މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
ވައިކަރަދޫން ވެސް ކޯވިޑްގެ ޕޮޒިޓިވް ކޭހެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫން ވެސް ކޯވިޑްގެ ޕޮޒިޓިވް ކޭހެއް

ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ވައިކަރަދޫއިން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް “ތިލަދުން” އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަސީމް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ، ހޯމް ކަރަންޓީނުގައި ހުރި އުމުރުން ފަސް އަހަރުގެ ކުއްޖެއް ކަމަށެވެ. ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވީ ކުއްޖާއ...

އަޙްމަދު ވަހީދު
އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް 📍 ހދ. ވައިކަރަދޫ

އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

ހދ. ވައިކަރަދޫއަށް އުފަން އާދަމް ވަހީދު (އެޑަމް) ގެ ބޭސިކް ވެބް ޑިވެލޮޕްމެންޓް އެންޑް ވެބް ޑިޒައިނިން ކުރުމުގެ އޮންލައިން ކޯހުގެ ބައިވެރިވެ، ވެބް ޑިވެލޮޕްމެންޓް، ވެބް ޑިޒައިން އަދި ވެބް ސޮފްޓްވެއާ ހެދުމުގެ ހުނަރު ދަސްކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ. ކާމިޔާބު ކަމާއިއެކު ދެ ބެޗަށް މި ކޯސް ފުރިހަމަކޮށްދިނުމަށްފަހު ތިންވަނަ ބެޗްގެ ކޯސް ފެށުމަށް މިހާރު އެޑަމްދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ކޯހުގެ ތިންވަނަ ބެޗް 05 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި […]

އިބްރާހިމް ޚަލީލް
ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...

ޔުމްނާ ޢަލީ
އިލެކްޓްރީޝަނުން ތަމްރީނުކުރުމަށް "ޔޫސީޓީއައި" އިން ވައިކަރަދޫގައި ކޯހެއް ހިންގަނީ 📍 ހދ. ވައިކަރަދޫ

އިލެކްޓްރީޝަނުން ތަމްރީނުކުރުމަށް "ޔޫސީޓީއައި" އިން ވައިކަރަދޫގައި ކޯހެއް ހިންގަނީ

އިލެކްޓްރީޝަނުން ތަމްރީންކުރުމަށް ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓް (ޔޫސީޓީއައި) އިން ވައިކަރަދޫގައި ކޯހެއް ހިންގުމަށް ނިންމައިފި އެވެ. މިއަދު ވައިކަރަދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓް އާއި ވައިކަރަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން” ކޯހެއް، ވައިކަރަދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފެންވަރު ނުވަތަ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާ...

އަލީ އާދިލް
ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސްތައް ކަނޑާތީ ކައުންސިލްގެ ކަންބޮޑުވުން 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސްތައް ކަނޑާތީ ކައުންސިލްގެ ކަންބޮޑުވުން

ހދ. ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސް ކެނޑާތީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކަނބޮޑުވުން ފާޅުކޮށްފި އެވެ. ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވުމުގެ މައްސަލަ ދިމާވެފައިވާ ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ގަސްތައް ކަނޑަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވައިކަރަދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް އެކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އެނގިވަޑައިގަންނަވާނޭފަދައިނ...

ހުސައިން ހަބީބް
ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް 📍 ހއ. ކެލާ

ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހެއް، ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެމިނިސްޓްރީއިން ބުނީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” (Brugueira hainesii) “ދިވެހިރާއްޖެއިން އަލަށް” ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއ...

މުޙައްމަދު މާއިލް ހަސަން
ވައިކަރަދޫގައި ބިންބި ތަޅާ މަންޒަރު: ފެންނަ ފެނުމަށް ވަރަށް ފަސޭހަ، ނަމަވެސް... 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ބިންބި ތަޅާ މަންޒަރު: ފެންނަ ފެނުމަށް ވަރަށް ފަސޭހަ، ނަމަވެސް...

ހދ. ވައިކަރަދޫއަކީ ޒަމާނުންސުރެއް ދަނޑު ހެއްދުމުގެ މަސައްކަތް ކުރާ ބިން ތަނަވަސް ރަށެކެވެ. ވަރަށް ފަހާ ޖެހެންދެންވެސް މުޅި މާލެއަށްހެން، 1970ގެ އަހަރުތަކާ ޖެހެންދެންވެސް ބިންބި އަދި އެހެން ބާވަތުގެ ކިތަންމެ ގޮވާމެއް ގެންދަނީ ވައިކަރަދޫ އިންނެވެ. ގޮވާންކުރުމަކީ، ވަކި ޖިންސެއް ވަކި އުމުރެއް ތަފާތެއް ނެތި ރަށުގެ ކުދި ބޮޑު ރައްޔިތުން ވަރަށް ކުރީއްސުރެ ވައިކަރަދޫގައި ދަނޑުވެރިން ކުރަމުން އައި ކަމެކެވެ. ގޮވާން ހެއްދުމަށް ކުރީ ޒަމާނުގައި އެރަށުގެ މީހުން ކައިރި އެހެން ރަށްރަށަށްވެސް ގޮސްފައިވެ […]

އަލީ އާދިލް
ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހދ. ވައިކަރަދޫ ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި ވަށާފާރު އަމިއްލަ ތަކެތީގައި ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވ...

ޔުމްނާ ޢަލީ
ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރެއަށް! 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރެއަށް!

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ފޮޓޯތަކުން ހާމަވެއްޖެއެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް “ތިލަދުން” އަށް ވިދާޅުވީ، ސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް މިއަދުވެސް މަޝްވަރާ ކުރެވި ޢަމަލީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާނެކަމަށެވެ. ކައުންސިލަރު އިތުރަށް ވިދާޅުވީ ކަނޑޫ ގަސްތައް މަރުވަމުންދާ ކަމަށާއި އެކަން އަދި ދެނެގަނެވިފައި ނުވާކަމަށެވެ. “ބޮޑަށް...

އަލީ އަހުސަން
📍 ހދ. ވައިކަރަދޫ

"އެގްރޯ ނެޓް" އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ވައިކަރަދޫ ކައުންސިލުން ހުޅުވާލައިފި

“އެގްރޯ ނެޓް” އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެގްރޯ ނޭޝަނަލް ކޯޕޮރޭޝަންއަކީ، މައިގަނޑު މަސައްކަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އާލާކޮށް، ދަނޑުވެރިން އުފައްދާ އުފެންދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓަށް ވިއްކުމާއި، އަދި ދިވެހިރާއްޖޭގެ ފުޑް ސަޕްލައި ޗެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށ...

އަލީ އާދިލް
ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި

ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައި...

އަލީ އާދިލް
ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ. ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެ...

އިބްރާހިމް ޚަލީލް
ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް 📍 ހދ. ވައިކަރަދޫ

ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް

މިދިޔަ މަހު  21 އަދި 22 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރި  މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫ ދަނޑުތަކަށް ލިބުނު ގެއްލުން ތިން ލައްކަ ރުފިޔާއަށް އަރާއިރު މިހާތަނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. “ތިލަދުން” އަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މައުލޫމާތު ދެމުން ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ދަނޑުވެރިންނަށް ލިބުނު ގެއްލުން ހޯދުމަށް ކުރެވުނު މަސައްކަތުގައި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގަ...

އަލީ އިބްރާހިމް
ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންތަށް ދީފައިވަނީ ވައިކަރަދޫގެ ފުރަތަމަ ކައުންސިލަރ އަޙަމަދު ހާޝިމް އަދި މިދައުރުގެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ގެ ބައްޕަގެ ދަނޑަށެވެ. އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ވައިކަރަދޫ ކައުނ...

ޖަލްވާން ޖާދުﷲ
ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ހދ. ވައިކަރަދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރީތި ހިތްގައިމު ރަށެކެވެ. ރީތިކަނޑޫފަލެއްވެސް އޮންނަ މިރަށުގެ ރީތިކަން މިފަހަރު އާންމުންނަށް ފެނިގެން މިދިޔައީ އެރަށުގެ ޒުވާނެއްކަމަށްވާ ނާއިފާ މީސްމީޑީޔާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ނާއިފާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ރަށުގެ އަންހެން ކަބަލުންގެ މުރާލިކަމާއި މަސައްކަތް ތެރިކަން ފެނިގެންދެއެވެ. އެގޮތުން ރޯނުވެށުމަށް ތައްޔާރު ވުމަށްޓަކައި ބޮނބި ފާކުރުމަށް ބަހައްޓާ މަންޒަރު ފެންނަ ފޮޓޯއަކީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ރޯނު، ރޯނަށް ވުމު...

އަޙްމަދު ވަހީދު