📍 ހދ. ވައިކަރަދޫ
ކޯވިޑް-19: އައިސޮލޭޝަނުގައި ހުރި ވައިކަރަދޫ މީހަކު ނިޔާ ވެއްޖެ
ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި އުމުރުން 89 އަހަރުގެ ހދ. ވައިކަރަދޫ އަންހެނަކު ނިޔާ ވެއްޖެއެވެ. ނިޔާވެފައި ވަނީ ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 6:20 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޯވިޑް ބަލީގެ އިތުރު މީހަކު ނިޔާ ވުމާއިއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 7 އަރާފައެވެ. ކުރިން މިބަލީގައި ވަނީ 3 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން […]