މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި

މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި

މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި އެވެ. މިއަދު އިރު އޮއްސި 6:15 ހާއިރު މިކިނބޫ ފެނިފައިވަނީ ވައިކަރަދޫ ފުޓްސަލް ދަނޑާ ދިމާ އަތިރި މަތިން ޒުވާން ކުދިން ކޮޅަކަށްކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ބުނެފައި ވެއެވެ. މިއީ ކުޑަ ކިނބުލެއްކަމަށާއި ގާތްގަނޑަކަށް 4 ފޫޓް ބައި ހުންނާނެކަމަށް ނަސީމް ވިދާޅުވިއެވެ. މިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާކަމަށާއި ނަމަވެސް މަރުވެފައި ވުމުން ކިނބޫ ވަޅުލުމަށް އެފަރާތުން އެދޭކަމަށް ނަސީމް ވިދާޅުވިއެވެ.

އަލީ އާދިލް
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ 📍 ހދ. ވައިކަރަދޫ

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރު ބިމެއް ކުއްޔަށް ދޫކުރަން ވައިކަރަދޫ ކައުންސިލް އިން ނިންމައިފިއެވެ. މިމަހުގެ 17 ވަނަ ދުވަހު އެކައުންސިލްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަނދަރު ހުޅަނގު ދެކުނު ކޮޅުން ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް 1200 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައިވާކަމަށެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލ...

ޝިއުނާ އާދަމް
ހދ އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އިތުރު އެހީއެއް! 📍 ހދ. ވައިކަރަދޫ

ހދ އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އިތުރު އެހީއެއް!

ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003)  އަދި 5 ވަނަ ބެޗް (2005) ގެ ދަރިވަރުންގެ ފަރާތުން، ހދ އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން ތަކެތި ހަދިޔާކޮށްފިއެވެ. އެގޮތުން އެސުކޫލުން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003) ގެ ފަރާތުން 65′ ސްމާޓް ޓީވީއެއް އަދި ފުއްޕާހަމަށް ވައިޖަހާ ބުންބާއެއް ވަނީ ހަދިޔާކޮށްފައެވެ. 2005 ވަނަ އަހަރު އެސުކޫލުން ކިޔެވި 5 ވަނަ ބެޗްގެ ދަރިވަރުންގެ ފަރާތުންވެސް 65′ ސްމާޓް […]

އަލީ އާދިލް
ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާކުރަމުންދާ ވައިކަރަދޫ ޒާހިރުއަށް އެހީ ވެދެއްވާ! 📍 ހދ. ވައިކަރަދޫ

ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާކުރަމުންދާ ވައިކަރަދޫ ޒާހިރުއަށް އެހީ ވެދެއްވާ!

ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާހޯދަމުންދާ މުޙައްމަދު ޒާހިރު އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ދުވަހު ހދ. ވައިކަރަދޫގައި ދެ ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އިތުރު ފަރުވާއަށް މާލެ ގެންދެވި އައިޖީ އެމްއެޗްގައި...

އަލީ އާދިލް
ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 4 ވަނަ ބެޗް (2004) ގެ ދަރިވަރުންގެ ފަރާތުން 65' ސްމާޓް ޓީވީއެއް 📍 ހދ. ވައިކަރަދޫ

ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 4 ވަނަ ބެޗް (2004) ގެ ދަރިވަރުންގެ ފަރާތުން 65' ސްމާޓް ޓީވީއެއް

ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 4 ވަނަ ބެޗް (2004) ގެ ދަރިވަރުންގެ ފަރާތުން، ހދ އަތޮޅު މަދަރުސާއަށް 65′ ސްމާޓް ޓީވީއެއް ހަދިޔާކޮށްފިއެވެ. މިހަދިޔާއާއި ގުޅިގެން ތިލަދުންއަށް ދެއްވި ބަސްދީގަތުމެއްގައި އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ ބުނީ މިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ހދ އަތޮޅު މަދަރުސާގެ ހުރިހާ އިސް ދަރިވަރުންވެސް 2004 ވަނައަހަރުގެ ބެޗްގެ ކިބައިން ނަމޫނާ ނަގަން ޖެހޭކަމަށެވެ. 2004 ވަނަ އަހަރުގެ ބެޗް އިން މިދެއްކި ނަމޫނާ ބަލައިގަންނަނީ ޝުކުރު ވެރިކަމާއި […]

އަލީ އާދިލް
"ނަމާދު" މި މަޢުލޫއަށް ވައިކަރަދޫގައި ދަރުހެއް ވިޔެސް ޖަމިއްޔާއިން ބާއްވަނީ 📍 ހދ. ވައިކަރަދޫ

"ނަމާދު" މި މަޢުލޫއަށް ވައިކަރަދޫގައި ދަރުހެއް ވިޔެސް ޖަމިއްޔާއިން ބާއްވަނީ

“ނަމާދު” މި މަޢުލޫއަށް ވައިކަރަދޫގައި ވަރަށް ޚާއްސަ ދަރުހެއް ވިޔެސް ޖަމިއްޔާއިނަ ބާއްވަން ނިންމައިފިއެވެ. ވިޔެސް ޖަމިއްޔާއިން އިންތިޒާމްކުރާ މި ދަރުސް އޮންނާނީ 3 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ހދ އަތޮޅު މަދަރުސާގައެވެ. ދަރުސް ދެއްވާނީ ޢައްޝެއިޚް ޝުޢައިބު ނާޒިމް އެވެ. ވިޔެސް ޖަމިއްޔާއިން ބުނީ މިދަރުހަކީ ވައިކަރަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެޖަމިއްޔާއިން ކުރިޔަށް ގެންދާ ދަރުހެއްކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ހުސައިން ހަބީބް
ފިއްޓޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި 📍 ހދ. ވައިކަރަދޫ

ފިއްޓޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދާއިރާގައި ކުރެވޭ މަސައްކަތް ހިއްސާ ކުރެއްވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ވައިކަރަދޫގައެވެ. ވައިކަރަދޫގައި މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ސުލައިމާނިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައެވެ. ނެއްލައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. މިބައްދަލުވުން...

ޔުމްނާ ޢަލީ
ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ 📍 ހދ. ވައިކަރަދޫ

ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ

ރާއްޖޭގައި ހަމުގެ ބަލިތަކަށް ހާއްސަވި އެންމެ ފުރަތަމަ އެއް ޑޮކްޓަރު ކަމުގައިވާ، ޑރ. މުހައްމަދު އާދިލް ރަޝީދު ނިޔާވެއްޖެ އެވެ. ޑރ. އާދިލް ރަޝީދުއަކީ ހދ ވައިކަރަދޫ ޖޭމުގޭ އަބްދުﷲ ހުސައިންގެ އިބްރާހިމް ރަޝީދު ގެ ދަރިކަލެކެވެ. އުމުރުން 52 އަހަރުގައި ޑރ. އާދިލް ނިޔާވެފައި ވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮންނެވެ. ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މަސްޖިދުގައެވެ. […]

ޔުމްނާ ޢަލީ
އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި 📍 ހދ. ވައިކަރަދޫ

އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި

ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު އަދިވެސް ހޭ ނާރާ ކަމަށެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ. ދެ ސައިކަލެއް ޖެހިގެން އިއްޔެ ހަވީރު ހިނގި އެކްސިޑެން...

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި އެކްސިޑެންޓުވި މީހާ ސިކުނޑިއަށް ލޭ އެޅި އިތުރު ފަރުވާއަށް މާލެ ފޮނުވަނީ

މިއަދު ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި  ހާލު ސީރިއަސްވި މުޙައްމަދު ޒާރިހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަޙްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމާއި  ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ...

ޔުމްނާ ޢަލީ
ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު 19:01 ކަންހާ އިރު ވައިކަރަދޫގައި 2 ސައިކަލު ޖެހި އެކްސިޑެންޓް އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މައްސަލައިގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސްއެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓް 48 އަހަރު މީހާގެ ބޯ ފަޅައިގެން ގ...

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހަވީރު ވައިކަރަދޫގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާ މިހާރުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސަޕިޓަލްއަށް އަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. ވައިކަރަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެސައިކަލެއް ޖެހި އެވެ. މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ދެމީހުންނަށްވެސް އަނިޔާވެ ވައިކަރަދޫ ސިއްހީ މަރުކަޒުގައިވަނ...

ޔުމްނާ ޢަލީ
ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި

މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ އަށް ދަތުރު ކުރާ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފިއެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް ކުރި މި ދަތުރުތައް ފަށާފައި ވަނީ މިއަހަރުގެ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އަބްދުއްލަތީފް ހަސަން އަށް، އެޑްރެސްކުރައްވާ 28 ނޮވެމްބަރ ގައި އެމްޓީސީސީއިން ފޮނުވާފައިވާ ސިޓީއެއް ވަނީ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ފޭސްބުކްއަށ...

އިބްރާހިމް އަސްވާޤް
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލް ކަޕް ފެށިގެން ކުރިޔަށް

ވައިކަރަދޫ ކައުންސިލް ކަޕް ފަށައިފިއެވެ. 7 ޓީމު ބައިވެރިވި މި މުބާރާތް ފަށާފައިވަނީ އިއްޔެއެވެ. ކޮންމެ ދުވަހަކު 3 މެޗު ކުޅެން ހަމަ ޖެހިފައިވާ މިމުބާރާތުގެ ގުރޫޕް ސްޓޭޖް ނިމި ސެމީފައިނަލް ކުޅެން ހަމަ ޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. 4 ގުރޫޕްއަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ 20:00 ގައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކިއު1 މޯލްޑިވްސް އެވެ. ސަޕޯޓަޑް ބައި ބަޒް ސްޕޮޓް އެވެ. މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް -/6000 ރުފިޔާ ދޭން […]

އިބްރާހިމް އަސްވާޤް
ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި 📍 ހއ. ބާރަށް

ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި

ހއ.ކެލާ، ހއ ބާރަށް އަދި ހދ.ވައިކަރަދޫގެ އިތުރުން 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ކުރި ޓްވީޓެއްގައި ފެނާ ނަރުދަމާ ހެދުމަށް ހަމަޖެހިފައިވާ 34 ރަށެއް ކަނޑައަޅާފައިވާއިރު ހއ ކެލާ އަދި ބާރަށުގައި ފެންޕްލާޓެއް ގާއިމް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހދ.ވައިކަރަދޫގައި ފ...

ފާތިމަތު ސިނާޒާ