މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ބާއްވައިފި، މައުޞޫޢު އަކީ ''ގެވެށި އަނިޔާ'' 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ބާއްވައިފި، މައުޞޫޢު އަކީ ''ގެވެށި އަނިޔާ''

ހދ. ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ރޭ ބާއްވައިފިއެވެ. މި ދަރުސް ކުރިއަށް ގެންގޮސްފައި ވަނީ ”ގެވެށި އަނިޔާ” މި މައުޟޫޢު އަށެވެ. ނޮޅިވަރަމް ކައުންސިލާއި، ޖަމިއްޔަތުއް ސަލަފް ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް އޮތީ ރޭ 20:30 ގައި ނޮޅިވަރަމް، ”މާ ބަގީޗާ” ގައެވެ. މި ދަރުސް ދެއްވާފައި ވަނީ، އައްޝައިޚް އަޙްމަދު ސަމީރެވެ. ޖަމިއްޔަތުއް ސަލަފްގެ ހަފްތާ ބަންދު ދަރުސް ސިލްސިލާގެ ދަށުން ގެންދިޔަ މި ދަރުސްއަށް އަޑު އަހަން ނޮޅިވަރަމްގެ ގިނަ ބަޔަކު […]

ޔުމްނާ ޢަލީ
ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި 📍 ހދ. ކުޅުދުއްފުށި

ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުލަބް ކޮރަލްސް ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ސްކައި) ބައްދަލުކުރަން ޖެހިއްޖެއެވެ. މިއަދު ހަވީރު ގްރޫޕް ބުރުގެ ފަހު މެޗުގައި ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކިރި މެޗު ކޮރްލްސް ކާމިޔާބު ކޮށްފައި ވަނީ 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ކޮރަލްސްގެ […...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ ކޮރަލްސް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސްބީ ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން ކޮރަލްސް ދަނޑުގެ ވަށާފާރު ރާނައި، ފެންސުޖަހައި، ކުލަލަލާނެއެވެ. އަދި އެ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖަހައި، ކުލަލުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ފަސް ދޮޅަސް ނު...

ޔުމްނާ ޢަލީ
ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް 📍 ހދ. ކުޅުދުއްފުށި

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓު...

މުޙައްމަދު އަފްރާޙް
މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު 📍 ހދ. ކުޅުދުއްފުށި

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ. މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން “...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި

ހދ. ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ބަޔަކު ކޮނެފައިވާއިރު، އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރޭގެ 23:30 ހާއިރު އެރަށު ސަހަރާއަށް ބަޔަކުވަދެ، ރުގްޔާ ކުރުމުގެ ނަމުގައި ކޮނުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު އެކައުންސިލަށް ލިބުމުން، ކައުންސިލުން އެތަނަށް ދިޔަކަމަށެވެ. ކައުންސިލުން އެތަނަށް ދިޔައިރު އެކަން ކުރަމުން ދިޔައީ ނޮޅިވަރަންފަރުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އެ ސ...

ޔުމްނާ ޢަލީ
ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ކޮޅަށް މަޗުގެ ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމާއި ފިޔަވަޅަކާ ގާތަށް ކްލަބް ކޮރަލްސްއިން ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި […]

އަޙްމަދު ވަހީދު
ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލްގެ ބަންދަށް، ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ. ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްގިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެނ...

ޔުމްނާ ޢަލީ
ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...

މުޙައްމަދު އަފްރާޙް
ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް (އ32) ކޯޓު އަމުރެއްގެ ދަށުން ހައް...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ

މާލެ ސިޓީ އިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ދިޔަވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވެ އަޑިއަށް ގޮސްފައިވަނީ ކައްކާ ގޭހާއި ހިލަވެލި ހިފައިގެން ދަތުރުކުރި “އައިޝަމް” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ. “ހައިޝަމް” ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ. އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިއަދު 11:13 ހާއިރު އެވެ. އެއާއިއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް […...

މުޙައްމަދު އަފްރާޙް
ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އަންހެނަކު ފެނިއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. ”އެ އަންހެން މީހާ މިހާރު އޮތީ ސިއްހީ މަރުކަޒުގައި، އޭނާގެ ފުރާނަ ނެތްކަން ޔަޤީން، ފުލުހުން ދަނީ މައްސަލަ ތަޙްޤީޤް ކުރައްވަމުން” މުސްތަފާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާގެ ޢަމަލުކަންކަމަށް ތުހުމަތު ކު...

ތިލަދުން