މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ.ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިއީ ފެނަކައިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިޢުލާން ކޮށްފައި ވަނީ ފާއިތުވި އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ […]

އިބްރާހިމް ޚަލީލް
ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ...

ޙުސައިން ޝަހުދީ
ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 01 ޑިސެމްބަރ 2021 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހުށަހެޅުމުގެ […]

އިބްރާހިމް ޚަލީލް
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް 📍 ހދ. ނޮޅިވަރަމް

ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަމަށް ވެސް ގެންގޮސްފިއެވެ. ފުރަތަމަ މި ދަންމަރު ގެންދިޔައީ ނޮޅިވަރަންފަރަށެވެ. އެއަށްފަހު މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ދުވުން ފެށީ އެ ރަށުގެ ބަނދަރުންނެވެ. އެ ދުވުން ނިންމާލީ އެރަށުގެ ސިއްހީ މަރުކަޒު ކައިރިއަށެވެ. ދަންމަރު ހިފައިގެން ދަތުރުކުރާ މޯލްޑިވްސް އޮލިމް...

ޙުސައިން ޝަހުދީ
ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ. އެ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި އަދި ގޯލް ފެންސްޖަހާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ 10 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމަށް އެއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވ...

އައިޝަތު ނަސާޔާ
ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް

ހދ. ނޮޅިވަރަމުގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއްގައި، ކޯވިޑާއި ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންގޮސް ކުޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ. މި މައްސަލަ ކުރިމަތިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހިގެ ނިޔަލަށް އެ ރަށުގައި ކުރިއަށްދިޔަ އިންޓް އޮފީސް ވޮލީބޯޅަ މުބާރާތް 2021 ގައެވެ. މި މައްސަލައާއި ގުޅިގެން 20 ޑިސެމްބަރ 2021 ގައި ނޮޅިވަރަމު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިންޓަރ އޮފީސް […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ނިންމާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހުގެ ނިންމުމުގެ ރަސްމިއަޔާތު 16 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ދެ ކަނބަލުންނެވެ. 20 ނޮވެމްބަރ 2021 އިން ފެށިގެން 15 ޑިސެމްބަރ 2021 ގެ ނިޔަލަށް ނޮޅިވަރަންފަރުގައި […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާ...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ނޮޅިވަރަމްގައި އެރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިދިޔަ ނޮވެމްބަރު 25 އިން 30 އަށް، ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ އިދާރާގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ނޮޅިވަރަމްގެ 31 އަންހެނަކު ވަނީ ފުރިހަމަ ކޮށްފައެވެ. މި ޕްްރޮގްރާމްގައި ދަސްކޮށްދިން ކަންކަމުގެ ތެރޭގައި އޮޓޯ ސްވިޗް ރަ...

ޔުމްނާ ޢަލީ
މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް 📍 ހދ. ނޮޅިވަރަމް

މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ހދ. މަކުނުދޫ ސްކޫލާއި، އެ އަތޮޅު ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައެވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީ ވެފައިވާ ފަރާތްތަށްކަށެވެ. މަކުނުދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާ...

އައިޝަތު ނަސާޔާ
ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ގުޅޭގޮތުން ނޮޅިވަރަމުގައި މައުލޫމާތުދީފި 📍 ހދ. ނޮޅިވަރަމް

ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ގުޅޭގޮތުން ނޮޅިވަރަމުގައި މައުލޫމާތުދީފި

ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުން ހދ. ނޮޅިވަރަމް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ، ނޮޅިވަރަމްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މަޢުލޫމާތު ސެޝަނެކެވެ. ނޮޅިވަރަމް ސުކޫލް ހޯލުގައި ކުރިއަށް ގެންދެވުނު މި ސެޝަނުގައި ގެވެށި އަނިޔާ އަކީ ކޮބައި ކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގެވެށި އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް...

ޝިއުނާ އާދަމް
ނޮޅިވަރަމް ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް

ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ފަންނީ މަޢްލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް ހިންގައިފިއެވެ. މިއީ އެގްރޯނެޓް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ކުރިއަށް ގެންދިޔަ މިތަމްރީން ޕްރޮގްރާމެކެވެ. ޢަމަލީ މަސައްކަތާއެކު ހިންގުނު މިތަމްރީން ޙަރަކާތުގައި، ގަސް އިންދުމަށް ބެޑް ހަދާނެގޮތާއި، މުޑުވައްކުރާނެ ގޮތާ އަދި ގަސްކާނާ ބޭނުންކުރާނެ ގޮތާބެހޭ މައުލޫމާތު ދީފަވެއެވެ. މީގެއިތުރުން ޢާންމުކޮށް ގަސްގަހަށް ޖެހޭ ބަލިތަކާ، އެފަދަ ބަލިތަކަށް ބޭސްދިނުމާ ބަލިތަކުން ރައްކާތެރިވާނެ ގޮތްތަކ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ޔުމްނާ ޢަލީ
ބަޖެޓެއް ވޯޓު ދީފިނަމަ ދާއިރާގެ ރައްޔިތުންގެ ކަންފަތްމަތީ ތަފާލެއް ޖެހުމެކޭ އެއްފަދަ: މޮސްޓާ 📍 ހދ. ނޮޅިވަރަމް

ބަޖެޓެއް ވޯޓު ދީފިނަމަ ދާއިރާގެ ރައްޔިތުންގެ ކަންފަތްމަތީ ތަފާލެއް ޖެހުމެކޭ އެއްފަދަ: މޮސްޓާ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސްކުރަން ވޯޓު ދީފިނަމަ، އެއީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ކަންފަތްމަތީ ތަފާލެއް ޖެހުމެކޭ އެއްފަދަކަމެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މޮސްޓާވަނީ ވަރަށް ބޮޑަށް ބަޖެޓަށް ފާޑުކިޔާ ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ބަޖެޓްގެ ބަހުސްގައި އޭނާ ތަމްސީލްކުރަށްވާ ދާއިރާއަށް މި ކޯވިޑްގެ ހާލަތުގައި، މަގު ހެދުމ...

ތިލަދުން
ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި 📍 ހދ. ނޮޅިވަރަންފަރު

ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި

މަހަށް ނުކުމެއުޅުނު ހދ. ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ބަނޑުން ޖަހާލާފައި ވަނީ ނޮޅިވަރަމާއި، ނޮޅިވަރަންފަރާއި ދެރަށް ދޭތެރެއަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއް ކަމަށެވެ. ޑިންގީ ބަންޑުން ޖަހާލަން މެދުވެރިވީ އައި ވިލާގަނޑެއްގައި ޖެހި، ޑިންގީއަށް ރާޅެއް އަރައިގެންނެވެ. މި ހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރ...

ޔުމްނާ ޢަލީ