މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ 📍 ހދ. ކުޅުދުއްފުށި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޮމިޝަނ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ލީގު: ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ މެޗު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު: ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ މެޗު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފި

މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގް 2022/23” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި އަހުލީއެވެ. މި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއެވެ. މި މެޗުގައި ފުރަތަމަ ހަތަރު ލަނޑު ވެސް ޖަފާހައި ވަނީ ޔޫތު ފްރެންސް އިންނެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އާލިފް […]

އިބްރާހިމް ޚަލީލް
''މިތިބީ ރުހިގެންނެއް ނޫން''، ރިލޭގެ އުދާސްތައް ބަންޑުންކޮށްލައިފި 📍 ހދ. ކުޅުދުއްފުށި

''މިތިބީ ރުހިގެންނެއް ނޫން''، ރިލޭގެ އުދާސްތައް ބަންޑުންކޮށްލައިފި

ހުންނެވީ ރުހިގެން ނޫންކަމަށް ވިދާޅުވެ، ކުޅުދުއްފުށީ ސިޓީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ)ގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. ރިލޭއަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ. ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު، ރިޔާސީ ޕްރައިމަރީގައި ރިލޭ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައެވެ. އެ ޕްރައިމަރީއަށްފަހު މިއަދު ރިލޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ޕްރައިމަރީއާއިމ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފިއެވެ. ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޓާފްތަކުގައި ރޯކޮށްލީ ޓާފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ، ‏އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ. ”އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މ...

ޔުމްނާ ޢަލީ
ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި 📍 ހދ. މަކުނުދޫ

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި

ތިން ރަށެއްގެ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް މިހާތަނަށް ބީލަން ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހދ. މަކުނުދޫއާއި، ށ. ބިލެއްފަހިއާއި ބ. ތުޅާދޫ އަދި ތ. ވިލުފުށީގެއެވެ. އެ މިނިސްޓްރީން ބުނީ ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. ރެސްޓްރިކްޓެޑް...

އަޙްމަދު ވަހީދު
ހަނިމާދޫ ލީގު ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު ފުޓްބޯޅަ މުބާރާތް ފަށައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ “ހަނިމާދޫ ލީގް” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ހަނިމާދޫ ޓާފް ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހްއާއި ޝީލްޑެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރޫހް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރޫހް ޓީމަށް މެޗުގައި ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އަހްމަދު ޝިނާންއެވެ. ދެން […]

އިބްރާހިމް ޚަލީލް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް 📍 ހދ. ނޮޅިވަރަންފަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...

ޔުމްނާ ޢަލީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު 📍 ހދ. ކުޅުދުއްފުށި

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ”ތިލަދުން” އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކުޅުދުއްފުށީ އުތުރާއި، ދެކުނު ދާއިރާގައިއިން ނަޝީދު ކުރި ހޯއްދަވާފައި ވަނީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދެ ދާއިރާއިން  މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ،...

ޔުމްނާ ޢަލީ
ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރު ޞަރަޙައްދުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ޑިޒައިންކޮށް ބީއޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލުގެ ޖަލްސާ...

އިބްރާހިމް ޚަލީލް
މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ހދ. މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ. އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ ރަށުގައި ހުރި ޖަމިއްޔ،ާ ޖަމާއަތްތަކުން ހިންގާ މިފަދަ ހަރަކާތްތައް މަޑުޖެހިފައިވާތީ އާއި ރައްޔިތުންނަށް ބޭނުންވާ ދީނީ މައުލޫމ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ (ހިރަފުސް) ފުޓްބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރުމު...

އިބްރާހިމް ޚަލީލް
މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު 📍 ހދ. ކުމުންދޫ

މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު

ހދ. މަކުނުދޫ ބީޗް ސާފުކުރުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މިއީ މިއަހަރު ބާއްވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ. މިއަދުގެ ސާފުކުރުމުގެ ހަރަކާތް ބޮޑަށް އަމާޒު ހިފާފައިވަނީ ބީޗު ސަރަހައްދު ސާފުކުރުމަށް ކަމަށެވެ. އެއީ އެ ސަރަހައްދަކީ ގިނަބަޔަކު ހިތްހަމަ ޖައްސާލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާ ތަނަަކަށްވާތީ، އެތަން ވީހާވެސް...

މުޙައްމަދު އަފްރާޙް
އައު އޯޕީޑީ އިމާރާތާއެކު ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކަށް އުފާވެރިކަން 📍 ހދ. ކުޅުދުއްފުށި

އައު އޯޕީޑީ އިމާރާތާއެކު ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކަށް އުފާވެރިކަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އޯޕީޑީ އިމާރާތުގައި ހިދުމަތް ދޭން ފަށައިފިއެވެ. ހޮސްޕިޓަލްގެ ދެކުނު ފަރާތުގައި ހުންނަ އައު އިމާރާތުގައި ހިދުމަތްތައް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އައު އިމާރާތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހިދުމަތާއި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުގެ ހިދުމަތް ލިބޭނެއެވެ. ކޭއާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ...

މުޙައްމަދު އަފްރާޙް
ނިއުރޭޑިއަންޓުން ހަނިމާދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ނިއުރޭޑިއަންޓުން ހަނިމާދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވާން ހުޅުވާލައިފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހދ. ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނިއުރޭޑިއަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުލަބްގެ ފުޓްބޯޅަ އެކަޑަމީތައް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމާއި ފުޓްބޯޅައަށް މޮޅު ކުޅަދާނަ ދަރިންތަކެއް އުފެއްދުމެވެ. މި އެކަޑަމީގެ ތަމްރީންތައް އަންނަ މާޗު މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އެކަޑަމީން ފުރުޞަތު ދިނުމަށް ހަމަޖެ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައ...

އިބްރާހިމް ޚަލީލް