މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް އިއްޔެ ހަވީރު ހުޅުވައިފިއެވެ. އިއްޔެ ހަވީރު 17:00 ހާއިރު ކުމުންދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ. މި މޮނިއުމަންޓަކީ ކުމުންދޫ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މޮނިއުމެންޓެކެވެ. މި މޮނިއުމެންޓްގައި ކުމުންދޫ ނަމުގައި ހިމެނޭ ތާނަ އަކުރުތައް ވަކިން ހަދާފައިވާއިރު، އަކުރުތައް މަތީގައި ބައިގައި ފިލިތައް ވެސް ކަނޑާނަގާފައިވެއެވެ...

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް 📍 ހދ. ކުމުންދޫ

ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫގެ ޓްރޭނާސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ރަށުގައި ތަށި ބެހެއްޓުމުގެ އަޒުމުގައި ނުކުތް ނައިވާދޫ ޗެމްޕިއަންކަން ހޯދީ ދެ ތަށި ރަށަށް ގެންދިޔުމުގެ އުންމީދުގައި ނުކުތް ކުމުންދޫގެ ބީޗު ސިޓީ 2-0 އިން ބަލިކޮށްގެންނެވެ. ނައިވާދޫގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގައި ވެސް އިތުބާރާއެކު ކުޅެމުން އަނ...

ޔުމްނާ ޢަލީ
ކުމުންދޫ ދެ ތަށީގެ އުންމީދުގައި، ފުރަތަމަ ތަށި ހޯދައިފި 📍 ހދ. ނޮޅިވަރަންފަރު

ކުމުންދޫ ދެ ތަށީގެ އުންމީދުގައި، ފުރަތަމަ ތަށި ހޯދައިފި

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ކުމުންދޫގެ ކުމުންދޫ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ކުމުންދޫ ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި 2-1 އިން ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ސްޕޯޓްސް ބަލިކޮށްގެންނެވެ. މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑް ނެގީ ވެސް ކުމުންދޫއެވެ. އެލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 13 ސާއިދާ މޫސާ އެވެ. ސާއިދާ މި ލަނޑު ޖަހައިދިނީ އެލީ […]

ޔުމްނާ ޢަލީ
މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް 📍 ހދ. ކުމުންދޫ

މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވެ ކުމުންދޫގެ ބީޗް ސިޓީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ. ބީޗު ސިޓީ ފައިނަލަށް ދަތުރުކުރީ ރޭ ނައިވާދޫގައި ކުޅެވުނު ސެމީގެ މެޗުގައި 2-0 އިން ކުޅުދުއްފުށީ ސިޓީގެ މަގުލަސްކްލަބް ބަލިކޮށްގެންނެވެ. މި މެޗުގައި ކުމުންދޫ ބީޗު ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ނެގި ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޖާޒީ ނަންބަރު […]

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް 📍 ހދ. ކުމުންދޫ

ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހަނިމާދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ކުމުންދޫ ސްޕޯޓްސް ކްލަބް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުމުންދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި 0-4 އިން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗު ފަށައި މެޗުގެ 4 ވަނަ މިނިޓްގައި ކުމުންދޫ އިން ވަނީ ލަނޑުޖަހައި ލީޑް […]

ޔުމްނާ ޢަލީ
ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމަށާއި، އެއަތޮޅު މުރައިދޫ އާއި ހއ. ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުން ހިމެނޭހެން 8 ރަށެއްގެ 8 މަޝްރޫޢުއެއްގެ މަސައްކަތް ހަވާލުކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ށ. ފީވަކުގައއި ފުޓްބޯޅަދަނޑެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދ...

އައިޝަތު އައިނީ އާމިރު
ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި 📍 ހދ. ކުމުންދޫ

ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ކުމުންދޫގެ ތިން ދަނޑަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ، ދަނޑުތަކަށް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ. ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، “ތިލަދުން” އަށް ވިދާޅުވީ، ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަމަށާއި، ގެއްލުންދިން ތިން ދަނޑުން ވެސް އެންމެ ބޮޑަށް ހަލާކުކޮށްލާފައިވަނީ ކަރާ ދަނޑުތަށް ކަމަށެވެ. މިކަން އެނގިފައިވަނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑުތަކަށް ދިއުމުންނެވެ. މިގޮތުން ދަނޑުތަކުގައި ކަރާތައް ފަޅާ ޗިސްކޮށް، މުޅި ދަނޑަށް އުކާލާފައިވާކަމަށް ފާހ...

އައިޝަތު އައިނީ އާމިރު
ނަސްރު ބޯޓުން ސަލާމަތް ކުރެވުނު ބައެއް ތަކެތި ނޭކުރެންދޫއަށް ގެންގޮސްފި 📍 ހދ. ކުމުންދޫ

ނަސްރު ބޯޓުން ސަލާމަތް ކުރެވުނު ބައެއް ތަކެތި ނޭކުރެންދޫއަށް ގެންގޮސްފި

މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔަ ނަސްރު ބޯޓުން ސަލާމަތް ކުރެވުނު ބައެއް ތަކެތި ހދ. ނޭކުރެންދޫ އަށް ގެންގޮސްފި އެވެ. ނޭކުރެންދޫ ކައުންސިލުން މިއަދު ބުނެފައިވަނީ، އެރަށާއި ހދ. ކުމުންދޫ، ހދ، ކުރިނބީ އަދި ހދ. ވައިކަރަދޫ ރައްޔިތުންގެ ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. 2.5 ނުވަތަ 3 މިލިޔަން ރުފިޔާގެ އަގު ހުރި މުދަލާއި އެކު އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދުގައި، ޅ. އަލިގާގެ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ބަށި މުބާރާތް - ހދ.އަތޮޅު ލީގްގެ ޗެމްޕިއަންކަން ކުމުންދޫ އަށް 📍 ހދ. ކުމުންދޫ

ކުޅުދުއްފުށީ ބަށި މުބާރާތް - ހދ.އަތޮޅު ލީގްގެ ޗެމްޕިއަންކަން ކުމުންދޫ އަށް

ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025″ގެ ޗެމްޕިއަންކަން ކުމުންދޫގެ ކްލަބް ސަމާ ހޯދައިފިއެވެ. މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، […]

ޔުމްނާ ޢަލީ
ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފި

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ހދ. ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފިއެވެ.  އެގޮތުން ކުމުންދޫ އުސްކުންނައަކީ އުސްވެލިގަނޑެއްގެ ގޮތުގައި ފެންނަން ހުރި ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މީހުން އަޅުކަން ކުރަން ގެންގުޅު ތަކެތި ފޮރުވާފައި ހުރި ތަނެއް ކަމަށްވުން ބެލެވެއެވެ. 2004 ވަނަ އަހަރު އެކުލަވާލި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ކުމުންދޫގެ އާސާރީ ތަންތަނުގެ ގޮތުގައި ގެނެވިފައި މި އުސްކު...

އައިޝަތު އައިނީ އާމިރު
ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ

ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...

ޔުމްނާ ޢަލީ
ކުމުންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް  އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ. 102 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައ...

ޔުމްނާ ޢަލީ
ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […]

ޔުމްނާ ޢަލީ
ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ...

އައިޝަތު އައިނީ އާމިރު
ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް https://forms.cloud.microsoft/r/STZwacjBnD މެދުވެރިކޮށް ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށެވެ. އ...

އައިޝަތު އައިނީ އާމިރު