މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކޭއާރުއެޗުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އިމަރޖެންސީ ރޫމް (އީ.އާރު) މިއަދު ހުޅުވައިފިއެވެ. މިތަންތަން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޠިމާ ޢަލީއެވެ....

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިޓީގެ އަސާސީ މުދަލުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރަން ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިޓީގެ އަސާސީ މުދަލުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރަން ނިންމައިފި

އިރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ކުޅުދުއްފުށީ ސިޓީގައި ބޭނުންކުރާ ތެޔޮ، ގޭސް، ފެން އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 18 މާރޗް 2026 ގައި ބޭއްވުނު އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 6 ވަނަ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން: ޚަރަދު ކުޑަކުރުމާއި ހޭލުންތެރިކަން އި...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ އީޖާދީ ވިސްނުމުގެ ކައުންސިލެއް: ޝިޔާމް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ބިނާކުރުވަނިވި އަދި އީޖާދީ ވިސްނުމުގެ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އިއްޔެ އެ ސިޓީއަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެ...

އަލީ އާދިލް
ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން މީސް މީޑިއާގައި ކުރި ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގައި ހައުސިން ޔުނިޓް މަޝްރޫއު ފަ...

ޔުމްނާ ޢަލީ
ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އެންމެހާ ބީލަންތަކާއި ބެހޭ ތަފްޞީލު މަޢުލޫމާތުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ. މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ގިނަ ހުށަހެޅުންތަކަކަށް ޖަވާބުދާރީވުމުގެ ގޮތުންނާއި، ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކަށް ހެދުމަށް އެޅުނު ފިޔަވަޅެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ހާމަކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް"އަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް"އަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ގްރާންޓް ދޫކުރުމުގެ މައިގަނޑު މަޤުސަދަކީ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމާއި، ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަންކަމަށް އެއްބާރުލުން ދިނުމެވެ. މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ

ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރެއް އޮތްކަން ހާމަކުރައްވައި ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިއްބައިދެވޭ އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހެދުމަކީ އަމާޒެއްކަމަށް ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހ...

އައިޝަތު ޢާދަމް
އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު 📍 ހދ. ކުޅުދުއްފުށި

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން...

އައިޝަތު ޢާދަމް
ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް އެ ސިޓީގެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ދުވަސްވަރު ރަށުތެރޭގައި މަދިރި ގިނަވެފައިވާތީ މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މަދިރިބޭސް (އެބޭޓް) ހޯދާފައިވާ ކަމަށެވެ. މިގޮތުން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭނެ ކަމަށް ބެލެވޭ ތަންތަނަށް މިތަކެތި އެޅުމުގެ މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށާއި، ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު 10:00 ގައި ކުޅުދުއްފުށީ ސިޓީގެ އެން.އޯ.ސީ އިމާރާތުގެ ލަގޮނޑި މާލިމީ މާލަމުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި، ސްކީމް ކާމިޔާބު ކުރި ފަރާތްތަކާއިއެކު ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޭޔަރ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބެއް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބެއް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލައިފި

ކުޅުދުއްފުށި ސިޓީގެ މަށި ކުޅިއަށް ދޫކޮށްލާފައިވާ ކަހަނބެއް ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް މިއަދު އަނބުރާ ދޫކޮށްލައިފިއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މިގޮތަށް ދޫކޮށްލާފައިވަނީ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ”Hawksbill Sea Turtle” އެއް ކަމަށެވެ. މި ކަހަނބަކީ ނެތިދިއުމުގެ ބިރު އޮތް، ރާއްޖޭގައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ދިރުމެކެވެ. މި ކަހަނބު ސަލާމަތްކޮށް ގުދުރަތީ މާހައުލަށް ދޫކޮށްލުމަށް ކުރެވުނު މަސައްކަތުގައި ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ލިބުނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''ބޮޑަވަކި އަތިރި'' ވަރަށް ޗާލު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''ބޮޑަވަކި އަތިރި'' ވަރަށް ޗާލު

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ)ގެ ފަރާތުން އެ ސިޓީގެ ”ބޮޑަވަކި އަތިރި” ރަސްމީކޮށް ހުޅުވާލައިފިއެވެ. ހޯމަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ބޮޑަވަކި އަތިރި ރަސްމީކޮށް ހުޅުވައިދީފައި ވަނީ ވެސް ކުޅުދުއްފުށި ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ. ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ސިޓީގެ ި ބޮޑަވަކި އަތިރީގައި ވަރަށް ޗާލު ބީޗު ހަޓުތަކެއް ހަދައިދީފައެވެ. އަދި އެތަނުގައި ޖޯލިތައް ވެސް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް

ކުށުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހު ކުށްތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފުލުހުންނާއި ރައްޔިތުންނާ ދެމ...

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި 📍 ހދ. ކުޅުދުއްފުށި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި...

ޔުމްނާ ޢަލީ