📍 ހދ. މަކުނުދޫ
މަކުނުދޫ ކުނިގޮނޑުގައި އުޅޭ 200 ބިދޭސީން: ބަދުއަޚްލާޤީ މައްސަލަތަކެއް ފެންމަތިވުމުން ރަށުން ފައިބަން އަންގައިފި
ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިގޮނޑު) ގައި އުޅޭ ބިދޭސީންގެ ފަރާތުން ބަދުއަޚްލާޤީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެފަރާތްތަކުން އެ ސަރަހައްދު ހުސްކޮށް 24 ގަޑިއިރުގެ ތެރޭ ރަށުން ފޭބުމަށް މަކުނުދޫ ކައުންސިލުން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ވަނީ މިގޮތައް ނިންމާ އާންމު އެންގުމެއް ރޭގެ ވަގުތެއްގައި ނެރެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީންނަކީ ރިސޯޓް މަސައްކަތަށް އައިސް އުޅުނު މީހުންނެވެ. ރިސޯޓް ހުޅުވުނު ދުވަސް ޖެހުމުނ...