📍 ހދ. ކުޅުދުއްފުށި
އިތުރު 2 މީހަކު ކުޅުދުއްފުށިން ޕޮޒިޓިވްވެއްޖެ
ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުން އިތުރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވާ ފާޅު ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި ނެގުނު 11 ސާންޕަލް އިން ޕޮޒިޓިވްވެފައިވާ 2 ފަރާތެވެ. 9 މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ޕޮޒިޓިވްވި 2 މީހުންގެ އުމުރަކީ އުމުރުން 23 އަހަރާއި 54 އަހަރުގެ ދެފިރެހެނުން ކަމަށް މަޢުލޫމާތު ލިބިފައިވެ […]