ސިޔާސީ ފަސް ޕާޓީއަކަށް 36 މިލިއަން ރުފިޔާ، ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވައިފި
ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތުރު ހަމަވާ 5 ޕާޓީއަށް ފައިސާ ދޫކުރުމަށް އެދިފައިވާ ކަމަށެވެ. އެމްއެންޕީ އަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އީސީ އިން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ސިޔާސީ ޕާޓީތައް ހިނ...