16 ގަޑިއިރުގެ ދިގު ދަތުރެއްކޮށް އެކި އެކި ޚިދުމަތްތައް ހޯދުމަށް އއ އަތޮޅުން ގިނަބަޔަކު ހދ. ކުޅުދުއްފުށި ސިޓީއަށް ގޮސްފި އެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގައި، ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރުން އުނދަގޫވުމުން ސިއްހީ ބޭނުންތަކަށާއި އެހެނިހެން ޚިދުމަތް ހޯދުމަށް އެކި އަތޮޅު ތަކުން ދަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތް ކުރަމުންނެވެ. އެގޮތުން މިއަދު އއ. ބޮޑުފުޅަދޫ އާއި މަތިވެރިން ވެސް ގިނަ ބަޔަކު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާފަ އެވެ.

Ad
rt
މަތިވެރިން އައިސްފައިވަނީ މުދާ އުފުލާ ބޮޑު ބޯޓެއްކަމަށްވާ ނަސްރު 5 ނަމަކަށް ކިޔާ ދޯންޏެކެވެ. މިދަތުރުގެ މައިގަނޑުގޮތެއްގައި ދަތުރު ކުރި ގިނަބަޔަކު ހޯދާފައިވަނީ ސިއްހީ ޚިދުމަތް ތަކެވެ.

މީގެ ކުރިން އއ އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދުމަށް ދަނީ މާލެ އެވެ. އަބަދުވެސް އެރަށްތަކާއި މާލެއާ ދެމެދު ލޯންޗު ދަތުރުތައް އޮވެ އެވެ. ނަމަވެސް މާލެއަށް އަރައި ފޭބުން ދަތިވުމުން ލޯންޗު ފެރީ ބާއްވާ ފަރާތްތަކަށްދަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ދުރު އަތޮޅުތަކުން ބޭސްފަރުވާއަށް އަންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންނެވެ.
ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ހުރިހާ ރައްޔިތުންހެން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.