މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި 📍 ހދ. ނައިވާދޫ

ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ނައިވާދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާ...

ޔުމްނާ ޢަލީ
ހަނިމާދޫ ދާލަ ކުލާހުގެ ޤުރުއާން މުބާރާތް ބާއްވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ދާލަ ކުލާހުގެ ޤުރުއާން މުބާރާތް ބާއްވައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުނ އަންނަ ކުލާހެއް ކަމަށްވާ “ދާލަ” ކުލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، އެ ކުލާހުން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތެއް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ޝަޢުޤުވެރިކަން އުފެއްދުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނު ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުން ކަމަށެވެ. މި މަހުގެ 23 ވީ ހޮނިހިރު ދުވަހު ދާލަ ކުލާ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް 2022 އިއްޔެ ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި މުބާރާތުގައި ވަނީ 96 ފަރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެރަށުގެ ދަރިވަރުން ނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުޢާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްޢާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރުޢާން...

ޙުސައިން ޝަހުދީ
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވައިސޫރިއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވައިސޫރިއަށް

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން ވައިސޫރި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 22 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު ފައިނަލް މެޗު ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓީމް ލަޔަން ބަލިކޮށްގެންނެވެ. ފައިނަލް މެޗު ނިމުމުން ވަނީ […]

އިބްރާހިމް ޚަލީލް
އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ 📍 ހދ. މަކުނުދޫ

އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ

އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއްކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ހދ. ކުމުންދޫ ކައުންސިލްއާއި އެކު ރޭ މުލިއާ ގޭގައި ކުރިއަށްދިޔަ ބައްދަލުވުމަށްފަހު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިބައްދަލު ކުރެއްވުމުގައި ކުމުންދޫ ކައުންސިލްގެ ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދާއި އެކުންސިލްގެ މެންބަރަ...

އަލީ އާދިލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވައިސޫރިއާއި ލަޔަން 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވައިސޫރިއާއި ލަޔަން

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ގެ ފައިނަލުން ޓީމް ވައިސޫރިއާއި ޓީމް ލަޔަން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ވައިސޫރި ޓީމުން ޖާގަ ހޯދާފައި ވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މުބާރާތުގެ ފައިނަލުން ލަޔަން ޓީމުން ޖާގަ ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ހދ. މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި މަކުނުދޫ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ‘އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް’ އާއި އެވެ. މި މަސައްކަތަށް 12,008,846.18 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. މަކުނުދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އޭސީ ހަރުކުރުމުން ކަރަންޓު ބިލް އެކައުންސިލުން ދެއްކުމަށް ނިންމާފައިވާކަމަށެވެ. މަސްޖިދުއް ޞިއްދީޤަށް 7 އޭސީ އަދި މަސްޖިދުއް ތަޤްވާއަށް 14 އޭސީ ބޭނުންވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ. މި ދެ މިސްކިތަށް އޭސީ ހަދިޔާ ކުރަންބޭނުންފުޅުވާ ފަރާތްތަކަށް 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ހިމެނޭހެން ހަތް ރަށެއްގައި އިންޑިއާގެ އެހީގެ ދަށުން ޕްރޮޖެކްޓުތައް ހިންގަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހިމެނޭހެން ހަތް ރަށެއްގައި އިންޑިއާގެ އެހީގެ ދަށުން ޕްރޮޖެކްޓުތައް ހިންގަނީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ހަތް ރަށެއްގައި މަޝްރޫއުތައް ހިންގަން އެ ގައުމުގެ ސަރުކާރާއެކު އެއްބަސްވެއްޖެއެވެ. ފޮރިން މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެ ސޮއިކުރެއްވީ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. މިއީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕް...

އަޙްމަދު ވަހީދު
ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މުބާރާތުގައި ބޮޑެތި މީހުންނަށް ހާއްސަކުރާ ބައިގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، ކުޑަކުދިންނަށް ހާއްސަކުރާ ބައިގަ ވެސް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނެއެވެ. ކެތިއަރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މ...

އިބްރާހިމް ޚަލީލް
"ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް" ގައި ބައިވެރިވުމުގު ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

"ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް" ގައި ބައިވެރިވުމުގު ފުރުސަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް” ގައި ބައިވެރިވުމުގު ފުރުސަތު ހުޅުވާލައިފިއެވެ. އެކްލަބްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް މިއޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް އެކްލަބްއިން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ https://forms.gle/zuE1Ppt8L6aAcefp8 ފޯމް ފުރުއްވާ ހުށައެޅުމަށް އ...

އައިޝަތު ނަސާޔާ
ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. އަތޮޅުގައި ތިއްބަވާ ފުލުހުންގެ އިސްވެރިނާއި، ހދ. ނެއްލައިދޫ ކައުންސިލުންނާއި މިއަދު ބައްދަލުކޮށް ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް، އަޙްމަދު ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ ނެއްލައިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި، ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން ކުރިން އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ނިން...

އައިޝަތު ނަސާޔާ
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ފަށައިފިއެވެ. މި މުބާރާތް 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިސޫރިއާއި ޓީމް ލަޔަންއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް

މިއަދު ކުރިއަށް ދިޔަ ހދ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް އެއް ގޮނޑި އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަނެއް ގޮނޑި ކާމިޔާބު ކޮށްފިއެވެ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ރައީސާއާއި، އިތުރު މެންބަރަކު އިސްތިއުފާ ދިނުމުން ކުރިއަށް ދިޔަ މި ބައި- އިލެކްޝަންގައި 6 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި

ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ “ބީސާދަ” ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ: 6 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 19 އަހަރުން ދަށް 21 […]

އައިޝަތު ނަސާޔާ