📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި ވަނީ އެ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް، އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިގޮތުން ކުޅުދުއްފުށީގެ “މަބު...