📍 ހދ. ވައިކަރަދޫ
"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު
ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން “ވީވައިސީ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައ...