📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު ފަށައިފި
ހދ.ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު މިއަދު ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް މިއަދު ފަށާފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ކަސްޓަމްސް ބިލްޑިންގެ އިތުރުން އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޓީއާރުސީ ހޯލުގައެވެ. އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަ...