މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ސްޕީޗް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފިއެވެ. ‘ބުލްބުލް ތެރަޕީ ސެންޓަރު’ ގެ ނަމުގައި މި ސެންޓަރު ހުޅުވާފައިވަނީ މި ހިނގާ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން އެ ސެންޓަރު ހިިންގެވުމާއި ހަވާލުވެހުންނެވި އަހްމަދު އަބްދުއްރަހީމް ވިދާޅުވީ މި ވަގުތު ހިދުމަތް ދެމުން ދަނީ އެންމެ ޑޮކްޓަރަކާއެކުގައި ކަމަށާއި ނަމަވެސް މި މަހުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ގެންނާނެ ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިއީ 2023 ވަނަ އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އެ ސިޓީގައި ބާއްވާތީ އެއްކުރާ މައުލޫމާތު ކަމަށެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މި ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވާތީ، މި މުއްދަތުގައި އެ ސިޓީއިން ދުވަހު […]

މުޙައްމަދު އަފްރާޙް
މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން 📍 ހދ. ކުޅުދުއްފުށި

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ...

މުޙައްމަދު
ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ހދ. އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ސިރާޖު އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ. ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ހދ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށި ސިޓީގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް […]

އަލީ އާދިލް
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯޅަ ޗެލެންޖް ފަށާ ތާރީޚް ބަދަލުކޮށް، އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯޅަ ޗެލެންޖް ފަށާ ތާރީޚް ބަދަލުކޮށް، އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީފި

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެސް އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ޑަބްލިއުޑީސީން ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. މުބާރާތުގައި އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީ މުބާރާތް ފަސްކުރިކަން އިއުލާން ކުރީ މި ހަފްތާ އަންގާރަ ދުވަހުއެވ...

އިބްރާހިމް ޚަލީލް
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާކުރަން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާކުރަން ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ހައުސިން ޔުނިޓުތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާކުރަން ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ އެ ހާދިސާގައި އެތަނުގައި މަަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މި ފަރާތްތަކަށް އަންނައުނު ހަދިޔާކުރަން ބޭނުންވާ ބޭފުޅުން ބޮޑެތި ފިރިހެނުންގެ ޓީޝާޓާއި ސޯޓު އަދި ގަމީހާއި ފަޓުލޫނު ފަދަ އަންނައުނު ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީގައި ހަދަ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހަކަށް އެހީވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހަކަށް އެހީވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހާލުގައި ޖެހުނު 7 މީހުންނަށް އެހީވަމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި ހުންނަ “ރޯނުގެ” ނަމަކަށް ކިޔާ ގޭގައި ކަމަށާއި އެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކެއުންބުއިމުގެ އިންތިޒާމު ވެސް ހަމަޖައްސަވައުދެއްވަމުން އަންނަކަމަށް ވިިދާޅުވިއެވެ. އެގޮތުން ހާޅުގައ...

މުޙައްމަދު އަފްރާޙް
ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ: އާތިފް

ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ: އާތިފް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ކަންކަމުގައި ސަރުކާރާއި ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދި ޕާތީތަކަށާއި އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުލީ ގިނަ ރައްޔިތުން ދެވަނަ ބުރުގައި ޕިއެންސީ އަށް ވޯޓުދީފާނެ ކަމަަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ފެކް...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ވަނީ މީގެ ދެމަސްކުރިން ވެސް ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. 76 މިލިއަން އެމެރިކާ ޑޮލަރަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 30 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ. އެ ދެ ރަށުގައި ވެސް އެޅުމަށް ނިންމާފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރ...

މުޙައްމަދު އަފްރާޙް
އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއްބިލިއަނަށް ވުރެ މަތިވާނެ: އާތިފް 📍 ހދ. ކުޅުދުއްފުށި

އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއްބިލިއަނަށް ވުރެ މަތިވާނެ: އާތިފް

ދަ ޑިމޮކްރެޓްސް ގައި ހުންނެވުމަށްފަހު އަލުން އަނބުރާ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅުމަށް ހެދި ޑީލަކީ އެއް ބިލިއަނަށް ވުރެ މަތީގެ ޑީލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށް ވުރެ މަތިވާނެކަން ހާމަކުރައްވާ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މައްސަލައަކީ އެ […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމެއް

ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކޮށް އެނިޒާމު ހިންގާ ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މެދުގައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެނިޒާމް ދެމެހެ...

އަޙްމަދު ވަހީދު
ގިނަ ހަރަކާތްތަކަކާއެކު، ހިއުމެނިޓޭރިއަން ފެސްޓިވަލް މާދަމާ ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

ގިނަ ހަރަކާތްތަކަކާއެކު، ހިއުމެނިޓޭރިއަން ފެސްޓިވަލް މާދަމާ ކުޅުދުއްފުށީގައި

ދިވެހި ރެޑް ކްރެސެންޓްގެ 14 ވަނަ އަހަރީ ދުވަހާއި، ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ބާއްވަމުން އަންނަ އާއިލީ ހަވީރު، މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ. ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ. މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހ...

އިބްރާހިމް އަސްވާޤް
ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް، ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް، ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ: މޭޔަރު އާތިފް

ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަލުން ގުޅިވަޑައިގަތުމަށްފަހު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އޭނާ ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ...

މުޙައްމަދު އަފްރާޙް
މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް 📍 ހދ. ކުޅުދުއްފުށި

މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ. މިރޭ އެމްޓީޕީން ކުރި ޓުވީޓެއްގައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ⁦‪ޔާސިރު ލަތީފް އާއި‬⁩, އެ ސިޓީގެ މޭޔަރ ⁦‪އަދި‬⁩, ޑެޕިއުޓީ މޭޔަރަ އަދި 3 ކައުންސިލަރުން ސޮއި ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ އަކްރަމް މުޙައްމަދުވެސް އަލިން އެޕާޓީއާއި ގުޅިފައިވާ ކަމަށެވެ. ކުޅުދުއް...

އަލީ އާދިލް