައިދޫ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި
ހދ. ނެއްލައިދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށު ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަޝީދު ވިދާޅުވީ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލާފައި މިވަނީ ރަށުތެރޭގައި ކޯވިޑް ފެތުރެމުންދާތީ އަދި ހާއްސަކޮށް ކުޑަކުދިންނަށް މިބަލި ޖެހެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ކިޔެވުން ފެށޭނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށް އެކައުންސިލުން ވަނީ ވިިދާޅުވެފައެވެ...