މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލް މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ޕަރފޯމަންސް މެނޭޖްމަންޓް ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި 3 މިނިޓު

ކުޅުދުއްފުށި ސިޓީ ކައުންސިލް މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ޕަރފޯމަންސް މެނޭޖްމަންޓް ތަމްރީނެއް

ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، ހުނަރު އިތުރުކުރުމަށް ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ޚާއްޞަ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ. މި ތަމްރީނުގެ މައިގަނޑު އަމާޒަކީ ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ.

ފާތިމަތު ސަޙާ
ވިއްސާރައިގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ 📍 ހދ. ކުޅުދުއްފުށި 2 މިނިޓު

ވިއްސާރައިގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީއާއި އެ އަތޮޅު ނޮޅިވަރަމްގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންދާތީ ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ޝިއުނާ އާދަމް
ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުއައްސަސާތަކުގެ ވެރިން ހޭލުންތެރިކުރުވަން ކުޅުދުއްފުށީގައި ސެޝަނެއް 📍 ހދ. ކުޅުދުއްފުށި 1 މިނިޓު

ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުއައްސަސާތަކުގެ ވެރިން ހޭލުންތެރިކުރުވަން ކުޅުދުއްފުށީގައި ސެޝަނެއް

ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ރީސްޓޯރޭޓިވް ޖަސްޓިސްގެ އަސާސްތަކަށް ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޝިއުނާ އާދަމް
ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ގެންދިއުމުގެ އުމްރާނީ ކުރިއެރުންތައް އެކްސްޕޯގައި ދައްކާލައިފި 📍 ހދ. ކުޅުދުއްފުށި 1 މިނިޓު

ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ގެންދިއުމުގެ އުމްރާނީ ކުރިއެރުންތައް އެކްސްޕޯގައި ދައްކާލައިފި

ތިންވަނަ ހެލްތު އެންޑް ފެމެލީ އެކްސްޕޯގެ ތެރެއިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ރާވާފައިވާ ޕްލޭންތަކާއި އުމްރާނީ ވަސީލަތްތަކަށް ގެންނަ ކުރިއެރުންތައް އާންމުންނަށް ދައްކާލައިފިއެވެ.

ފާތިމަތު ސަޙާ
އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސިއްރުކުރި މަންމަގެ 18 އަހަރުގެ ހުކުމް ދަމަހައްޓައިފި 📍 ހދ. ކުޅުދުއްފުށި 1 މިނިޓު

އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސިއްރުކުރި މަންމަގެ 18 އަހަރުގެ ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކޮށްދީ އެކަން ސިއްރުކުރި މައްސަލައިގައި ކުޅުދުއްފުށީ އަންހެނަކަށް އިއްވި 18 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ. މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުގެ ހުކުމް ބާތިލުކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ޝިއުނާ އާދަމް
ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ހިންގަން ހުޅުވާލި ބީލަމުގެ ސުންގަޑި އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި 1 މިނިޓު

ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ހިންގަން ހުޅުވާލި ބީލަމުގެ ސުންގަޑި އިތުރުކޮށްފި

ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިތުރުކޮށްފިއެވެ.

ފާތިމަތު ސަޙާ
އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ޕޯޓުން ވިޔަފާރި ފޯރަމެއް 📍 ހދ. ކުޅުދުއްފުށި 1 މިނިޓު

އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ޕޯޓުން ވިޔަފާރި ފޯރަމެއް

އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ޕޯޓުން ބާއްވާ ޚާއްޞަ ވިޔަފާރި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފޯރަމްގައި ޕޯޓުން ލިބެންހުރި ފުރުޞަތުތަކާއި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

އަޙްމަދު ވަހީދު
ޗައިލްޑް އެބިއުޒްޕްރިވެންޝަން ސޮސައިޓީން ކުޅުދުއްފުށީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި 2 މިނިޓު

ޗައިލްޑް އެބިއުޒްޕްރިވެންޝަން ސޮސައިޓީން ކުޅުދުއްފުށީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ކުޑަކުދިންގެ އަޚްލާޤާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެ މުޢާމަލާތްކުރާނެ ގޮތްތަކަށް ހޭލުންތެރިކުރުމަށް ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީން ކުޅުދުއްފުށީގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ފާތިމަތު ސަޙާ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި 📍 ހދ. ކުޅުދުއްފުށި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ

ފާތިމަތު ސަޙާ
48 ބުޅަލެއް ނިއުޓާކޮށް އަލުން ވެއްޓަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކޭމްޕް ކާމިޔާބު 📍 ހދ. ކުޅުދުއްފުށި

48 ބުޅަލެއް ނިއުޓާކޮށް އަލުން ވެއްޓަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކޭމްޕް ކާމިޔާބު

ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން، 48 ބުޅާ ހިފައި، ނިއުޓާ އަދި ސްޕޭ ކުރުމަށްފަހު، ސިއްހީ ފަރުވާދީ އަލުން ވެއްޓަށް ދޫކޮށްލައިފިއެވެ. މި މަސައްކަތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން “ޓްރެޕް، ނިއުޓާ، ރިލީޒް” ގެ ނަމުގައި ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 […]

ފާތިމަތު ސަޙާ
ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ، ރައްކާތެރިވާން އިލްތިމާސްކޮށްފި 📍 ހދ. ކުޅުދުއްފުށި 2 މިނިޓު

ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ، ރައްކާތެރިވާން އިލްތިމާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މި ފަދައިން އަންގާފައިވަނީ، ކުޅުދުއްފުށީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ތަޢައްޔަރުވެފައިވާ ވައިގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ސިއްހީ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތ

ފާތިމަތު ސަޙާ
ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި 📍 ހދ. ކުޅުދުއްފުށި

ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދެއްވުމަށް ޑޮކްޓަރަކު ބައްލަވަން ފަށްޓަވައިފިއެވެ. މި ޚިދުމަތް ފަށްޓަވާފައިވަނީ ކުޑަކުދިންގެ ނާރުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް، ޑރ. އާމިނަތު އަބޫބަކުރެވެ. ކޭއާރްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އާމިނަތު އަބޫބަކުރު މިހާރު ވަނީ އެ ހޮސްޕިޓަލާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ އޯޕީޑީގައި ބަލިމީހުން ބައްލަވަން ފަށްޓަވައި، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަންތައް ދެއްވަން ފައްޓަވާފައެވެ. އ...

ފާތިމަތު ސަޙާ
ފޮޓޯގްރަފީގެ ހުރިހާ ވަނައެއް ސާމިޔާއަށް: އުފެއްދުންތެރިކަމުގެ މައުރަޒުން ކުޅުދުއްފުށީގެ ތިން ފަންނުވެރިއަކަށް ގިނަ އެވޯޑްތަކެއް 📍 ހދ. ކުޅުދުއްފުށި

ފޮޓޯގްރަފީގެ ހުރިހާ ވަނައެއް ސާމިޔާއަށް: އުފެއްދުންތެރިކަމުގެ މައުރަޒުން ކުޅުދުއްފުށީގެ ތިން ފަންނުވެރިއަކަށް ގިނަ އެވޯޑްތަކެއް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ކުޅުދުއްފުށި ސިޓީއިން ވާދަކުރި ތިން ފަރާތަކުން މައުރަޒުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށް އެވޯޑު ހޯދައިފިއެވެ. ކުޅުދުއްފުށި ސިޓީން މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވަނަތަކެއް ހާސިލުކޮށްފައިވަނީ އެ ރަށު ރެޑިއަމްގޭ ސާމިޔާ އާދަމްއެވެ. ސާމިޔާ ވަނީ މައުރަޒުގެ ފޮޓޯގްރަފީ ދާއިރާއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދައި، އެ ދާއިރާގެ ހުރިހާ ވަނައެއް ފުރިހަމަކޮށްފައެވެ. މ...

ފާތިމަތު ސަޙާ
ވިއްސާރައިގައި ފެންބޮޑުވެ، ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ބަންދުކޮށްފި 📍 ހދ. ކުޅުދުއްފުށި

ވިއްސާރައިގައި ފެންބޮޑުވެ، ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ބަންދުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމާ ގުޅިގެން، އެ ތަން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ކޮމިއުނިޓީ ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ވިއްސާރައިގައި އެ ސެންޓަރުގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ތަން އަލުން ހުޅުވުމުން އެކަން ރައްޔިތުންނަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ގިނަ ސަރަހައްދުތަކެއްގައި...

ފާތިމަތު ސަޙާ