މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
އަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ ތަރައްޤީއަށް ހުރަސްއަޅާކަމަށް ރާއީ ތުހުމަތު ކުރައްވައިފި 📍 ހދ. މަކުނުދޫ

އަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ ތަރައްޤީއަށް ހުރަސްއަޅާކަމަށް ރާއީ ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ އަދާލަތު ޕާޓީން މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ. މިއަދުގެ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ގޮނޑި ވަދެފަ އާޔަތެއް ކިޔާފަ، ނިންމާފަ އާޔަތެއް ކިޔާފަދާ ޕާޓީގެ މެމްބަރަކަށް ލިބިގެނެއް ދާއިރާ ކުރިއެއް ނާރާނެކަމަށެވެ. ރާއީ ދެން ވިދާޅުވީ އަޅުގަނޑު ހަރުއަޑުން ކުއްވެރިކުރަން އަދާލަ...

އަޙްމަދު މުޖުތަބާ
މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

ހދ.މަކުނުދޫގައި ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކުރި ދައުވާއެއް ނުބަލަން ހދ. މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ. 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކަށް ކުރި ދައުވާއެއް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ، ދައުލަތުގެ ދައުވާގެ ސީޣާގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ. […]

Thiladhun
30 މިނެޓުން އެއަރޕޯޓަށް ދެވޭ ވަޢުދު ފުއްދަދީ، މަކުނުދޫ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދެނީ 📍 ހދ. މަކުނުދޫ

30 މިނެޓުން އެއަރޕޯޓަށް ދެވޭ ވަޢުދު ފުއްދަދީ، މަކުނުދޫ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދެނީ

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށަކުން 30 މިނެޓު ތެރޭގައި އެއަރޕޯޓަކަށް ދޭވޭނެގޮތް ހަދައިދޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ. ވައިގެ މަގުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ގުޅާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. އަދި އެ...

Thiladhun
ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ މަކުނުދޫ ޒާހިރާއަށް އެހީ ހޯދުމަށް މާލޭގައި ހަރަކާތްތަކެއް ބާއްވަނީ 📍 ހދ. މަކުނުދޫ

ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ މަކުނުދޫ ޒާހިރާއަށް އެހީ ހޯދުމަށް މާލޭގައި ހަރަކާތްތަކެއް ބާއްވަނީ

އަޅުގަނޑުމެންގެ އުޚުތެއް ކަމުގައިވާ ޙައްވާ ޒާހިރާ، ނަފާ / ހދ.މަކުނުދޫ ދަނީ ކެންސަރު ބައްޔަށް ފަރުވާކުރަމުންނެވެ. އެގޮތުން އައި.ޖީ.އެމް.އެޗް ގައި ކީމޯތެރަޕީ ދިނުމަށްފަހު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދެއްވާފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިފަދަ ބައްޔަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަކީ ވަރަށްވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނޭ ކަމެކެވެ. ވީމާ މިއުޙްތާ ވަނީ އަޅުގަނޑުމެންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. މި އުޚްތާއަށް އެހީވުމުގެގޮތުން މާލޭގައި “ދަރުމަ...

ޝިއުނާ އާދަމް
📍 ހދ. މަކުނުދޫ

އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް މަގާމުތައް ބެހުން ގަބޫލެއް ނުކުރަން: ރާއީ

ސަރުކާރު ވަޒީފާ އެންމެނަށް ހަމަ ނުޖެއްސޭނެކަން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ކަމަށާއި ގަބޫލު ކުރަން ބޭނުން ނުވަނީ އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޔޫތު ކޮންފަރެންސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަހަކަ އަށް އިޝާރާތްކޮށެވެ. ނަޝީދު ބުނެފައި ވަނީ […]

އަފްރާހް އަބްދުލް ރަޝީދު
ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟ 📍 ހދ. މަކުނުދޫ

ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟

ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރާޢީ ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކޮށްފައެވެ. ރާޢީ ކުރި ސުވާލުގައި ވިދާޅުވީ ލާމަރުކަޒީކޮށް ރާއ...

އަބްދުﷲ ޝަފީޢު
މަކުނުދޫ ދާއިރާގެ އެމްޓީސީސީ ފެރީ ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ދާއިރާގެ އެމްޓީސީސީ ފެރީ ފަށައިފި

ހދ. މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީގެ ހިދުމަށް ފުޅާކޮށް ފަަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުރާ މި ދަތުރުތައް ގުޅުވާލާފައިވަނީ ކުޅުދުއްފުއްޓަށެވެ. އެމްޓީސީސީ ހާމަކުރިގޮތުގައި މި ފެރީ ދަތުރު އޮންނަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. ދަތުރުތައް ފަށާނީ ހެނދުނު 7 ޖަހާއިރު […]

އަބްދުﷲ ޝަފީޢު